19 މެއި 2019
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ރުހުން ދީގެން މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން ޖޫން މަހު ބާއްވާ ބައިނަލްއަގްވާމީ ޓީޓްވެންޓީ މުބާރާތުގައި ބައިވެރިވާން ރާއްޖޭން ނިންމައި ތައްޔާރުވަން ފަށައިފި އެވެ.
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ރުހުން ދީގެން މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން ޖޫން މަހު ބާއްވާ ބައިނަލްއަގްވާމީ ޓީޓްވެންޓީ މުބާރާތުގައި ބައިވެރިވާން ރާއްޖޭން ނިންމައި ތައްޔާރުވަން ފަށައިފި އެވެ.
ޖޫން 22-30 އަށް ކުއާލަމްޕޫރޔގައި މުބާރާތުގައި ވާދަކުރާނީ ވަންޑޭ އިންޓަނޭޝަނަލް ކްރިކެޓް ކުޅުމުގެ ފުރުސަތު ދާދި ފަހުން ލިބުނު ޕަޕުއާ ނިއު ގިނީ އާއި ދުނިޔޭގެ ލެވެލް ތިނެއްގައި އޮތް މެލޭޝިއާ އާއި ސައުދީ އަރަބިއާގެ އިތުރުން ރާއްޖެއާ ދާދި އެއް ފެންވަރެއްގެ ގައުމެއް ކަމަށްވާ ތައިލެންޑެވެ.
ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހް ވިދާޅުވީ 'މެލޭޝިއާ ޓީޓެވްންޓީ ކުއަޑްރޭންގިއުލާ ސީރީސް" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ލިބިއްޖެ ނަމަ ރާއްޖެ އަށް ދުނިޔޭގެ ގަދަ 40 ގައުމުގެ ރޭންކިން އަށް ވަދެވި ކުރިއެރުން ވެސް ލިބޭނެ ކަމަށެވެ.
"މިއީ އިންޓަނޭޝަނަލް ޓީޓްވެންޓީ މުބާރާތެއްގެ ގޮތުގައި ކުޅޭ، އައިސީސީގެ ގްލޯބަލް ރޭންކިން ކުއަލިފައިން މުބާރާތެއް. އެހެންވެ ބައިވެރިވާން ލިބުނު ދައުވަތުގެ ގަބޫލުކޮށް ވަރަށް ރަނގަޅަށް ތައްޔާރުވަމުން މި އަންނަނީ. ވަރުގަދަ ސްކޮޑެއް ނެރެވޭނެ،" އަފޫ ވިދާޅުވި އެވެ.
އެއާ އިންޑިއާ އާއި ގައުމީ ކްރިކެޓް ޓީމު މާލޭގައި ކުޅުނު މެޗުގައި ރާއްޖޭގެ ޔޫސުފް އަޒްޔާން ފަރުހަތު އުކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެކުނު އެފްރިކާގެ އާސިފް ޚާންގެ ކޯޗުކަމުގައި އޯޕަމން ސްކޮޑަކާ އެކު ރާއްޖޭން ފަރިތަކުރަމުން އަންނައިރު ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިންގެ އިތުރުން 19 އަހަރުން ދަށުގެ ކުޅުންތެރިން ވެސް ހިމެނެ އެވެ. މީގެ އިތުރުން އެ ގައުމެއްގައި ދިރިއުޅޭތާ ތިން އަހަރުވެފައިވާ ބިދޭސީންނަށް ވެސް ކްރިކެޓުގައި އެ ގައުމެއްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޮންނާތީ ރާއްޖޭގެ ޓީމުގައި ވެސް ބިދޭސީ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އެބައޮތެވެ.
ރާއްޖޭން ބައިނަލްއަގްވާމީ މުބާރާތަކާ ކުރިމަތިލަނީ އާ ސަރުކާރާ އެކު ކްރިކެޓަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ފަށާފައިވަނިކޮށެވެ. އެގޮތުން ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ އިން ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ނިންމައިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދާދި ފަހުން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެން އިންޑިއަން ޕްރިމިއާ ލީގުގެ މެޗެއް ބައްލަވާލެއްވުމުގެ އިތުރުން ބީސީސީއައި އާއި އައިޕީއެލްގެ އިސް އޮފިޝަލުނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގައި ކްރިކެޓް ފުޅާކުރުމަށް އެސެސްމަންޓެއް ހަދައި ސްޓްރެޓެޖިކް ޕްލޭނެއްގެ މަސައްކަތްކުރުމަށް ބީސީސީއައި ގެ ވަފުދެއް ރާއްޖެ އަންނަ ގޮތަށް ނިންމައިފަ އެވެ.
މީގެ އިތުރުން ދެ ގައުމުގެ މެދުގައި ކްރިކެޓް ސިލްސިލާތަކެއް ބާއްވަން ރާވައި އޭގެ ތެރެއިން ފުރަތަމަ ސިލްސިލާ އަށް އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ހިމެނިގެން އެއާ އިންޑިއާ ޓީމު ދާދި ފަހުން ރާއްޖެ އަ އެވެ. އެ ސިލްސާގެ މެޗެއްގައި ރައީސް ވެސް ކުޅުއްވި އެވެ.
އެންމެ މޮޅު ބެޓްސްމަނަކަށް ރާއްޖޭގެ އަޒްޔާން
ވިއްސާރަވެ މެޗު ނުކުޅެވުނު، ތައިލެންޑަށް ތަށި
ބޫޓާން މުބާރާތުގެ ފައިނަލަށް ރާއްޖެ އާއި ތައިލެންޑް
ގައުމީ ކްރިކެޓް ޓީމަށް ލަންކާގެ ކޯޗެއް
ތައިލެންޑު ބަލިކޮށް، ރާއްޖޭން އުންމީދެއް ހޯދައިފި
ކެޕްޓަން އަޒްޔާން ފުރަތަމަ މެޗުގައި ސެންޗަރީ ހަދައިފި
ކޯޓަށް ގެންދިއުން ލަސްވުމުން ކްރިކެޓް ކޯޗް ދޫކޮށްލައިފި
މިއީ ރާއްޖޭގެ ކްރިކެޓަށް އުއްމީދީ ފެށުމެއް: ޔުވްރާޖް
ކްރިކެޓް ޓީމު ފުރަތަމަ ފަހަރަށް ދުނިޔޭގެ މައިދާނަށް
ކްރިކެޓްގެ ރައީސް ފައިސަލް ދެވަނަ ދައުރަކަށް ހޮވައިފި