09 އެޕްރީލް 2019
ނިއު ދިއްލީ (އެޕްރީލް 9) - ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އާއްމުކުރި މެނިފެސްޓޯ އަކީ އެކަހެރިވެފައިވާ މީހެއްގެ އަޑު ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާނދީ ވިދާޅުވެއްޖެ އެވެ.
ނިއު ދިއްލީ (އެޕްރީލް 9) - ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އާއްމުކުރި މެނިފެސްޓޯ އަކީ އެކަހެރިވެފައިވާ މީހެއްގެ އަޑު ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާނދީ ވިދާޅުވެއްޖެ އެވެ.
"ކޮންގްރެސް ޕާޓީގެ މެނިފެސްޓޯ ތައްޔާރުކޮށްފައި ވަނީ އެތައް ބައެއްގެ މަޝްވަރާގެ މަތިން. އެ މެނިފެސްޓޯގައި އެތައް މިލިއަން ބައެއްގެ އަޑު ހިމެނޭނެ،" ރާހުލް ގާނދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ބީޖޭޕީގެ މެނިފެސްޓޯ ނެރެން ބޭއްވި ރަސްމިއްޔާތުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ފިނިކުރި ކޮޓަރީގައި އިންނަ މީހަކަށް ފަގީރުކަން ހައްލު ކުރާނެ ގޮތް ނޭނގޭނެ ކަމަށެވެ. ގިނަ ބަޔަކު ބުނަމުން ދަނީ އެއީ ރާހުލް ގާނދީ އަށް އިޝާރާތް ކުރައްވައި މޯދީ ވިދާޅުވި ބަސްފުޅެއް ކަމަށެވެ.
"ބީޖޭޕީގެ މެނިފެސްޓޯ ތައްޔާރުކޮށްފައި ވަނީ ބަންދުކޮށްފައިވާ ކޮޓަރިއެއްގައި ތިބެގެން. އެއީ އެކަހެރިވެފައިވާ އެންމެ މީހެއްގެ އަޑު،" މޯދީ އަށް ރައްދު ދެއްވައި ރާހުލް ވިދާޅުވި އެވެ.
ބީޖޭޕީގެ މެނިފެސްޓޯގައި ވަނީ އިންޑިއާގެ ތަރައްގީ އަށް ހޭދަކުރާނެ މިންވަރާއި ދަނޑުވެރިން އަދި ހިންދޫންނަށް ކޮށްދޭނެ ކަންކަން ހިމަނައިފަ އެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ ގައުމުގެ އިންފްރާސްޓްރަކްޗާ އަށް 1.4 ބިލިއަން ޑޮލަރު ހޭދަކުރައްވާނެ ކަމަށާއި ދަނޑުވެރިންނަށް 300 ބިލިއަން ޑޮލަރު ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. ކޮންމެ ދަނޑުވެރިއަކަށް އަހަރަކު 6،000 ރުޕީސް (86 ޑޮލަރު) ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ކަޝްމީރުގެ ރައްޔިތުންނަށް ދީފައި އޮންނަ ޚާއްސަ ހާލަތު އުވާލައި އަޔޯދިޔާގައި މިސްކިތް ހުރި ތަނުގައި ފައްޅި އަޅާނެ ކަމަށް މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.
ކޮންގްރެސް ޕާޓީން ވަނީ އިންޑިއާގެ އެންމެ ފަގީރު 250 މިލިއަން މީހުންނަށް އަހަރަކު 72،000 ރުޕީސް (1،045 ޑޮލަރު) ދޭނެ ކަމަށް ވައުދުވެފަ އެވެ.
ކޮންގްރެސް ޕާޓީން ބުނެފައި ވަނީ ބީޖޭޕީން 2014 ވަނަ އަހަރު ވެރިކަމަށް އަންނަން ވައުދުވެފައި ވަނީ އަހަރަކު 20 މިލިއަން ވަޒީފާ އުފައްދަން ކަމަށާއި އެކަމަކު ގައުމުން އަހަރަކު ވަނީ 4.7 މިލިއަން ވަޒީފާ ގެއްލިފައި ކަމަށެވެ.
"ޒުވާނުންގެ ކުރިމަގު ވަނީ ބަނަވެފައި،" ކޮންގްރެސް ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އިދިކޮޅު ލީޑަރު ރާހުލް ވިދާޅުވީ ދެން ނުހުއްޓުވޭނެޔޭ
ރޭޕް މައުލޫއު، ސިޔާސީ ފަައިދާއެއްގެ ގޮތުގައި؟
މިއީ ރާހުލްގެ ނިމުންތަ؟
"ބީޖޭޕީ މޮޅުވާނެ ކަމަށް ބުނާ އެގްޒިޓް ޕޯލަކީ ފޭކެއް"
ރާހުލްއާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން ބޭރުކޮށްލައިފި
ގޮނޑިތައް ބަހާނެ ގޮތާ މެދު އެއްބަހެއް ނުވެވުނު
"އިންތިޚާބުގައި ބީޖޭޕީން 300 ގޮނޑި ކާމިޔާބުކުރާނެ"
ފަގީރުކަން ނައްތާލައި 50 މިލިއަން އާއިލާ އަށް ފައިސާ
ކޮންގްރެސް ޕާޓީގެ މެނިފެސްޓޯ އަކީ ދޮގު ލިޔުމެއް: މޯދީ
ކޮންގްރެސްގެ މެނިފެސްޓޯވާނީ ރައްޔިތުންގެ އަޑަށް: ރާހުލް