24 ޖޫން 2022
ޖުލައި މަހު މެލޭޝިއާގައި ހަތަރު ގައުމުގެ މެދުގައި ބާއްވާ އިންވިޓޭޝަނަލް ޓީ-20 ކްރިކެޓް ސީރީޒް އަށް ތައްޔާރުވާން ސްރީ ލަންކާގައި ކޭމްޕް ކުރަމުން އަންނަ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ފުރަތަމަ ރަހުމަތްތެރިކަމުގެ މެޗުގައި ޓީމުގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތު ސެންޗަރީ ހަދައި ޓީމު މޮޅުކޮށްދީފި އެވެ.
ޖުލައި މަހު މެލޭޝިއާގައި ހަތަރު ގައުމުގެ މެދުގައި ބާއްވާ އިންވިޓޭޝަނަލް ޓީ-20 ކްރިކެޓް ސީރީޒް އަށް ތައްޔާރުވާން ސްރީ ލަންކާގައި ކޭމްޕް ކުރަމުން އަންނަ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ފުރަތަމަ ރަހުމަތްތެރިކަމުގެ މެޗުގައި ޓީމުގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތު ސެންޗަރީ ހަދައި ޓީމު މޮޅުކޮށްދީފި އެވެ.
ރާއްޖޭގެ ޓީމު ލަންކާއަށް ފުރީ މިދިޔަ އަންގާރަ ދުވަހު، ނުވަ ދުވަހުގެ ޓްރެއިނިން ކޭމްޕަކަށެވެ. ކޭމްޕުގައި ރަހުމަތްތެރިކަމުގެ ހަތް މެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ. އިއްޔެ ދެ މެޗު ކުޅެފައި ވާއިރު، ފުރަތަމަ މެޗުގައި ރާއްޖޭން ކުޅުނީ ލިބަޓީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ނުރަސްމީ މެޗެއް ނަމަވެސް ގައުމީ ސީނިއާ ޓީމުގެ ކެޕްޓަންގެ ގޮތުގައި އަޒްޔާން ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ މޮޅުވީ 51 ލަނޑުންނެވެ. އަޒްޔާން ވަނީ 61 ބޯޅައިން 106 ލަނޑު ހަމަކޮށްފަ އެވެ. އޭނާގެ ފަހު 50 ލަނޑު ހަމަކުރީ 14 ބޯޅައިންނެވެ. އޭނާ ވަނީ 10 ބޯޅަ ހަތަރަކަށް ޖަހައި ހަތް ބޯޅަ ހަޔަކަށް ޖަހައިފަ އެވެ.
ދެވަނަ މެޗު ފެށުމުގެ ކުރިން ރާއްޖޭގެ ވައިސް ކެޕްޓަން އާދަމް ނާސިފް އުމަރު (ކ).-- ފޮޓޯ: ސީބީއެމް
ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމް 2019 ވަނަ އަހަރު ހޯދި އަޒްޔާން ސީނިއާ ގައުމީ ޓީމުގެ އާ ކެޕްޓަނަކަށް ހަމަޖައްސާފައި ވާއިރު، އޭނާ ވަނީ މީގެ ކުރިން 19 އަހަރުން ދަށުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ.
އިއްޔެގެ ދެވަނަ މެޗުގައި ރާއްޖޭން ކުޅުނީ ސިލޯނު ލައިޓް އިންފަންޓްރީ ކްލަބާ ދެކޮޅަށެވެ. އެޓީމާ ދެކޮޅަށް ވެސް ރާއްޖެ ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ. ރާއްޖެ ފަސް ލަނޑުން މޮޅުވި މި މެޗުގައި އިބްރާހިމް ރިޒާން ވަނީ ދެ އޯވަރު އުކައިގެން ތިން ވިކެޓު ނަގައިފަ އެވެ. އޭނާ އުކި ދެ އޯވަރުގައި އިދިކޮޅު ޓީމަށް ހެދުނީ ނުވަ ލަނޑެވެ.
މާދަމާ ވެސް ރާއްޖޭގެ ޓީމު ލަންކާ ޓުއާ ގައި ދެ މެޗު ކުޅޭނެ އެވެ. އެއަށް ފަހު ހޯމަ ދުވަހު ރާއްޖެ ކުޅެން ހަމަޖެހިފައި ވަނީ ލަންކާގެ އެންމެ މަތީ ފަންތީގެ ކުލަބެއް ކަމަށްވާ ޕަނަޑޫރާ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ބުދަ ދުވަހު ލަންކާގެ ކޮލެޖް ކްރިކެޓުގެ ވަރުގަދަ ކުލަބެއް ކަމަށްވާ ޕްރިންސް އޮފް ވޭލްސް ކޮލެޖުގެ ޓީމާ ދެކޮޅަށް ކުޅުމަށް ފަހު، ޓުއާ ނިންމާލާނީ ޖެހިގެން އަންނަ ދުވަހު، ލަންކާގެ އަޑުއިވުމުން މަހުރޫމުވެފައިވާ ކުޅުންތެރިން ހިމެނޭ ގައުމީ ޓީމާ ދެކޮޅަށް ކުޅުމަށް ފަހު އެވެ.
ލަންކާ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުންތެރިން.-- ފޮޓޯ: ސީބީއެމް
ޖުލައި 3 އިން 11 އަށް މެލޭޝިއާގައި ބާއްވާ ކުއަޑްރިގިއުލާ ސީރީޒްގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ދެވަ ވާދަކުރާނީ ބޫޓާނާއި ތައިލެންޑެވެ. ސީރީޒް ކުރިއަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ މެޗު ކުޅުމަށް ފަހު، އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ފައިނަލް ކުޅޭ ގޮތަށެވެ.
ކުޅުންތެރިން: ޔޫސުފް އަޒްޔާން ފަރުހަތު (ކެޕްޓަން)، އާދަމް ނާސިފް އުމަރު (ވައިސް ކެޕްޓަން)، ހަސަން އިބްރާހިމް، އަހުމަދު ހަަސަން، މުހައްމަދު ރިޝްވާން، ހަސަން ހާޒިގް ރަޝީދު، މުހައްމަދު އައްޒާމް، ލީމް ޝަފީގް، އަލީ އިމްއާން، އަލީ ޝުނާން، އިބްރާހިމް ރިޒާން، އިބްރާހިމް ނަޝާތު، ރައްސާމް ރަޝީދު، އަހުމަދު އަމީލް މައުރޫފް، އިސްމާއިލް ނަޒްވާން، ޑަބްލިއުޖޭ މަލިންދާ
ކޯޗު: އިމާދު އިސްމާއިލް، އަހުމަދު ނީޝަމް ނާސިރު
މެނޭޖަރު: އިބްރާހިމް ޝާޒް ހަބީބް
އަޒްޔާން: މިލާންގެ ތިންވަނަ ޖީލުގެ ޒުވާން ތަރި
އެންމެ މޮޅު ބެޓްސްމަނަކަށް ރާއްޖޭގެ އަޒްޔާން
ވިއްސާރަވެ މެޗު ނުކުޅެވުނު، ތައިލެންޑަށް ތަށި
ބޫޓާން މުބާރާތުގެ ފައިނަލަށް ރާއްޖެ އާއި ތައިލެންޑް
ގައުމީ ކްރިކެޓް ޓީމަށް ލަންކާގެ ކޯޗެއް
ތައިލެންޑު ބަލިކޮށް، ރާއްޖޭން އުންމީދެއް ހޯދައިފި
ކޯޓަށް ގެންދިއުން ލަސްވުމުން ކްރިކެޓް ކޯޗް ދޫކޮށްލައިފި
ގައުމީ ކްރިކެޓް ޓީމު މެލޭޝިއާ މުބާރާތުގައި ވާދަކުރަނީ
މިއީ ރާއްޖޭގެ ކްރިކެޓަށް އުއްމީދީ ފެށުމެއް: ޔުވްރާޖް
ކްރިކެޓް ޓީމު ފުރަތަމަ ފަހަރަށް ދުނިޔޭގެ މައިދާނަށް