Roadha Mihaaru
ރާހުލްއާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން ބޭރުކޮށްލައިފި

ރާހުލް ގާނދީ އިންތިޚާބުން ޑިސްކޮލިފައި ކުރަން ހުށަހެޅި ޕެޓިޝަން ބޭރުކޮށްލައިފި

10 މެއި 2019

ނިއު ދިއްލީ (މެއި 10) - އިންޑިއާގެ އާއްމު އިންތިޚާބުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ އެންމެ ބޮޑަށް ވާދަކުރައްވައި ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ އަކީ އިނގިރޭސި ރައްޔިތެއް ކަމަށް ބުނެ އޭނާ އިންތިޚާބުން ޑިސްކޮލައިފައި ކުރުމަށް ހުށަހެޅި ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައްވެހިކަމާ ގުޅޭ ގޮތުން 48 އަހަރުގެ ރާހުލް ގެންދަވަނީ އިތުރުފުޅު ހައްދަވަމުންނެވެ. ދެ ގައުމެއްގެ ރައްވެހިކަން އޮންނަ މީހުންނަށް އިންޑިއާގެ އިންތިޚާބުތަކުގައި ވާދައެއް ނުކުރެވެ އެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ ޕެޓިޝަނުގައި ސީރިއަސް ކަމެއް ނެތް ކަމަށެވެ.

"ރާހުލް ގާނދީ އަކީ ހަމައެކަނި އިނގިރޭސި ރައްޔިތެއް ކަމަށް ބުނެލާ ބުނެލުމަކުން އޭނާ އަކީ އިނގިރޭސި ރައްޔިތަކަށް ވާނެތޯ؟" ޕެޓިޝަނުގެ މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު ރަންޖަން ގޯގޮއި ސުވާލު ކުރެއްވި އެވެ.

ރާހުލް ގާނދީގެ މަންމާފުޅަކީ އިޓަލީ އަށް އުފަން ސޯނިއާ ގާނދީ އެވެ. ބައްޕާފުޅަކީ އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑު ވަޒީރު ރަޖީވް ގާނދީ އެވެ.

ރާހުލް ގާނދީ ތަކްރުކާރުކޮށް ގެންދަވަނީ ބޭރު ގައުމުގެ ރައްވެހިކަން ނޯންނާނެ ކަމަށް ވިދާޅުވަމުންނެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީން ވެސް މިދިޔަ މަހު ވަނީ ރާހުލް ގާނދީގެ ރަށްވެހިކަމުގެ މައްސަލަ ސާފުކޮށް ދިނުމަށް އެދިފަ އެވެ.