02 މެއި 2019
އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން އެކުލަވާލި ބޯޑުގައި، ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ)ގެ ޗެއާމަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ހިމެނުމާ ދެކޮޅަށް އާންމުން ފާޑު ކިޔަން ފަށައިފި އެވެ. އެކަމަކު އޭނާ ދޭތެރޭ އަމާޒުކުރި ތުހުމަތުތައް ޖަނާ މިއަދު ދޮގުކުރެއްވި އެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން އެކުލަވާލި ބޯޑުގައި، ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ)ގެ ޗެއާމަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ހިމެނުމާ ދެކޮޅަށް އާންމުން ފާޑު ކިޔަން ފަށައިފި އެވެ. އެކަމަކު އޭނާ ދޭތެރޭ އަމާޒުކުރި ތުހުމަތުތައް ޖަނާ މިއަދު ދޮގުކުރެއްވި އެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ، "މުސާރަ އާއި އުޖޫރައާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑު"ގައި ތިއްބަވާ ފަސް މެމްބަރުން އިއުލާން ކުރައްވައިފަ އެވެ. އެއާ އެކު އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ޖަނާ ބައިވެރިކުރުމާ ދެކޮޅަށް އަޑުއުފުލައި، އޭނާ އެ ބޯޑުން ވަކިކުރަން ބައެއް މީހުން ދަނީ ގޮވަލަމުންނެވެ.
ޖަނާ އަށް ކުރަނީ، އޭނާގެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ނުދިނުމުގެ ތުހުމަތެވެ. އޭގެ އިތުރުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުބަލައި މަސައްކަތް ކުރުވާ ކަމުގެ ޝަކުވާ ވެސް ބައެއް މީހުން ވަނީ ކޮށްފަ އެވެ.
އެއްވެސް މުވަޒަފަކަށް މުސާރަ ނުދީއެއް ނޯންނާނެ، މާތް ﷲ ދެނެވޮޑިގެންވާނެ. --ޖަނާ
ސޯޝަލް މީޑިއާގައި ބައެއް މީހުން ލިއެފައިވާ ގޮތުގައި، މަސައްކަތް ކުރުވާފައި އެތައް މުވައްޒަފުންނަކަށް ޖަނާގެ ކުންފުނިން މުސާރަ ނުދީ އެބަ ހުއްޓެވެ. ބައެއް މީހުން ވަނީ، މުސާރައިގެ ގޮތުގައި ދޭން ޖެހޭ މިންވަރު ކަމަށް ބުނެ ބައެއް އަދަދުތައް ވެސް އާއްމުކޮށްފަ އެވެ.
ޖަނާ ވިދާޅުވި ގޮތުގައިި އޭނާއާ ދެކޮޅަށް ކުރާ ތުހުމަތަކުގައި ހަގީގަތެއް ނެތެވެ. އޭނާގެ ކުންފުނީގައި 5،000 މުވައްޒަފުން ތިބި ކަން ފާހަގަކުރައްވައި ވިދާޅުވީ އެއްވެސް މުވައްޒަފަކަށް މުސާރަ ނުދީ ނޯންނާނެ ކަމަށެވެ.
"މާތްﷲ ދެނެވޮޑިގެންވާނެ އެކަން. އަޅުގަނޑުގެ ދުއާއަކީ އެ ތުހުމަތުކުރާ އެންމެންނަށް ވެސް ހެޔޮރަހުމަތް ލެއްވުން،" އޭނާ ވިދާޅުވި އެވެ.
ޖަނާހް ވިދާޅުވި ގޮތުގައި އެއްވެސް މީހަކަށް މުސާރަ ނުދީ އޮތް ނަމަ، ކަމާބެހޭ އިދާރާތަކަށް މައްސަލައެއް ހުށަހަޅާފައި އޮންނަންވާނެ އެވެ. އެފަދަ އެއްވެސް ކަމެއް ނެތި، ތުހުމަތުތަކެއް އެޅުވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާއަކީ، ސަރުކާރުގެ މަޝްރޫއުތައް ހިންގައިގެން ފައިދާ ހޯދާ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެއާޚިލާފަށް، ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ފައިދާވާ ކަންކަން ކުރައްވަން ލޯބިކުރައްވާ ކަން ފާހަގަކުރައްވައި، މިދިޔަ އަހަރު އެކަނި ވެސް ސީއެސްއާރު މަޝްރޫއުތަކަށް 30 މިލިއަން ހޭދަކުރެއްވި ކަމަށް ވިދާޅުވި އެވެ.
Seriously @ibusolih ??? Janah fro minimum wage board? Any idea how many millions this man owe to poor workers and sub contractors? You’ve got to be kidding me. So so disappointed in you Ibu.
— MulakiAhammadhu (@MukaliAhammadhu) May 1, 2019
ޖަނާ އަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވި އެއް ކަމަކީ، ޖަނާގެ ކުންފުނިން ހަދާ ރިސޯޓުތަކުގައި މަސައްކަތް ކުރުވާ ބިދޭސީންނާ މެދު އަމަލުކުރާ ގޮތެވެ. މުސާރަ ނުދިނުމުގެ އިތުރުން، އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި މަސައްކަތް ކުރުވާ މައްސަލަ ވެސް ހިމެނެ އެވެ.
މިސާލެއްގެ ގޮތުގައި، ގިނަ ބަޔަކު ނެގީ އިތާފުށީގެ ފަޅުގައި ހަދަމުން ދިޔަ ރިސޯޓުގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 200 ބިދޭސީންގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވައްޓާލައި ކުރި ފަސް މިނެޓުގެ ދަތުރެވެ. އެއީ، ސޯޝަލް މީޑިއާގައި ފޮޓޯ އާއްމުވެ، ގިނަ ބައެއްގެ ފާޑުކިއުން ކުރިން ވެސް އަމާޒުވި މައްސަލައެކެވެ.
Mee Eyna muahzafun gengulhey gothakee. Migoiy Raees @ibusolih ashaai @MDPSecretariat ah ok tho pic.twitter.com/S1n35b5uuB
— Haqeegai (@haqeegai) May 1, 2019
ބޯޑުގައި ޖަނާހު ހިމެނުމުން ހިތްހަމަނުޖެހިގެން މީހަކު ކުރި ޓުވީޓެއް.
އިތާފުށީގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ ގޮތުން ފެންމަތިވި މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ އެވެ. ބިދޭސީން މިހާރު ދަތުރުކުރަނީ އެމްޓީސީސީގެ ފެރީގަ އެވެ.
ޓުވިޓާގައި އެކަކު ލިއެފައިވާ ގޮތުގައި، އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑުގައި ޖަނާ ހިމެނުމަކީ މަސައްކަތްތެރިންނަށް "ފުރައްސާރަކުރުމެކެ"ވެ. އެކަން ބަލައިނުގަނެވޭ ކަމަށް ބުނެ، އެ ބޯޑުން ޖަނާ ވަކިކުރަން އޭނާ ވަނީ ރައީސަށް ގޮވާލައިފަ އެވެ.
@faya_i Sir, maana akee fonuvaa evves nameh screen kurumeh nove yo tho? Background check kurumeh ves nonnanee tho? Very disappointed that a person like Janah has been appointed not bcoz he is YAG agent but he has not paid to ppl for years. How many families suffered?
— Sikka Nargis (@joinmarchmv) May 1, 2019
ބޯޑުތަކަށް މީހުން، އައްޔަން ކުރަނީ ފޮނުވާ ނަންތައް ދިރާސާނުކޮށްތޯ ވެސް އެކަކު ސުވާލު އުފެއްދި އެވެ.
@faya_i Sir, maana akee fonuvaa evves nameh screen kurumeh nove yo tho? Background check kurumeh ves nonnanee tho? Very disappointed that a person like Janah has been appointed not bcoz he is YAG agent but he has not paid to ppl for years. How many families suffered?
— Sikka Nargis (@joinmarchmv) May 1, 2019
ބޯޑުގައި ޖަނާހު ހިމެނުއްވުމުން، ސޯޝަލް މީޑިއާގައި އާއްމުވި ފާޑުކިއުންތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިބްރާހިމް ވަނީ ޖަވާބު ދެއްވައިފަ އެވެ.
އާއްމުންގެ މީހަކު ކުރި ޝަކުވާއަކަށް ޖަވާބު ދެއްްވަން ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ ބޯޑު އެކުލަވާލި ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ، ފާޑުވިދާޅުވާންވީ ކަމަށެވެ. އެކަމަކު ބޯޑު އެކުލަވާލެއްވި ގޮތް ވިސްނާލެއްވުން ރަނގަޅު ކަަމަށް ވިދާޅުވެ، ތަފްސީލް ވަނީ ދެއްވައިފަ އެވެ.
Ehgothakahves ruhigen thihbavaane kameh neih. Faadu vidhaalhuvanvee. Ehen namaves visnaalehvun rangalhu thinan thah aisa vaa goih. Employers association tha Kim kandaelhi 2 membarun Adhi employees association Thakandhoo kandaelhi 2 membarun. Ebeyfulhun fonuhvi mandhoobun
— Fayyaz Ismail (@faya_i) May 1, 2019
މިނިސްޓަރު ވިދާޅުވި ގޮތުގައި ބޯޑު އެކުލަވާލީ އެމްޕްލޯޔާޒް އެސޯސިއޭޝަނާއި އެމްޕްލޯއީޒް އެސޯސިއޭޝަނުން ފޮނުވި މަންދޫބުންނާ އެކުގަ އެވެ.
ޖަނާހްގެ އިތުރުން އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، މަރިޔަމް ޚާލިދާއި އިބްރާހިމް ނޫރައްދީނާއި އަލީ އާދަމް އަދި މައުރޫފް ޒާކިރެވެ.
ބައެއް ރިސޯޓުތަކުގެ މުވައްޒަފުން އިހުތިޖާޖަށް
ފުލުހުން ލައްވައި ވޭޖް ތަންފީޒުކުރާ ހާލަތަށް ނުދާނެ
މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު
ޖެނުއަރީން ފެށިގެން ލިބޭނީ މިނިމަމް ވޭޖް: ފައްޔާޒު
ތަފާތު ހިޔާލުތަކާ އެކު ހޫނު ބަހުސްތަކެއް
މިއީ މިނިމަމް ވޭޖް ތަންފީޒްކުރަން ރަނގަޅު ވަގުތެއްނޫން
މިނިމަމް ވޭޖާ ގުޅިގެން ވޭޖް އެޑްވައިޒަރީ ބޯޑާ ބައްދަލުކުރަނީ
މިނިމަމް ވޭޖް 15 ވަރަކަށް ދުވަސްތެރޭ ކަނޑައެޅޭނެ
ކުޑަ އުޖޫރަ ކަނޑައެޅި މިންވަރުން ގިނަ ބަޔަކަށް ފައިދާ
މިނިމަމް ވޭޖުގެ ދިރާސާތައް ނިމިއްޖެ: ފައްޔާޒު