Roadha Mihaaru
ކްރިމިނަލް ކޯޓުގައި ރޭގަނޑު ޝަރީއަތްތައް ބާއްވަނީ

މައްސަލަތައް އަވަހަށް ނިންމަން ކްރިމިނަލް ކޯޓުން ރޭގަނޑު ޝަރީއަތް ބާއްވަނީ

01 ސެޕްޓެމްބަރ 2016

ބޮޑެތި މައްސަލަތައް އަވަހަށް ނިންމަން ކްރިމިނަލް ކޯޓުން ރޭގަނޑު ޝަރީއަތްތައް ބާއްވަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބޮޑެތި މައްސަލަތައް އަވަހަށް ނިންމަން ކްރިމިނަލް ކޯޓުން ރޭގަނޑު ޝަރީއަތްތައް ބާއްވަން ފަށައިފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ ރޭގަނޑު ޝަރީއަތްތައް ބާއްވަން ފެށީ ބޮޑެތި މައްސަލަތަކާއި ގިނަ ދުވަސް ވީ މައްސަލަތައް އަވަހަށް ނިންމަން ކުރާ މަސައްކަތުގެ ދަށުން މިދިޔަ ޖުލައި މަހުން ފެށިގެން ކަމަށެވެ.

މަރުގެ މައްސަލަތަކާއި މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތަކުގެ ޝަރީއަތްތައް ރޭގަނޑު ބާއްވަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. މިއީ ފަހުގެ ތާރީޚެއްގައި އެފަދަ މައްސަލަތަކުގެ ޝަރީއަތް ރޭގަނޑު ހިންގަން ފެށި ފުރަތަމަ ފަހަރެވެ.

ކުރިން ރޭގަނޑު ޝަރީއަތް ހިންގާފައިވަނީ ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި އެކަންޏެވެ.

ގިނަ ދުވަސް ވީ މައްސަލަތައް އަވަހަށް ނިންމަން މިދިޔަ އަހަރު ސުޕްރީމް ކޯޓުން ހުރިހާ ކޯޓުތައް އެންގި އެންގުމާ އެކު މަޑުޖެހިފައިވާ ގިނަ މައްސަލަތަކެއް މާލޭގެ ކޯޓުތަކުން ވަނީ ނިންމައިފަ އެވެ. އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ވަފުދުތައް ފޮނުވައިގެން ވެސް މައްސަލަތައް ވަނީ ނިންމައިފަ އެވެ.