20 ނޮވެމްބަރ 2017
ނިއު ދިއްލީ (ނޮވެމްބަރު 20) - އިންޑިއާގެ ކޮންގްރެސް ޕާޓީން އަންނަ މަހު ބާއްވާ ލީޑަޝިޕް އިންތިޚާބުގައި ޕާޓީގެ ލީޑަރު ކަމަށް ރާހުލް ގާނދީ ގެންނަން މަސައްކަތް ކުރާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ނިއު ދިއްލީ (ނޮވެމްބަރު 20) - އިންޑިއާގެ ކޮންގްރެސް ޕާޓީން އަންނަ މަހު ބާއްވާ ލީޑަޝިޕް އިންތިޚާބުގައި ޕާޓީގެ ލީޑަރު ކަމަށް ރާހުލް ގާނދީ ގެންނަން މަސައްކަތް ކުރާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ކޮންގްރެސް ޕާޓީގެ މިހާރުގެ ލީޑަރަކީ ރާހުލްގެ މަންމާފުޅު އުމުރުން 70 އަހަރުގެ ސޯނިއާ ގާނދީ އެވެ. ނަމަވެސް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާކަން ސޯނިއާ އަދި އިއުލާން ކުރައްވައިފައެއް ނުވެ އެވެ. ޕާޓީގެ އޮފިޝަލެއް ކަމަށްވާ މުއްޕައްލީ ރާމަޗަންދުރަން ވިދާޅުވީ ޕާޓީގެ ސީނިއާ އޮފިޝަލުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އަންނަ މަހު އިންތިޚާބު ބާއްވަން ނިންމާފައި ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެ އިންތިޚާބުގައި ކޮންގްރެސްގެ ލީޑަރު ކަމަށް 47 އަހަރުގެ ރާހުލް ގެންނާނެ އެވެ.
ޕާޓީގެ ލީޑަރު ކަމަށް ބޭނުންވާ ފަރާތްތަކުގެ ނަން ހުށަހެޅުމުގެ ފުރުސަތު ކޮންގްރެސް ޕާޓީން ވަނީ ޑިސެމްބަރު 4 އާ ހަމައަށް ހުޅުވާލައިފަ އެވެ. ދެހާސް ދިހަ ވަނަ އަހަރު ބޭއްވި ޕާޓީގެ ލީޑަޝިޕް އިންތިޚާބުގައި ސޯނިއާ ގާނދީއާ އެއްވެސް މީހަކު ވާދަކޮށްފައެއް ނުވެ އެވެ.
ކޮންގްރެސްގެ ނައިބް ރައީސްގެ މަގާމަށް 2013 ވަނަ އަހަރު ވަނީ ރާހުލް ހަމަޖައްސަައިފަ އެވެ. ނަމަވެސް 2014 ވަނަ އަހަރުގެ އާއްމު އިންތިޚާބުގައި ޕާޓީ އަށް ކާމިޔާބު ހޯދިފައި ނެތުމުން ރާހުލްގެ ލީޑަޝިޕަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އިންޑިއާ، 1947 ވަނަ އަހަރު މިނިވަންވި ފަހުން ގިނަ އަހަރުތަކެއްގައި ވެރިކަންކޮށްފައި ވަނީ ކޮންގްރެސް ޕާޓީ އެވެ.
ރާހުލްގެ ޖަލު ހުކުމް ސަސްޕެންޑްކޮށް،މެމްބަރުކަން ދީފި
ގޮނޑިތައް ބަހާނެ ގޮތާ މެދު އެއްބަހެއް ނުވެވުނު
"ކިޔަވާ ކުދިންގެ ލޯނުގެ އިންޓަރެސްޓް ކަނޑާލާނަން"
ފަގީރުކަން ނައްތާލައި 50 މިލިއަން އާއިލާ އަށް ފައިސާ
ކޮންގްރެސްގެ މެނިފެސްޓޯވާނީ ރައްޔިތުންގެ އަޑަށް: ރާހުލް
އިދިކޮޅު ލީޑަރު ރާހުލް ވިދާޅުވީ ދެން ނުހުއްޓުވޭނެޔޭ
އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުމަށް މޯދީ އެދިވަޑައިގެންފި
އިންޑިއާގައި 14 އަހަރަށް ފަހު އިދިކޮޅު ލީޑަރެއް
މޯދީ މުސްލިމުންނަށް ފުރައްސާރަކުރާ މައްސަލަ ހުށަހަޅައިފި
އިދިކޮޅުން އާންމުންގެ މުދާ މުސްލިމުންނަށް ބަހާނެ: މޯދީ