12 މާޗް 2019
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ކޮންސްޓްރަކްޝަން ދާއިރާ ދަށަށް ދިޔައިރު އާންމު ވިޔަފާރި އާއި ޓޫރިޒަމަށް ކުރިއެރުން ލިބިފައިވާ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބިޒްނަސް ސާވޭއިން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ކޮންސްޓްރަކްޝަން ދާއިރާ ދަށަށް ދިޔައިރު އާންމު ވިޔަފާރި އާއި ޓޫރިޒަމަށް ކުރިއެރުން ލިބިފައިވާ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބިޒްނަސް ސާވޭއިން ދައްކައިފި އެވެ.
ބިޒްނަސް ސާވޭއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާ ބަލާއިރު ހަތަރު ކުއާޓާގައި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް ވަނީ ދެ ޕަސެންޓް ދަށަށް ގޮސްފަ އެވެ. ވިޔަފާރި އަށް ކުރާ ހަރަދަށް މާބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވިފައި ނުވާއިރު މުވައްޒަފުންގެ އަދަދު އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
ތަކެތި އުފައްދާ ދާއިރާއިން މައުލޫމާތު ދިން 90 ޕަސެންޓް ވިޔަފާރިތަކުން ވަނީ ދާއިރާ އަށް ކުރިއެރުން އައިސްފައިވާކަން ފާހަގަކޮށްފަ އެވެ. އެގޮތުން ވިޔަފާރިތަކުގެ އާމްދަނީ ވަނީ 83 ޕަސެންޓް އިތުރުވެގެން ގޮސްފަ އެވެ. މި ދާއިރާގެ ވިޔަފާރިތަކަށް ކުރާ ހަރަދަށް ބަލާ އިރު މުވައްޒަފުންގެ މުސާރަ އަށް ކުރާ ހަރަދު އިތުރުވި ކަމަށް 54 ޕަސެންޓް ވިޔަފާރިތަކުން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ތަކެތި ވިއްކާ އަގުތަކަށް ޖުމްލަކޮށް ބަދަލު ނާންނަ ކަމަށް ސާވޭގައި ބައިވެރިވި 95 ވިޔަފާރިތަކުން ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ކުރިއަރައިފަ އެވެ. ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅަކީ ޓޫރިސްޓުން ރާއްޖެ އަށް އެންމެ ގިނައިން އަންނަ ދުވަސްވަރެވެ. އަދި ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ކުރިއެރުން ފާޙަގަކުރެވޭ ދުވަސްވަރެވެ. ސާވޭގައި ބައިވެރިވި 99 ފަރާތުން ވަނީ ޓޫރިޒަމް ވިޔަފާރި އަށް ކުރިއެރުން ލިބިފައިވާ ކަން ފާހަގަކޮށްފަ އެވެ. ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާއިރު މި ދުވަސްވަރުގައި ކުންފުނިތަކުން ކުރަންޖެހޭ ހަރަދު އިތުރުވެފައިވާ ކަމަށް ސާވޭގައި ބައިވެރިވި 70 ޕަސެންޓް ފަރާތުން ބުނެފައިވެ އެވެ.
މީގެ އިތުރުން ހޯލްސޭލާއި ރީޓެއިލް ވިޔަފާރިތަކަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އެގޮތުން ވިޔަފާރީގެ އާމްދަނީ 55 ޕަސެންޓް އިތުރުވި އިރު ވިޔަފާރީގެ މުއާމަލާތްތައް ވަނީ 47 ޕަސެންޓް އިތުރުވެގެން ގޮސްފަ އެވެ.
މިދިޔަ އަހަރު އިގުތިސާދީ ގޮތުން ކާމިޔާބު: ގަވަރުނަރު
އިގްތިސާދީ ހަރަކާތް އިތުރު ވިޔަސް ޑޮލަރު ތާށި: ސާވޭ
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
ކޮންސްޓްރަކްޝަން ދާއިރާއަށް 16 ޕަސެންޓުގެ ކުރިއެރުމެއް
ޓޫރިޒަމްގެ 80 ޕަސެންޓު ކުންފުނިތަކުން މުސާރަ ކުޑަކުރި
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!