މާލޭގެ އިރު ދެކުނު ފަރާތުގައި އޮންނަ އުސްފަސްގަނޑު ކައިރީ، ސިނަމާލޭ ބްރިޖް ކައިރީ އޮންނަ ވެލިގަނޑަށް އަނެއްކާ ވެސް ވެލައެއް އަރައިފި އެވެ.
15 މާޗް 2022
މާލޭގެ އިރު ދެކުނު ފަރާތުގައި އޮންނަ އުސްފަސްގަނޑު ކައިރީ، ސިނަމާލޭ ބްރިޖް ކައިރީ އޮންނަ ވެލިގަނޑަށް އަނެއްކާ ވެސް ވެލައެއް އަރައިފި އެވެ.
މީގެ ތިން ހަފްތާއެއްހާ ކުރިން އެތަނަށް ވެލައެއް އަރާފައި އޮއްވައި ފެނުމުން ފުލުހުން އެ ވެލާ މޫދަށް ބޭލި ނަމަވެސް މިފަހަރު ފުލުހުން ގޮސް ވަނީ ވެލަޔަށް ގޯނާއެއް ނުވާނެ ގޮތަށް އެތަން ބަންދުކޮށް ބަލަހައްޓަން ފަށައިފަ އެވެ.
މިފަހަރު ވެސް އެރީ ކުރިން އެރި ވެލާކަން ކަށަވަރު ނުވިޔަސް ވެލަޔަކީ ބިސް އަޅާ ތަނަށް އަލުން އެނބުރި އައިސް ބިސް އަޅާ އެއްޗެކެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު އިބްރާހީމް ނައީމް، "މިހާރު" އަށް ވިދާޅުވީ ކުރިން ފަހަރު ވެލާ އެރި ތަނަށް އަނެއްކާވެސް ވެލާ އެރުމުން އެއްވެސް މީހަކު އޭގައި އަތް ނުލަން މިފަހަރު އަންގާފައިވާނެ ކަމަސެވެ.
"މިފަހަރު އެއްވެސް މީހަކު އަތްނުލަން އެންގީ ކުރީ ފަހަރު ވެސް ތަންކޮޅެއް އަވަހަށް ފޮނުވާލެވުނީއޭ ހިތާ. އޭތި ހަދާއެއްޗެއް ހަދާފައި ދަންދެން އަތްނުލަން ބުނެފައި އޮންނާނީ،" ނައީމް ވިދާޅުވި އެވެ.
ވެލާ އަރާފައި އޮތް ސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރިވަނީ--
އޭނާ ވިދާޅުވީ މިފަހަރު މާލެއަށް އަރާފައިވާ ވެލައަކީ ކުރިން އެރި ވެލާތޯ ބަލަމުން އަންނަ ކަމަށެވެ.
"ފޮޓޯ ނަގައި އެއީ އެ ވެލާތޯ ބެލުމުގެ މަސައްކަތް މިދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ކުރިން މާލެއަށް ވެލާ އަރާއި ވެލިގަނޑު ކޮނެގެން އޮއްވައި، ހިމާޔަތަށް ކަމަށް ބުނެ މޫދަށް ބޭލުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.
ވެލާ އެރި ތަނަކީ މާލެ ވަށައިގެން ތޮށި ލާފައި ވާއިރު، ގުދުރަތީ ގޮތުން އުފެދިފައި އޮތް ހަަމައެކަނި ވެލިކޮޅެވެ. ވެލާ ކަހަނބުގެ ބާވަތްތައް ރާއްޖޭގައި ހިމާޔަތްކޮށް އެ ހިފުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ގިނައިން ވެލާ އަރާ ރަށްރަށުންނާއި ކަނޑުމަތިން ވެސް ވެލާ ހިފައިގެން އޭގެ މަހާއި ބިސް ކެއުމަކީ މިހާރު ވެސް ކޮށް އުޅޭ ކަމެކެވެ.
ވެލާތައް ހިފައި ކެއްކީ ކެންދޫ ބައެއް: އީޕީއޭ
ކަހަނބު ފަތްތަކެއް ފޮށިގަނޑުތަކުގައި ހުއްޓައި ފެނިއްޖެ
ރަސްފަންނު މޫދުގައި ކަޅުތެޔޮ، މޫދަށް ނޭރެން އެދެފި
ވެލަޔަށް ފަރުވާދޭ ސެންޓަރެއް ސޮނެވާ ޖާނީގައި ހުޅުވައިފި
މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް ކާށިދުއަށް
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ކެޔޮދޫގައި ވެލާ ފެޅި މީހުންގެ ޖޫރިމަނާ ކުޑަކޮށްދީފި
ސައުދީގެ އެހީގައި ޓާޓަލް ފެސްޓިވަލް ބާއްވައިފި
ވެލާފެޅި މީހުން ޖޫރިމަނާ ފައިސާ ނުދެއްކި!
ވެލާ ފެޅި މީހުންނަށް 198،000ރ. ގެ ޖޫރިމަނާއެއް