03 މެއި 2019
ބޮޑެތި މީހުން ތުއްތު ކުދިންނާ ވާހަކަ ދެއްކުން ގިނަކުރާ ވަރަކަށް ކުދިންގެ ވިސްނުން ތޫނުވާ ކަމަށާއި ކަންކަން ނަގައިގަންނަ މިންވަރު ވެސް އަވަސް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ބޮޑެތި މީހުން ތުއްތު ކުދިންނާ ވާހަކަ ދެއްކުން ގިނަކުރާ ވަރަކަށް ކުދިންގެ ވިސްނުން ތޫނުވާ ކަމަށާއި ކަންކަން ނަގައިގަންނަ މިންވަރު ވެސް އަވަސް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޑިވެލޮޕްމަންޓަލް ސައިކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކަންކަމުގައި ކުދިންނާ އެކީ ޝާމިލުވެގެން ކަންކަން ކުރަމުން ވާހަކަ ދައްކާ މިންވަރު އިތުރު ކުރުމަކީ ތުއްތު ކުދިންގެ ސިކުނޑީގެ ހެދިބޮޑުވުން އަވަސްކޮށްދީ، ކަންކަން އަވަހަށް ދަސްކުރުމަށް ވެސް ބާރުއަޅާ ކަމެކެވެ.
އެގޮތުން ކުރެހުމާއި ކުލަ ޖެއްސުމާއި ކުރާ ކަންކަން ދަރިންނަށް ނަކަލުކޮށްދޭން ދަސްކޮށްދޭ އިރު، ގިނައިން ވާހަކަ ދެއްކުމަކީ ކުދިންގެ ވާހަކަ ދެއްކުމުގެ ހުނަރު ވަރަށް ބޮޑަށް ތަރައްގީކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ހަމަ މިއާ އެކު ވާހަކަ ދައްކާ އިރު، ރީތިކޮށް، މަޑުމައިތިރިކަމާއި ގަޔާވާ ކަހަލަ ރާގަކަށް ވާހަކަ ދެއްކުމާ އެކު ހަރަކާތްތައް ކުރުމާއި ރީތި ބަސްބަސް ވާހަކަ ދެއްކުމުގައި ބޭނުންކުރާ މިންވަރު އިތުރުކުރި ވަރަކަށް ކުދިންގެ ވިސްނުން ތޫނުފިލިވުމަށް ބާރު އަޅައި، ކުދިންގެ ވާހަކަ ދެއްކުމުގެ ހުނަރު ވަރަށް ބޮޑަށް ތަރައްގީވާ ކަމަށް ބުންޏެވެ.
ދެމަފިރިއަކު ތުއްތު ދަރިފުޅާ އެކު.
"ދިރާސާ އިން ފާހަގަކުރެވުނު އެންމެ މުހިއްމު އެއް ކަމަކީ ބޮޑެތި މީހުން ވާހަކަ ދައްކާ މިންވަރުގެ ނިސްބަތުން ކުދިންގެ ސިކުނޑި އަށް ކަންކަން ނަގައި ގަންނަ މިންވަރު ނަގައިދޭ މިންވަރު ވެސް އިތުރުކޮށް އެކަން ޕޮޒިޓިވް ކަމަކަށް ވާކަން،" ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ކެޓްރީނާ ޑި އެޕިސް ވިދާޅުވި އެވެ.
ނަމަވެސް މި ނަތީޖާ އަށް އިތުރު ބާރުތަކެއް ހޯދަން އަދި އިތުރު ދިރާސާތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހެން ދިމާވާ ސަބަބުތައް އިތުރަށް ހޯދުން ވަރަށް މުހިއްމ ކަމަށް ވިދާޅުވި އެވެ.
"ފަހަރުގައި ވެދާނެ ވާހަކަދެކެވޭ މިންވަރު ބޮޑު މާހައުލެއްގައި އުޅޭ ކުދިންނަށް ކަންކަން ދަސްވާން ފުރުސަތު ބޮޑީ ކަމަށް. ނޫނީ ވެދާނެ ތޫނުފިލިކަމުގެ ސަބަބުން ކުދިންގެ މުއާމަލާތް ކުރުމުގެ ހުނަރު ބޮޑުކޮށް ދޭން ދިމާވަނީ ކަމަށް ވެސް،" ކެޓްރީނާ ވިދާޅުވި އެވެ.
ބައްޕައަކު ދެ ކުދިންނާ އެކު.
ދިރާސާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި "ޕޮޒިޓިވް އެޓިޓިއުޑެއް" ގެންގުޅުމަކީ ވެސް ކުދިންގެ ހެދިބޮޑުވުމަށް ވަރަށް ބޮޑަށް ބާރު އަޅައި ދޭނެ ކަމެކެވެ.
އެގޮތުން މައިންބަފައިންގެ ފަރާތުން ހިތްވަރު ލިބޭ އަދި އާ ކަންކަން ކުރަން ފުރުސަތު ފަހިކޮށްދޭ، ހަރަކާތްތެރިކޮށް އުޅޭ ކުދިންނަކީ އަމިއްލަ ނަފުސަށް ވެސް އިތުބާރު އޮންނަ އަމިއްލަ އަށް އިސްނަގައިގެން ކަންކަން ކުރަން ވެސް ލޯބި ކުރާ ކުދިން ކަމަށް ދިރާސާގައި ބުންޏެވެ.
އެއް މިނެޓުން 196 ސުވާލަށް ޖަވާބުދީ ރެކޯޑް ފޮތަށް
ކުރިމަގުގެ ޖީލު އޮތީ ނުރައްކަލެއްގައި: ޑަބްލިއުއެޗްއޯ
އެންމެ ވިސްނުން ތޫނު ލިސްޓަށް ތިން އަހަރުގެ ކުއްޖެއް
9 އަހަރުގެ ކުއްޖާގެ ގްރެޖުއޭޝަން ލަސްވާތީ ގެޔަށް
މަންމަ ރުޅި އައުމުން ހައްލު ހޯދީ ޓެކްނޮލޮޖީން
ސްކޫލަށް ނުދާން އުޅޭ އެއް ސަބަބަކީ "އެންޒައިޓީ"
ޔަޝްއަލް: މިއީ އާދަޔާ ހިލާފަށް ތޫނުފިލި ކުއްޖެއް!
ރާއްޖޭގައި 12 އަހަރުން ލިބެނީ 8 އަހަރުގެ ތައުލީމް
ޗައިނާގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރަނީ
ދަރިންގެ ޓިއުޝަންފީ: ބައްޕަ ދޭންޖެހޭ ހަރަދެއް ނޫން؟