Roadha Mihaaru
"އިންތިޚާބުގައި ބީޖޭޕީން 300 ގޮނޑި ކާމިޔާބުކުރާނެ"

އިންތިޚާބުގައި ބީޖޭޕީން 300 ގޮނޑި ކާމިޔާބުކުރާނެ: މިނިސްޓަރު

05 އެޕްރީލް 2019

ނިއު ދިއްލީ (އެޕްރީލް 5) - އަންނަ ބުރާސްފަތި ދުވަހު ފަށާ އިންޑިއާގެ އާއްމު އިންތިޚާބުގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ޕާލަމެންޓުގެ ދަށު ގޭގެ މަދުވެގެން 300 ގޮނޑި ލިބޭނެ ކަމަށް ޔޫނިއަން މިނިސްޓަ އޮފް ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ޕްރަކާޝް ޖަވަދެކާރު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އޭނާ ވިދާޅުވީ ބީޖޭޕީން ކެމްޕޭން ކުރަނީ މައިގަނޑު ތިން އަސާސަކަށް ބިނާކޮށް ކަމަށެވެ. ފުރަތަމަ ކަމަކީ ގައުމު ސަލާމަތް ކުރެވޭނީ ކޮން ބަޔަކަށްތޯ ބެލުމާއި ގައުމު ތަރައްގީ ކުރެވޭނީ ކޮން ބަޔަކަށްތޯ އަދި ގައުމު ހިންގަން އެންމެ ރަނގަޅު ލީޑަރަކީ ކާކުތޯ ބެލުމެވެ. އަދި މި ތިން އަސާސްގެ ވެސް ޖަވާބަކީ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކަމަށް ޔޫނިއަން މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކަށް ބަލައި ލޮކް ސަބާގެ 545 ގޮނޑީގެ ތެރޭން ބީޖޭޕީ އަށް މަދުވެގެން 300 ގޮނޑި ލިބޭނެ. މިދިޔަ ފަސް އަހަރު ބީޖޭޕީން ވެރިކަން ކުރި ގޮތަށް ބަލާއިރު މިއީ ހާސިލް ކުރަން ވަރަށް ފަސޭހަ ކަމެއް،" ޔޫނިއަން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅުގައި ތިބި ޕާޓީތަކުގެ ތެރޭން ވެސް ބޭޖީޕީ ބަލިކުރެވޭނެ ބަޔަކު ނެތް ކަމަށާއި ފުޅާ ކޯލިޝަނެއް އުފައްދާ ވާހަކަ މާކުރިން ދައްކަނީ ބީޖޭޕީ ބަލި ނުކުރެވޭނެތީ ކަމަށެވެ.