ބެއިޖިން، ޗައިނާ (މެއި 1) - ޗައިނީސް ސުޕަ ލީގުގައި އެންމެ ރަނގަޅު ކުޅުމެއް މިހާތަނަށް ނުދެއްކެނީ އެ މާހައުލަށް ހޭނުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ދާދި ފަހުން ދާލިއަން ޔިފަން އަށް ބަދަލުވި ސްލޮވާކިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު މަރެކް ހަމްސިޗް ބުނެފި އެވެ.
01 މެއި 2019
ބެއިޖިން، ޗައިނާ (މެއި 1) - ޗައިނީސް ސުޕަ ލީގުގައި އެންމެ ރަނގަޅު ކުޅުމެއް މިހާތަނަށް ނުދެއްކެނީ އެ މާހައުލަށް ހޭނުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ދާދި ފަހުން ދާލިއަން ޔިފަން އަށް ބަދަލުވި ސްލޮވާކިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު މަރެކް ހަމްސިޗް ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހު 13 މިލިއަން ޔޫރޯ އަށް ދާލިއަން އަށް ސޮއިކުރި އުމުރުން 31 އަހަރުގެ ހަމްސިޗް އެ ޓީމަށް ބަދަލުވީ ޔޫރަޕްގެ ގިނަ ކްލަބްތަކުގެ ހުށަހެޅުންތަކަށް ފުރަގަސްދިނުމަށް ފަހު އެވެ.
ބާރަ އަހަރު ނަޕޯލީ އަށް ކުޅެ އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ހަމްސިޗް މިހާތަނަށް ދާލިއަން އަށް ކުޅެދިން ހަ މެޗުގައި ލަނޑެއް ނުޖެހުމުގެ އިތުރުން ލަނޑެއް ޖަހަން ފުރުސަތެއް ވެސް ތަނަވަސްކޮށްނުދެވެ އެވެ. އެންމެ ފަހުން ދާލިއަން ކުޅުނު މެޗުގައި ހަމްސިޗަށް ބެންޗުން ވެސް ފުރުސަތު ނުދެ އެވެ.
"އަހަރެންގެ ކުޅުމާ މެދު ހިތްހަމައެއް ނުޖެހޭ. އަހަރެން އެންމެ ރަނގަޅަށް މަސައްކަތްކުރިއަސް ކާމިޔާބު ވާގޮތެއް ނުވޭ. މިއީ މި ގޮތަށް ދިމާވާ ފުރަތަމަ ފަހަރު." ޗައިނާގެ ސީސީޓީވީ އަށް ދިން އިންޓަވިއުއެއްގައި ހަމްސިޗް ބުންޏެވެ.
މާހައުލަށް ހޭނުމަށް ބަލާއިރު ޔޫރަޕްގެ ފުޓްބޯޅަ އާއި ޗައިނާއާ ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށް ހަމްސިޗް ވަނީ ބުނެފަ އެވެ. އެންމެ ބޮޑު އެއް ތަފާތުގެ ތެރޭގައި ޗައިނާގައި ފައުލު ދިނުމުގެ އުސޫލު ވެސް ތަފާތު ކަމަށް ބުންޏެވެ.
އެންމެ ބޮޑު ގޮންޖެހުމަކަށް ހަމްސިޗަށް ކުރިމަތިވަނީ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދެއްކުމަށް ދިމާވެފައިވާ ދަތިތަކެވެ.
"ވަރަށް ގިނަ ފަހަރު ޓީމު ކުޅުންތެރިންނާ ވާހަކަ ދައްކަން މަސައްކަތް ކުރިއަސް އެކަމެއް ނުވޭ. މިސާލަކަށް ދަނޑުމަތީގައި އަހަންނަށް ބުނެދޭނެ ގޮތެއް ނޭނގިގެން އިޝާރާތުން ވެސް ކިޔައިދޭން އެބަޖެހޭ. އިނގިރޭސިން ބުނެދިނަސް ނޭނގޭ ފަހަރު ގިނަ،" ނަޕޯލީ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށް އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ހަދާފައިވާ ރެކޯޑް މުގުރާލި ހަމްސިޗް ބުންޏެވެ.
ޗައިނާގައި ކުޅުމަށް ނެގި ޗެލެންޖް ސާބިތުކޮށްދޭން ބޭނުންވާ ކަމަށާއި އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ހަމްސިޗް ބުންޏެވެ.
ޗައިނާގައި ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލްކުރަނީ
ޔުނައިޓެޑް ދޫކޮށް އިގާލޯ އެނބުރި ޗައިނާ އަށް؟
ޗައިނީސް ސުޕަ ލީގު ޖޫންގައި ފަށަނީ؟
ޗައިނާގައި ބިދޭސީ ކުޅުންތެރިން ކަރަންޓީނު ކުރަނީ
ވައިރަހުގެ ސަބަބުން އާނައުޓޮވިޗް ޗައިނާގައި ތާށިވެފައި
ޗައިނާ ލީގަށް މަލާމާތެއް ނުކުރަން: ޔާޔާ ޓޫރޭ
ބޭލްގެ އަގުބޮޑު ޗައިނާ ޑީލް ރެއާލުން ހުއްޓުވައިފި
ހަފްތާ އަކު އެއް މިލިއަން ޕައުންޑަށް ބޭލް ޗައިނާ އަށް
ރެކޯޑް މުސާރައަކަށް މޮރީނިއޯ ނޫނެކޭ ބުނެފި
ޗައިނާގެ ކްލަބްތައް ފަހަތަށް ޖެހިއްޖެ: ވެންގާ