Roadha Mihaaru
ފޯ ސީޒަންސްގެ އާ ޖެޓް 2021 ގައި އުދުހެން ފަށަނީ

"ފޯ ސީޒަންސް" ގެ އާ ޕްރައިވެޓް ޖެޓް 2021 ގައި އުދުހެން ފަށަނީ

27 އެޕްރީލް 2019

މަޝްހޫރު ހޮޓެލް ޗެއިން ފޯ ސީޒަން އިން 2015 ގައި ޕްރައިވެޓް ޖެޓްގެ ހިދުމަތް ފެށުމަށް ފަހު، ކުރިއަށް މިއޮތީ މި ހިދުމަތުގެ އާ މަރުހަލާއަކަށް ދިއުމެވެ. ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ހޮޓެލް ޗެއިން ފޯ ސީޒަން އިން 2015 ގައި ޕްރައިވެޓް ޖެޓްގެ ހިދުމަތް ފެށުމަށް ފަހު، ކުރިއަށް މިއޮތީ މި ހިދުމަތުގެ އާ މަރުހަލާއަކަށް ދިއުމެވެ. ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

އެ ކުންފުނީގެ ޕްރަވައިޓް ޖެޓްގެ ހިދުމަތް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެންމެ މަތީ ފެންވަރުގެ ވަސީލަތްތަކާއި ހިދުމަތްތަކާ އެކު އާ ޖެޓްގެ ދަތުރުތައް ފަށައިގަންނަން ދެން މާ ގިނަ ދުވަހެއް ނެތެވެ.

ފޯ ސީޒަންސް އިން ބުނި ގޮތުގައި ޕްރައިވެޓް ޖެޓްގެ ހިދުމަތް 2021 ގައި ރަސްމީކޮށް ފަށާނެ އެވެ.

އާ ޖެޓުން ބޮލަކަށް ޗާޖް ކުރާނީ 147,000 ޑޮލަރު ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. އެހެންވެ މިއީ މަތީ ފެންވަރުގެ ޓޫރިސްޓިންނަށް ޖައްވުގެ ތެރޭގައި އެންމެ މަތީފެންވަރުގެ ލަގްޒަކީ ރިސޯޓެއްގެ ހިދުމަތްތައް ތަޖުރިބާކޮށްލެވޭނެ ކަމަކަށް ވާނެ އެވެ.

ފޯ ސީޒަންސް އިން ބުނި ގޮތުގައި ޕްރައިވެޓް ޖެޓްގެ ހިދުމަތަށް ބޭނުން މި ފަހަރު ކުރާނީ އެއާބަސް A321LR މަރުކާގެ ބޯޓެވެ. އަދި މީގައި އޮންނާނީ 48 މީހުންގެ ޖާގަ އެވެ.

"މިއީ ޖެޓްގެ ތެރޭގައި ޕެސެޖަރުންނަށް އެއް ބަޔަކު އަނެއް ބަޔަކަށް ސޯޝަލައިޒް ވެސް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވަރަށް ތަނަވަސް ލައުންޖް ވެސް ހިމެނޭނެ އަދި މީގެ އިތުރުން ވެސް ވަރަށް ވެސް ހާއްސަ އިތުރު ފީޗާތަކެއް އެކުލެވޭ ޖެޓްގެ ތެރޭގައި އިންތިޒާމު ކުރެވިފައި ހުންނާނެ،" ފޯ ސީޒަންސްގެ ވައިސް ޕްރެޒިޓެންޓް ޑާނާ ކަލްޒެކް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ފަސިންޖަރުންނަށް ފޯ ސީޒަންސްގެ ތަޖުރިބާރު ޝެފުންނާ އެކު ކެއްކުމުގެ މާސްޓަކްލާސްތައް ނެގުމާއި ވެލްނެސް/އާޓް/ކަލްޗާ ގްރޫންގެ ސެޝަންތަކާއި ވޯކްޝޮޮޕްތަކުގެ އިތުރުން މިކްސޮޖޮލިސްޓުން (ބުއިންތައް ތައްޔާރު ކުރާ ތަޖުރިބާކާރުން) ގެ ސެޝަންތަކުގައި ބައިވެރިވުން ކަހަލަ ކަންކަން ހިމެނޭނެ އެވެ.

ޑާނާ ވިދާޅުވި ގޮތުގައި ފޯ ސީޒަންސްގެ ޕްރައިޓްގެ ޖެޓްގެ ހިދުމަތަކީ ކަސްޓަމަރުންނަށް ވައިގެ ދަތުރުގެ އެންމެ ބޮޑެތި ހިތްފަސޭހަކަމާއި "ގްލެމާ" ތަޖުރިބާކޮށްލެވޭނެ ހިދުމަތަކަށް ވާނެ އެވެ.