12 މެއި 2019
ލަންޑަން (މެއި 12) - ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ފިއްތުންތަކުގެ ސަބަބުން، އާސެނަލްގެ އާރްމީނިއާގެ މިޑްފީލްޑަރު މިކިތާރްޔަން އަށް މި މަހު އަޒަރުބައިޖާންގައި ކުޅޭ ޔޫރޮޕާ ލީގުގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް އާސެނަލުން ބުނެފި އެވެ.
ލަންޑަން (މެއި 12) - ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ފިއްތުންތަކުގެ ސަބަބުން، އާސެނަލްގެ އާރްމީނިއާގެ މިޑްފީލްޑަރު މިކިތާރްޔަން އަށް މި މަހު އަޒަރުބައިޖާންގައި ކުޅޭ ޔޫރޮޕާ ލީގުގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް އާސެނަލުން ބުނެފި އެވެ.
ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތުމަށް ފަހު އާރްމީނިއާ އާއި އަޒަރުބައިޖާން މިނިވަންވީ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގަ އެވެ. އެކަމަކު ނަގޯނޯ ކަރްބާގެ މިލްކުވެރިކަމާ މެދު ހިޔާލުތަފާތުވެ، އަޒަރުބައިޖާނާއި އާރްމީނިއާއާ ދެމެދު ވަނީ ސިޔާސީ ނުތަނަވަސް ކަމެއް އުފެދިފަ އެވެ. އޭގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް ދިއުމަށް ވިސާ ހަމަޖައްސައި ނުދިނުން ފަދަ ކަންތައްތައް އާންމުކޮށް ހިނގަ އެވެ.
މީގެ ކުރިން އަޒަރުބައިޖާނުގައި ޔޫރޮޕާ ލީގުގެ ދެ މެޗެއް ކުޅެން މިކިތާރްޔަން އެ ގައުމަށް ދިއުން ބޮއިކޮޓްކުރީ ވެސް ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން މައްސަލައެއް ކުރިމަތިވެދާނެތީ އެވެ. އެއީ 2015 ވަަނަ އަހަރު މިކިތާރްޔަން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނުއިރު އަޒަރުބައިޖާނުގެ ގަލަބާއާ ދެކޮޅަށް ކުޅެން އޮތް މެޗާއި މި ފަހަރުގެ ޔޫރޮޕާ ލީގުގައި އާސެނަލުން އަޒަރުބައިޖާނުގެ ގަރަބަގާ ދެކޮޅަށް އެ ގައުމުގައި ކުޅެން އޮތް މެޗެވެ.
މި މަހު 29 ވަނަ ދުވަހު ކުޅެން އޮތް ޔޫރޮޕާ ލީގުގެ ފައިނަލުގައި މިކިތާރްޔަން އަށް ބައިވެރިވެވޭނެ ގޮތެއް ހޯދުމަށް އާސެނަލުން އަންނަނީ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާއާ ވާހަކަ ދައްކަމުންނެވެ.
"ޔޫރޮޕާ ލީގުގެ ފައިނަލް ކުޅެން މިކިތާރްޔަން އަށް އަޒަރުބައިޖާނަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އާސެނަލުން ވާނީ ޔުއެފާގަައި އެދިފައި. ޔުއެފާ އިން އެހީތެރިވާނެ ކަމުގެ ޔަގީންކަން ދީފައިވަނީ. އެކަމަކު އަދި މިހާތަނަށް މި މެޗުގައި މިކިތާރްޔަން އަށް ބައިވެރިވެވޭނެ ކަމުގެ ފުރިހަަމަ ޔަގީންކަމެއް ނުލިބޭ،" އާސެނަލުން ނެރުނު ބަޔާނުގައިވެ އެވެ.
އާރްމީނިއާގެ ކެޕްޓަން އުމުރުން 30 އަހަރުގެ މިކިތާރްޔަން އާސެނަލަށް ބަދަލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑުން ޗިލީގެ ފޯވާޑް އަލެސިސް ސަންޗޭޒް ގެންދިޔަ ޑީލްގެ ތެރެއިންނެވެ. އާސެނަލްގެ ކޯޗުކަމާ އުނާއި އެމެރީ މި ސީޒަނުގައި ހަވާލުވެ ޔޫރަޕްގެ ގިނަ މެޗުތަކުގައި މިކިތާރްޔަން އަށް ފުރުސަތު ދިނެވެ.
އާސެނަލުން 2006 ވަނަ އަހަރަށް ފަހު ކުޅޭ ޔޫރަޕްގެ ފުރަތަމަ ފައިނަލުގައި ބައްދަލުކުރާނީ ވާދަވެރި ޗެލްސީއާ އެވެ. އެ މެޗަށް ދެ ޓީމުގެ ސަޕޯޓަރުން ދިއުމަށް ހަމަޖައްސާފައިވާ އިންތިޒާމާ މެދު ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ދެ ޓީމުގެ ސަޕޯޓަރުންނަށް ޓިކެޓް ދޭން ޔުއެފާ އިން ނިންމާފައިވާ އަދަދު މަދުކަމަށް ބުނެ އިނގިރޭސި މީޑިއާ އިން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ޔުނައިޓެޑް ޕްލޭ އޮފަށް، އާސެނަލް ގަދަ 16 އަށް
އާސެނަލް އަށް މޮޅެއް، ބެޓިސް އަތުން ރޯމާ ބަލިވެއްޖެ
ސިޔާސީ ކަމަކާ ހެދި މިކިތާރްޔަނަށް ފައިނަލް ގެއްލިއްޖެ
ޓޮޓެންހަމް އިން ފުރަތަމަ މެޗު ކާމިޔާބުކޮށްފި
ލިވަޕޫލަށް ގޯލެއް ނުޖެހި އެޓަލާންޓާ އަތްދަށުވެއްޖެ
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ލިވަޕޫލުން ލަނޑު ގޯންޏެއް، ލެވަކޫސަން ދެއްކީ ޖާދޫ
ޔޫއެފާގެ އަމާޒު މުބާރާތްތަކުން 4.7 ބިލިއަން ހޯދުން
ޔޫރަޕާއި ދެކުނު އެމެރިކާ ގުޅިގެން ކްލަބް މެޗެއް ތައާރަފް ކޮށްފި