01 ސެޕްޓެމްބަރ 2016
ކޮލަމްބޯ (ސެޕްޓެމްބަރު 1) - އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ލަންކާ އަށް މިހާރު ކުރައްވާ ދަތުރާ ދިމާކޮށް ކޮލަމްބޯގައި ހުންނަ އދ.ގެ އޮފީހުގެ ބޭރުގައި މިއަދު މުޒާހަރާކޮށްފި އެވެ.
ކޮލަމްބޯ (ސެޕްޓެމްބަރު 1) - އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ލަންކާ އަށް މިހާރު ކުރައްވާ ދަތުރާ ދިމާކޮށް ކޮލަމްބޯގައި ހުންނަ އދ.ގެ އޮފީހުގެ ބޭރުގައި މިއަދު މުޒާހަރާކޮށްފި އެވެ.
މުޒާހަރާ ކުރި މީހުން އެއްވީ ލަންކާގައި ދިގު ދެމިގެން ދިޔަ މަދަނީ ހަނގުރާމައިގެ ދުވަސްވަރު އދ. އިން އެޅި ފިޔަވަޅަކީ ކޮބައިތޯ ސާފު ކުރުމަށެވެ. މުޒާހަރާގައި އިސްކޮށް އުޅުނީ ބުޑިސްޓުންނެވެ. އދ.ގެ އިމާރާތަށް ބާން ވަޑައިގަތުމުގެ ކުރިން މުޒާހަރާ ކުރި މީހުން އުޅުނީ އެ އިމާރާތުގެ ދޮށަށް އެއްވުމަށެވެ. ނަމަވެސް ފުލުހުން ވަނީ ބާން ވަޑައިގަތުމުގެ ކުރިން، މުޒާހަރާ ކުރި މީހުން ފަހަތަށް ޖައްސައިފަ އެވެ.
"އދ. ކޮބައިތޯ ލަންކާގައި ހަނގުރާމަ ކުރި އިރު" މުޒާހަރާ ކުރި މީހުން ބޭނުންކުރި ބޯޑެއްގައި ލިޔެފައިވެ އެވެ. މި ބޯޑުގައި ވަނީ ޓައިގަރުން ދިން ބޮމުގެ ހަމަލާގެ ޝިކާރައަކަށްވި މީހެއްގެ ފޮޓޯ ވެސް ހިމަނައިފަ އެވެ.
މުޒާހަރާ އަށް ދިޔަ މީހުން ވަނީ ބާން އަށް ހަވާލުކޮށް ދިނުމަށް އެދި އދ. ގެ އޮފީހަށް ޕެޓިޝަނެއް ހަވާލުކޮށްފަ އެވެ. މި ޕެޓިޝަން ހަވާލު ކުރުމަށް ފަހު ބުޑިސްޓުންގެ އިސް މެންބަރެއް ކަމަށްވާ އަކްމީމަން ދަޔަރަތުނަ ބުނީ ތަމަޅަ ޓައިގަރުން ލަންކާގެ އާއްމުންނަށް ޖާނުންފިދާވުމުގެ ހަމަލާ ދިން އިރު އދ. އޮތީ ބަހެއް ވެސް ނުބުނެ ހިމޭނުން ކަމަށެވެ.
"އެކަމަކު އދ. އިން މިހާރު އެ އުޅެނީ ޓެރަރިޒަމް ބަލިކޮށްލީތީ އަހަރެމެންނަށް އަދަބު ދިނުމަށް،" ހަނގުރާމައިގައި ޖަރީމާތައް ހިންގި މީހުންގެ މައްސަލަތައް އދ. އިން ބަލަން އުޅޭތީ އެކަމަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.
އދ.ގެ އިމާރާތުގައި ހުރި ފުލުހުންގެ އޮފިޝަލަކު ބުނީ ސުލްހަ ގެއްލޭ ގޮތަށް މުޒާހަރާކުރާ ނަމަ އެއްވުން ރޫޅާލުމަށް ކޯޓު އަމުރެއް ހޯދާފައިވާ ކަމަށެވެ.
މިއަންމާގެ ދަތުރަށް ފަހު ލަންކާ އަށް ވަޑައިގެންނެވި ބާން އިއްޔެ ހަވީރު ވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ބައްދަލު ކުރައްވައިފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ރައީސް މައިތުރިޕާލާ ސިރިސޭނާއާ ބައްދަލު ކުރައްވާނެ އެވެ.
ލަންކާގައި 1972 އިން 2009 އަށް ހިންގި ހަނގުރާމައިގެ ފަހު ދުވަސްވަރު މަރައިފައިވާ ކަމަށް ބުނާ 40،000 މީހުންގެ މައްސަލަ ބެލުމަށް ޚާއްސަ ކޯޓެއް އުފެއްދުމަށް އދ. އިން ދަނީ ބާރު އަޅަމުންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެރިކަމަށް ވަޑައިގެންނެވި ސިރިސޭނާ ވަނީ ހަނގުރާމައިގެ ތެރޭގައި ޖަރީމާތައް ހިންގާފައިވާ މީހުންނަށް އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ލަންކާގެ ޑްރަގް އޮޕަރޭޝަން ހުއްޓާލަން ގޮވާލައިފި
ލަންކާގެ ޑްރަގާ ދެކޮޅު އޮޕަރޭޝަނަށް އދ.ގެ ނުރުހުން
ސްރީ ލަންކާގައި އިންސާނީ ކާރިސާއެއް ފެށިދާނެ: އދ
ލަންކާ މުސްލިމުން އަންދާ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް
އެސްޑީއެފުން ސާކް ގައުމުތަކަށް 7.7 މިލިއަން ދީފި
އދ.ގެ ލަޝްކަރުގައި ލަންކާ ސިފައިން ބައިވެރިވުން މަނާ
ހަނގުރާމައިގެ ތަހުގީގު އަވަސް ކުރަން ލަންކާއަށް ގޮވާލައިފި
ލަންކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑް އަދިވެސް ދަށް
ޓޫރިޒަމުން ލަންކާ އަށް ރެކޯޑް އަދަދެއްގެ އާމްދަނީއެއް
މަރުކަޒީ ބޭންކުން ބޮންޑު ވިއްކި މައްސަލަ ސިރިސޭނާ ބަލަނީ