23 އޮކްޓޯބަރ 2024
ބޫޓާނުގައި ކުރިއަށްދާ އިންޓަނޭޝަނަލް ކްރިކެޓް މުބާރާތުގައި އެ ގައުމުގެ ޓީމުގެ މައްޗަށް ކާމިޔާބު ހޯދައި ރާއްޖެން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ބޫޓާނުގައި ކުރިއަށްދާ އިންޓަނޭޝަނަލް ކްރިކެޓް މުބާރާތުގައި އެ ގައުމުގެ ޓީމުގެ މައްޗަށް ކާމިޔާބު ހޯދައި ރާއްޖެން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ބޫޓާން ޓީ20 އިންޓަނޭޝަނަލް ކުއަޑްރެންގިއުލާ ސީރީޒގެ ނަމުގައި އެ ގައުމުގައި ބާއްވާ މުބާރާތުގެ ފައިނަލަށް ރާއްޖޭން ދަތުރުކުރީ މިއަދު މެންދުރު ފަހު ކުޅުނު ސެމީ ފައިނަލުގައި ހަތް ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ފައިނަލުގައި ރާއްޖޭން ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ.
މިއަދު ހަވީރު ކުޅުނު ސެމީގެ ދެވަނަ މެޗުން ތައިލެންޑް މޮޅުވީ އިންޑޮނޭޝިއާ ކައިރިންނެވެ.
ފުރަތަމަ ސެމީ ފައިނަލުގައި ބޫޓާން ބަލި ކުރުމަށް ފަހު ރާއްޖޭގެ ކޯޗު އިސްމާއީލް ނިހާދު ބުނީ ކްރިކެޓްގެ ފައިނަލަކަށް ރާއްޖޭން އިންތިޒާރު ކުރާތާ 14 އަހަރުވެއްޖެ ކަމަށެވެ.
"މިއީ 2010 ފަހުން އަހަރެމެން ކުރަމުން އަންނަ އުއްމީދެއް. އަލްހަމްދުލިﷲ މިއަދު މި ހާސިލުވީ. އިންޝާ ﷲ ފައިނަލު މެޗު ވެސް ކާމިޔާބު ކުރަން އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކުރާނަން،" ބޫޓާންގެ ކްރިކެޓަށް ދިން އިންޓަވިއުގައި ނިހާދު ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އައިރު ވެސް ޕަވާ ޕްލޭގައި ދިވެހި ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް އޭނާ ބުންޏެވެ.
ސެމީގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ޕަވާ ޕްލޭ ރަނގަޅުކޮށްގެން ކުޅުމަށް ކަމަށް އޭނާ ބުންޏެވެ.
ނިހާދު ބުނީ ބޫޓާން މެޗު ރަނގަޅަށް ފެށި ނަމަވެސް ރާއްޖޭން ކާމިޔާބު ހޯދީ ސްޕިން ކުރާ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކުމުން ކަމަށެވެ.
"މެޗުގެ ހުރިހާ އޯވަރެއްގައި ވެސް އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނިން. މެ މެޗު ކާމިޔާބު ކުރެވުނީތީ ﷲ އަށް ހަމްދުކުރަން،" އޭނާ ބުންޏެވެ.
މުބާރާތުގެ ފައިނަލު މެޗު އޮންނާނީ ހުކުރު ދުވަހު އެވެ.
އެންމެ މޮޅު ބެޓްސްމަނަކަށް ރާއްޖޭގެ އަޒްޔާން
ވިއްސާރަވެ މެޗު ނުކުޅެވުނު، ތައިލެންޑަށް ތަށި
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
ގައުމީ ކްރިކެޓް ޓީމަށް ލަންކާގެ ކޯޗެއް
ތައިލެންޑު ބަލިކޮށް، ރާއްޖޭން އުންމީދެއް ހޯދައިފި
ކެޕްޓަން އަޒްޔާން ފުރަތަމަ މެޗުގައި ސެންޗަރީ ހަދައިފި
އެސްޑީއެފުން ސާކް ގައުމުތަކަށް 7.7 މިލިއަން ދީފި
އެސްޑީއެފުން ސާކަށް 5 މިލިއަން ޑޮލަރު ދެނީ
ސާކް ޑިވެލޮޕްމެންޓް ފަންޑަށް ސީއީއޯއެއް ހޯދަނީ
ސުނާމީގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެ: މެޓް