ބ. ގޮއިދޫ ސްކޫލުގެ ކުދިން ކޮންމެ މަހެއްގެ އެއް ދުވަހު ބައިސިކަލުގައި ސްކޫލަށް ކިޔަވަން ދާންޖެހޭ ގޮތަށް އެ ސްކޫލުން ހަމަޖައްސައިފި އެވެ.
10 އޯގަސްޓް 2022
ބ. ގޮއިދޫ ސްކޫލުގެ ކުދިން ކޮންމެ މަހެއްގެ އެއް ދުވަހު ބައިސިކަލުގައި ސްކޫލަށް ކިޔަވަން ދާންޖެހޭ ގޮތަށް އެ ސްކޫލުން ހަމަޖައްސައިފި އެވެ.
ޕްރިންސިޕަލް މުހައްމަދު ނިޒާމް "މިހާރު" އަށް މިއަދު ވިދާޅުވީ، ކޮންމެ މަހެއްގެ ފުރަތަމަ ބުދަ ދުވަހު ފާހަގަކުރާ "ބައިކް ޓު ސްކޫލް" ނުވަތަ "ވޯކް ޓު ސްކޫލް" ގައި އެ ސްކޫލުގެ ކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިން ބައިވެރިވާނެ ކަމަށެވެ.
ގޮއިދޫ ސްކޫލުގެ ކުދިންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިންގާ އެ ހަރަކާތުގެ ފުރަތަމަ ދުވަސް މިއަދު ފާހަގަކުރިއިރު، ބޮޑު ތަރުހީބެއް ލިބުނު ކަމަށް ނިޒާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަހަކު އެއް ފަހަރު ބައިސްކަލުގައި ނޫނީ ހިނގާފައި ސްކޫލަށް ދާންޖެހޭ ގޮތަށް ނިންމީ ސައިކަލަށް ބަރޯސާވެގެން ސްކޫލަށް ގޮސް، ކުއްލިއަކަށް އެހެން ގޮތަކަށް ބަދަލުވާން އުނދަގޫވެދާނެތީ ކަމަށެވެ.
"ޕްލޭނަކީ، މި ގޮތަށް ފާހަގަކުރަމުން ގޮސް ހަފުތާއަކު އެއް ދުވަހު ބައިސިކަލު ނޫނީ ހިނގާފައި ސްކޫލަށް ދާން ފެށުން" ނިޒާމް ވިދާޅުވި އެވެ.
ބައިސިކަލުގައި ސްކޫލަށް ދިއުމުގެ އިތުރުން ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހަކީ ގޮއިދޫ ސްކޫލަށް މޭވާ ގެންދާ ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.
"ދަރިވަރުންގެ ކިބައިގައި ހެލްތީ ހެބިޓްސް އަށަގަތުވުމަކީ އެންމެ ބޮޑު ބޭނުން،" އޭނާ ވިދާޅުވި އެވެ.
ނިޒާމް ވިދާޅުވިގޮތުގައި، މޭވާ ކެއުމަށް އެ ދުވަހު 10 މިނެޓުގެ ބްރޭކެއް ދަރިވަރުންނަށް ދޭނެ އެވެ. ސްކޫލްގެ ގޯތި ތެރެއަށް ހުރިހާ ކުދިން ނުކުމެ، މޭވާ ކެއުމުން އެ ކަން ދެމެހެއްޓެނިވި ގޮތެއްގައި ގެންދެވޭނެ ކަމަށް ގަބޫލުކުރެ އެވެ.
ގޮއިދޫ ސްކޫލަކީ ކުޅިވަރުގައި ނަމޫނާ ސްކޫލެކެވެ. ނަމަވެސް ކޮވިޑު-19 ގެ ސަބަބުން ސްކޫލްގެ އިތުރު ހަރަކާތްތައް މަޑުޖެހުމާ ގުޅިގެން ކުދިން ވެސް ކުރިއަށް ވުރެ ފިޓް ނޫން ކަމަށް ނިޒާމް ވިދާޅުވި އެވެ.
ޕްރީ-ސްކޫލުން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ގޮއިދޫ ސްކޫލްގައި 122 ކުދިން ކިޔަވަ އެވެ.
ފެހެންދޫ ދަރިވަރުން "ސްކޫލުފެރީ" ބޭނުންކުރަން ފަށައިފި
ދަރިވަރުން ސްކޫލު ބަދަލުކުރެވޭނީ ވަކި ދުވަސްވަރެއްގައި
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ