18 އެޕްރީލް 2019
އުމުރުން ގާތްގަނޑަކަށް ހައެއްކަ އަހަރުގެ ދެ ކުދިން ޑިންގީގައި ތިބި އިރު، ދެ ކުދިން ވެސް ތިބީ މަންމަގެ އުނގުތެރޭގަ އެވެ. ބޯކޮށް ވެހޭ ވާރެއާއެކު ޑިންގީ ތެރެއަށް ވިއްސާ ފެނުން، ޔުނީފޯމުގައި ހުރި ދަރިފުޅު ސަލާމަތްކުރަން ބޭނުންކުރާތީ ފެންނަނީ ކުޑައެކެވެ. އެކަމަކު ގަދަ ވައިގެ ތެރޭގައި ކުޑަ ހިފަހައްޓާލެވެނީ ކިރިޔަކިރިޔާ އެވެ. ދެން ހުރި ކުޑަކުއްޖާ ވިއްސާރަ ކޯޓެއް ލައިގެން ހުރި ނަމަވެސް މަންމަގެ އުރުތެރޭގައި ބޮނދައި އިނީ ބިރުންކަން އެނގެ އެވެ.
އުމުރުން ގާތްގަނޑަކަށް ހައެއްކަ އަހަރުގެ ދެ ކުދިން ޑިންގީގައި ތިބި އިރު، ދެ ކުދިން ވެސް ތިބީ މަންމަގެ އުނގުތެރޭގަ އެވެ. ބޯކޮށް ވެހޭ ވާރެއާއެކު ޑިންގީ ތެރެއަށް ވިއްސާ ފެނުން، ޔުނީފޯމުގައި ހުރި ދަރިފުޅު ސަލާމަތްކުރަން ބޭނުންކުރާތީ ފެންނަނީ ކުޑައެކެވެ. އެކަމަކު ގަދަ ވައިގެ ތެރޭގައި ކުޑަ ހިފަހައްޓާލެވެނީ ކިރިޔަކިރިޔާ އެވެ. ދެން ހުރި ކުޑަކުއްޖާ ވިއްސާރަ ކޯޓެއް ލައިގެން ހުރި ނަމަވެސް މަންމަގެ އުރުތެރޭގައި ބޮނދައި އިނީ ބިރުންކަން އެނގެ އެވެ.
މިއީ މިދިޔަ އަންގާރަ ދުވަހު، ބ. ފެހެންދޫގެ ދަރިވަރުންތަކެއް، އެ އަތޮޅު ގޮއިދޫގައި ހުންނަ އެ ކުދިންގެ ސްކޫލަށް ދާން އުޅުނު ހާލެވެ. ކުޑަ ޑިންގީއެއްގައި ފެހެންދޫ ދަރިވަރުން ކަނޑު ހުރަސްކުރުމަކީ އާ ވާހަކައެއް ނޫނެވެ. އެކަމަކު އަނެއްކާ ވެސް މި މަންޒަރު ފެނި، ގިނަ ބައެއްގެ ހިތަށް އަސަރު ކުރީ، ގަދަ ވިއްސާރައިގައި އެ ކުދިން ސްކޫލަށް ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުންނެވެ.
Baa.Fehendhoo school kudhin gadha vissaaragai kudhin school ah gendhan jehifai vaa goeh .. mee mikamah ekasheegenva dingi eh noon .. vaarey vehenya themifoavegen kudhin school ah gendhan minjeheny . Mikamah miahvure rangalhu halleh beynuvey.@presidencymv @ibusolih @EducationMV pic.twitter.com/SSr9KybQmm
— Jazeeraa Thulhaadhoo (@F12Jazeeraa) April 16, 2019
އާބާދީ މަދުވުމުން 2008 ވަނަ އަހަރު ފެހެންދޫ ސްކޫލު ބަންދު ކުރުމާއެކު، އެ ރަށުގެ ކުދިން ދެން ދާން ފެށީ ކައިރީގައި އޮންނަ ގޮއިދޫ ސްކޫލަށެވެ. ކުޑަ ޑިންގީއެއްގައި އެ ރަށަށް ދާން ނަގާނީ ހަތް ވަރަކަށް މިނިޓެވެ. އެކަމަކު ހެނދުނު ހައެއް ޖަހާލާކަންހާއިރު ފަށާ އެ ދަތުރު ކޮންމެ ފަހަރަކު ނިޔާމައެއް ނޫނެވެ.
"މިހާރު ޑިންގީގެ ސަތަރިގަނޑު ވެސް އިނީ ހަލާކުވެފައި. އެހެންވެ، ވާރޭ ވެހުނަސް، ކަނޑުގަދަ ވިޔަސް ހުރިހާ ކުދިން ސްކޫލަށް ދާން ޖެހޭނީ ތެމި ފޯވެގެން. އިއްޔެ ވެސް މިއަދު ވެސް ސްކޫލަށް އެ ދިޔައީ ތެމިގެން،" ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވި އެވެ.
"ވިއްސާރަވުމުގެ ސަބަބުން މިއަދު ބެލެނިވެރިންނަށް އިންޓަވަލް ހިފައިގެން ވެސް [ގޮއިދުއަށް] ނުދެވުނު،"
Dhaulathun 20 meehun ulhunas dignity gehley haalathakah raiyithumeehaa vataalaigen nuvaane.
— HamaVaahaka ?️??? (@hamavaahaka) April 17, 2019
Not asking for a school in Fehendhoo, but better way to access school, proper ferry for students not a freaking dingy without cover@hisaanhussain as the MP elect please lobby for this
އާބާދީގައި 300 ހަމަވިޔަސް ފެހެންދޫގައި މިހާރު ދިރިއުޅެނީ 130 މީހުންނެވެ. ސްކޫލަށް ދިޔުމަށް ޑިންގީގައި ކޮންމެ ދުވަހަކު ދެއިރު ކަނޑު ހުރަސް ކުރާ 26 ކުދިން އުޅެ އެވެ. އޭގެ ތެރޭގައި ޕްރީ ސްކޫލު ކުދިން ވެސް ހިމެނެ އެވެ.
ވާރޭ ހިޔާނުވާ ޑިންގީއެއްގައި ކުޑަކުދިންތަކެއް އުފުލާ މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވުމާއެކު ގިނަ ބަަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހިޔާލުފާޅު ކުރި އެކަކު ބުނިގޮތުގައި، ރަށެއްގައި ވިހި މީހުން އުޅުނަސް، ދައުލަތުން މީހެއްގެ އިއްޒަތް ގެއްލޭ ހިސާބަށް އެއްވެސް މީހަކު ވައްޓާލައިގެން ނުވާނެ އެވެ.
"މި ބުނަނީ ފެހެންދޫގައި ސްކޫލެއް އަޅާށެކޭ ނޫން. އެކަމަކު ހިޔާނުވާ ކުޑަ ޑިންގީއެއްގެ ބަދަލުގައި ފެރީއެއްގައި ނަމަވެސް، މިއަށް ވުރެ ރަނގަޅަށް ދަރިވަރުން ސްކޫލަށް ގެންދެވޭނެ ނިޒާމް ގާއިމުކޮށްދޭން ޖެހޭ،" އޭނާ ބުންޏެވެ.
Emme ginain dhaulathah Tax vahdhaa atholhu. Fehendhoo aa Goidhoo aa dhemedhu school kudhin ufulan hiley rangalhu fenvaru ge ferry onnan vaane. Ehen noony keeh kuran Tax dhahkany sarukaarah? Atholhu Council ah vahdhaa https://t.co/xSESjgrPew
— Luke (@Lucasjalyl) April 17, 2019
އެހެން މީހަކު ބުނިގޮތުގައި އާބާދީ ކުޑަވުމަކީ ތައުލީމަށް ހުރަސް އެޅެން ޖެހޭނެ ސަބަބެއް ނޫނެެވެ.
"ވަރަށް ހިތްދަތި މަންޒަރެއް. ހިޔެއް ނުކުރަން 2019 ވަަނަ އަހަރު މި މަންޒަރު ފެންނާނެ ކަމަކަށް. މިއަށް ވުރެ ރަނގަޅަށް މިކަން ކުރެވެން ޖެހޭނެ،" އަބޫއުޝާގެ ނަމުގައި މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.
މި މައްސަލަ ހައްލުކުރުމަށް، ފެހެންދޫ މީހުން އެހެން ރަށަކަށް ހިޖުރަކުރަން ވެސް ބައެއް މީހުން ލަފާދިނެވެ. އަނެއް ބަޔަކު ބުނީ ގޮއިދު އާއި ފެހެންދޫ ފާލަމަކުން ގުޅާލުމަށެވެ.
އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ވާރޭ ވެސް ހިޔާ ނުވާ ޑިންގީއެއްގައި ދަރިވަރުން އުފުލުމަކީ އެތަނުން ކަންބޮޑުވާ ކަމެކެވެ. އެކަމަކު އެކަމުގައި ކައުންސިލްގެ ބަހެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ދަރިވަރުން އުފުލުމަކީ ގޮއިދޫ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން އޮންނަ ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.
Meekee migaumuga evves rayyithaku ulhen geheyney haaleh noon, mee baegge varah bodu ihumaaleh. Insha Allah, @ibusolih ge verikamugai mikamah dhaaimee adhi avas halleh hoadhdhavaidhavvane.
— Shareef (@MohamedShareef2) April 18, 2019
އެހެންވެ، ކައުންސިލްގެ އެދުމަކީ ދަރިވަރުންގެ ދަތުރުތައް ހަމަޖައްސާއިރު ކައުންސިލުން އެކަމުގައި ބައިވެރިކުރުމެވެ. އެއީ ރައްޔިތުންނަށް ލިބޭނެ ފަސޭހައެއް ކަމަށް ވެސް އެތަނުން ބުންޏެވެ.
ފެހެންދޫ ދަރިވަރުން "ސްކޫލުފެރީ" ބޭނުންކުރަން ފަށައިފި
ފެހެންދޫ ޑިންގީގެ މައްސަލަ ހައްލުކޮށްދިނިން: މިނިސްޓަރު
ތިނަދު އާއި ރަކީދޫ ސެޓެލައިޓް ސްކޫލު ހުހަށް!
ގޮއިދޫ ކުދިން މަހަކު އެއްފަހަރު ބައިސިކަލުގައި ސްކޫލަށް
ބޭނުމީ ހިޖުރަކުރި އާއިލާތައް ރަށަށް ދިއުން: މިނިސްޓަރު
ސެޓެލައިޓް ސްކޫލުތައް ހުޅުވުން ފަސްކޮށްފި
ފެހެންދޫގައި ސެޓްލައިޓް ސްކޫލް ގާއިމުކުރަން ހަވާލުކޮށްފި
ފެހެންދޫ ސްކޫލް ކުދިންގެ ފެރީ ވެސް އިންޑިއާގެ އެހީގައި
ގްރޭޑް އެކަަކަށް ވައްދަން 2،135 ޖާގައަށް އެދިއްޖެ
ކިޔެވުމަށްޓަކައި މާލެއަަށް، ހައްލެއް ފެންނާކަށް ނެތް؟!