02 މެއި 2019
ރާއްޖޭގެ އިގުތިސާދަށް މިދިޔަ އަހަރު ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގުތިސާދަށް މިދިޔަ އަހަރު ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް ފަހު އެ ރިޕޯޓާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެ އަށް ލިބުނީ ސަރަހައްދީ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވެސް ރަނގަޅު ކުރިއެރުމެއް ކަމަށެވެ.
"ދެހާސް އަށާރަ ވަނަ އަހަރަކީ ދިވެހިރާއްޖޭގެ އިގުތިސާދުގައި ވަރަށް ކާމިޔާބު ބޮޑެތި ބަދަލުތަކެއް އައިސްފަ، ޓޫރިޒަމުގެ ދާއިރާއިންނާއި ކޮންސްޓްރަކްޝަން ދާއިރާއިންނާ އަދި އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބި އަދި އިގުތިސާދީ ކުރިއެރުން ވެސް ހަމަ އަޅުގަނޑުމެންގެ މިސަރަހައްދުގެ ގައުމުތަކާ އަޅާބަލާފަ އަދި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާފަވެސް ރަނގަޅު ކުރިއެރުމެއް ލިބިގެން ދިޔަ އަހަރެކޭ،" ނަަސީރު ވިދާޅުވި އެވެ.
ވަކިވަކި ދާއިރާތަކުން ލިބުނު ކުރިއެރުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަަސީރު އެންމެ ބޮޑަށް ފާހަގަކުރެއްވީ ޓޫރިޒަމްގެ ދާއިރާ އިން ލިބުނު ކުރިއެރުމެވެ. އެގޮތުން ރާއްޖެ އަށް ޓޫރިސްޓުން އަންނަ ޔޫރަޕްގެ މާކެޓް ތަކުން މިދިޔަ އަހަރު ކުރިއެރުން ލިބުނުކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ އަންދާޒާތައް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު މިދިޔަ އަހަރު 7.6 ޕަސެންޓަށް ހަލުވި ވި އެވެ. ނަމަވެސް 2017 ވަނަ އަހަރު އިގުތިސާދު ކުރިއަރާފައި ވަނީ 6.9 ޕަސެންޓަށެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ޓޫރިޒަމްގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއިންނެވެ. އެގޮތުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ކުރީ އަަހަރާ އަޅާ ބަލާއިރު ހަތް ޕަސެންޓް އިތުރުވި އެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީން ލިބުނު އާމްދަނީ 10 ޕަސެންޓް އިތުރުވެ އޮކިއުޕަންސީ ރޭޓް 62 ޕަސެންޓަށް އިތުރުވި އެވެ.
ޓޫރިޒަމް ދާއިރާއިން އެވަރުގެ ކުރިއެރުމެއް ލިބުނީ ރިޕޯޓްގައި ބުނެފައިވާ ގޮތުން ރާއްޖެއަށް ޓޫރިސްޓުން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ އިގުތިސާދު ރަނގަޅު ވުމާއި ރާއްޖެއަށް ކުރާ ވައިގެ ދަތުރުތައް އިތުރުވުމުގެ ސަބަބުންނެވެ.
ރިސޯޓެއްގެ ފަޅު ތެރޭގައި ޓޫރިސްޓުންތަކެއް ފަތަނީ. މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ޓޫރިޒަމް އިންޑަސްޓްރީއަށް
ދެން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އިމާރާތް ކުރުމުގެ ދާއިރާ ކުރިއެރި ސަބަބެއް ކަމަށް ރިޕޯޓްގައި ބުނެފައި ވަނީ ސަރުކާރުން ހިންގި ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާއި ޓޫރިޒަމް އިންޑަސްޓްރީ ފުޅާކުރަން ހިންގި މަޝްރޫއުތަކެވެ. އެގޮތުން އާ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަޅަން ހިންގި މަޝްރޫއުތަކުން އެ ދާއިރާއަށް ކުރިއެރުން ލިބުނެވެ.
ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ހީނަރުވީ މަސްވެރިކަމުގެ އިންޑަސްޓްރީ އެވެ. އެގޮތުން ރާއްޖޭގެ ކުންފުނިތަކުން މަސްކިރުވި މިންވަރާއި ރާއްޖޭން މަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ ކުރީ އަހަރަށް ވުރެ ދަށް ވެފަ އެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓްގައި އަންދާޒާކޮށްފައިވާ ގޮތުގައި މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާ މިންވަރު މިދިޔަ އަހަރަށް ވުރެ ދަށް ވާނެ އެވެ. އެއީ ސަރުކާރުން ހިންގި ބޮޑެތި ގިނަ މަޝްރޫއުތަކެއް ނިމުމާއި ދައުލަތުން ކުރަން ޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުންނެވެ.
ކޮންސްޓްރަކްޝަން ދަށަށް، އާންމު ވިޔަފާރިތައް ކުރިއަށް!
އިގްތިސާދީ ހަރަކާތް އިތުރު ވިޔަސް ޑޮލަރު ތާށި: ސާވޭ
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
ކޮންސްޓްރަކްޝަން ދާއިރާއަށް 16 ޕަސެންޓުގެ ކުރިއެރުމެއް
ޓޫރިޒަމްގެ 80 ޕަސެންޓު ކުންފުނިތަކުން މުސާރަ ކުޑަކުރި
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!