07 ފެބުރުއަރީ 2023
ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި އުޅުނީ އެ އަތޮޅު ކެންދޫގެ ބަޔަކު ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި އުޅުނީ އެ އަތޮޅު ކެންދޫގެ ބަޔަކު ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ކުރި ޓުވީޓެއްގައި ބުނީ، އެކަން ކުރީ ކެންދޫގެ ފަސް ފިރިހެނުންގެ ގްރޫޕަކުން ކަމަށެވެ. އެ ގްރޫޕުން ހަ ވެލާ ފަޅާލި ކަމަށާއި ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު، މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
"ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން،" އީޕީއޭ އިން ބުންޏެވެ.
ބ. ކެޔޮދު އަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބުނީ މިދިޔަ ހުކުރު ދުވަހު ހަވީރެވެ. އެހެންވެ، އެ ރަށަށް ފުލުހުން ގޮސް އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތު އީޕީއޭއާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އީޕީއޭއިން ބުނިގޮތުގައި، އެ އިދާރާ އާއި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ މުވައްޒަފުނާއި ފުލުހުންނާ އެކު އެ ރަށަށް ގޮސް ހެކި ހޯދައި އެހެން މައުލޫމާތުތައް ވެސް ވަނީ ކޮށްފަ އެވެ.
ބ. އަތޮޅުގެ ފަޅުރަށެއްގައި ބަޔަކު ވެލާތަކެއް ހިފައި ކައްކަން އުޅުނު މައްސަލައެއް ބަލަނީ https://t.co/Ec54JGlfYa
— Mihaaru (@Mihaarunews) February 4, 2023
މަރާލި ވެލާތައް އެ އެޖެންސީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެ އަށް ގޯނާކުރުމަކީ މަނާކަމެކެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި، އެ ކައި ހަދާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ.
ވެލާފެޅި މީހުން ޖޫރިމަނާ ފައިސާ ނުދެއްކި!
ވެލާ ފެޅި މީހުންނަށް 198،000ރ. ގެ ޖޫރިމަނާއެއް
މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް ކާށިދުއަށް
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ކެޔޮދޫގައި ވެލާ ފެޅި މީހުންގެ ޖޫރިމަނާ ކުޑަކޮށްދީފި
"ޓާޓަލް ބޯއި" ގާދޫގެ ވެލާތަކުގެ ހިމާޔަތުގައި
ފަޅުރަށެއްގައި ބަޔަކު ވެލާ ހިފި މައްސަލައެއް ބަލަނީ
ތޮށި ބޭރުން ވެސް ތެޔޮ، ބެލެވެނީ އޮޔާ ގެނައީ ކަމަށް
ހިމާޔަތްކޮށްފައިވާ ހިސާބަކުން ފިނޮޅެއްގައި ވެލާ ފަޅާފައި
މާލެ އެރި ވެލާގެ ބިސްތައް ކުޑަހުރާ އަށް ގެންގޮސްފި