Roadha Mihaaru
ގޮނޑިތައް ބަހާނެ ގޮތާ މެދު އެއްބަހެއް ނުވެވުނު

ގޮނޑިތައް ބަހާނެ ގޮތާ މެދު ކޮންގްރެސް އާއި އާދުމީ ޕޓީ އަށް އެއްބަހެއް ނުވެވުނު

16 އެޕްރީލް 2019

ނިއު ދިއްލީ (އެޕްރީލް 16) - އިންޑިއާގެ އާއްމު އިންތިޚާބުގައި ވެރިރަށް ނިއު ދިއްލީގެ ގޮނޑިތައް ދެ ޕާޓީގެ މެދުގައި ބަހާނެ ގޮތާ މެދު އިދިކޮޅު ކޮންގްރެސް ޕާޓީ އާއި ދިއްލީގައި ވެރިކަން ހިންގާ އާމް އާދްމީ ޕާޓީ (އޭއޭޕީ) އާ ދެމެދު އެއްބަސްވުމަކަށް ނާދެވުނެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އެޕްރީލް 16) - އިންޑިއާގެ އާއްމު އިންތިޚާބުގައި ވެރިރަށް ނިއު ދިއްލީގެ ގޮނޑިތައް ދެ ޕާޓީގެ މެދުގައި ބަހާނެ ގޮތާ މެދު އިދިކޮޅު ކޮންގްރެސް ޕާޓީ އާއި ދިއްލީގައި ވެރިކަން ހިންގާ އާމް އާދްމީ ޕާޓީ (އޭއޭޕީ) އާ ދެމެދު އެއްބަސްވުމަކަށް ނާދެވުނެވެ.

ޕާލަމެންޓުގެ ދަށުގޭގައި ދިއްލީ ތަމްސީލް ކުރާ ހަތް ގޮނޑީގެ ތެރެއިން ކޮންގްރެސް ޕާޓީން ވަނީ އޭއޭޕީ އަށް ހަތަރު ގޮނޑި ދޫކޮށްލަން އެއްބަސްވެފަ އެވެ. އަދި ކޮންގްރެސް އިން ބުނެފައި ވަނީ އެ ޕާޓީން ދިއްލީގައި ވާދަކުރާނީ ތިން ގޮނޑިއަށް ކަމަށެވެ. ނަމަވެސް އޭއޭޕީން ބޭނުން ވަނީ ދިއްލީގެ ފަސް ގޮނޑި އަށް ވާދަކުރާށެވެ.

ކޮންގްރެސްގެ ރައީސް ރާހުލް ގާނދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭއޭޕީގެ ލީޑަރު އަދި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވަނީ އިއްތިހާދެއް އުފެއްދުމާ ގުޅޭ މަޝްވަރާތަކުގައި ޔޫ-ޓާނެއް ނަންގަވާފައި ކަމަށެވެ.

ރާހުލް ވިދާޅުވީ އޭއޭޕީ އާއި ކޮންގްރެސް ގުޅިއްޖެ ނަމަ ވެރިކަން ކުރާ ބީޖޭޕީ ދިއްލީން ބޭރުކޮށްލެވޭނެ ކަމަށެވެ. އަދި އެ ސަބަބަށްޓަކައި ހަތަރު ގޮނޑި ދޫކޮށްލަން އެއްބަސްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާހުލްގެ ޓްވީޓަށް ރައްދު ދެއްވައި ކެޖްރިވާލް ވިދާޅުވީ އެ ޓްވީޓުން ދޭހަކޮށްދެނީ އިއްތިހާދެއް އުފެއްދުން ޚިޔާލެއްގެ ތެރޭގައި އޮތްކަން ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް ކެޖްރިވާލް ވިދާޅުވި އެވެ.

ކޮންގްރެސް އިން ދަނީ ބައެއް ސްޓޭޓްތަކުގައި ސަރަހައްދީ ޕާޓީތަކާ އެކު އިއްތިހާދުތައް ހަދަމުންނެވެ. މި ގޮތުން އިންޑިއާގެ އެންމެ ބައިބޯ އަދި ޕާލަމެންޓުގެ ދަށުގޭ ނުވަތަ ލޮކް ސަބާ އަށް އެންމެ ގިނަ މެންބަރުން ފޮނުވާ އުއްތަރަ ޕްރަދޭޝްގައި ވަނީ ސަރަހައްދީ ޕާޓީތަކާ އެކު އިއްތިހާދެއް ގާއިމްކޮށްފަ އެވެ.