08 އެޕްރީލް 2019
ނިއު ދިއްލީ (އެޕްރީލް 8) - މި އަހަރުގެ މާޗު މަހުގެ 31 ކުރިން ނަގާފައިވާ ކިޔަވާ ކުދިންގެ ހުރިހާ ލޯނެއްގެ އިންޓަރެސްޓް ކަނޑާލާނެ ކަމަށް ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާނދީ ވިދާޅުވެއްޖެ އެވެ.
ނިއު ދިއްލީ (އެޕްރީލް 8) - މި އަހަރުގެ މާޗު މަހުގެ 31 ކުރިން ނަގާފައިވާ ކިޔަވާ ކުދިންގެ ހުރިހާ ލޯނެއްގެ އިންޓަރެސްޓް ކަނޑާލާނެ ކަމަށް ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާނދީ ވިދާޅުވެއްޖެ އެވެ.
އަންނަ ބުރާސްފަތި ދުވަހު ފަށާ އިންޑިއާގެ އާއްމު އިންތިޚާބުގެ ކެމްޕޭނުގައި ރާހުލް ވިދާޅުވީ ދަރިވަރަށް ވަޒީފާއެއް ލިބެންދެން ކިޔަވާ ކުދިންނަށް ދޫކުރާ ލޯނަށް އިންޓަރެސްޓް ބޭންކްތަކުން ޗާޖް ނުކުރާނެ ކަމަށެވެ.
ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ވެސް ވަނީ ޔުނިވާސިޓީތަކަށް އިތުރު ފައިސާ ހަމަޖައްސައިދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ކިޔަވާ ކުދިންގެ ލޯނާ ގުޅޭ ގޮތުން މެނިފެސްޓޯގައި އެއްވެސް ވާހަކައެއް ހިމަނައިފައެއް ނުވެ އެވެ.
ކިޔަވާ ކުދިންގެ ލޯނުގެ އިންޓަރެސްޓް ކަނޑާލާނެ ކަމަށް ރާހުލް ވިދާޅުވެފައި ވަނީ މިޑްލް ކްލާހުގެ ވޯޓު ހޯދުމުގެ ބޭނުމުގަ އެވެ.
ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ވަނީ ފަގީރު ހިސާބުތަކުގައި ސަރުކާރުގެ ޔުނިވާސިޓީތައް އިތުރު ކުރާނެ ކަމަށާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް އިތުރު ބާރުތައް ދޭނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން ކޮންގްރެސްގެ މެނިފެސްޓޯގައި ވަނީ އިންޑިއާގެ އެންމެ ފަގީރު 250 މިލިއަން މީހުންނަށް އަހަރަކު 72،000 ރުޕީސް (1،045 ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.
ވެރިކަން ކުރާ ބޭޖީޕީން މިއަދު ނެރުނު މެނިފެސްޓޯގައި ވަނީ ދަނޑުވެރިންނާއި ހިންދޫންނަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ކޮށްދޭން ހިމަނައިފަ އެވެ.
ރާހުލްގެ ޖަލު ހުކުމް ސަސްޕެންޑްކޮށް،މެމްބަރުކަން ދީފި
ގޮނޑިތައް ބަހާނެ ގޮތާ މެދު އެއްބަހެއް ނުވެވުނު
ފަގީރުކަން ނައްތާލައި 50 މިލިއަން އާއިލާ އަށް ފައިސާ
ކޮންގްރެސްގެ މެނިފެސްޓޯވާނީ ރައްޔިތުންގެ އަޑަށް: ރާހުލް
ކޮންގްރެސްގެ ލީޑަރުކަމަށް ރާހުލް ގާންދީ ގެންނަނީ
އިދިކޮޅު ލީޑަރު ރާހުލް ވިދާޅުވީ ދެން ނުހުއްޓުވޭނެޔޭ
އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުމަށް މޯދީ އެދިވަޑައިގެންފި
އިންޑިއާގައި 14 އަހަރަށް ފަހު އިދިކޮޅު ލީޑަރެއް
މޯދީ މުސްލިމުންނަށް ފުރައްސާރަކުރާ މައްސަލަ ހުށަހަޅައިފި
އިދިކޮޅުން އާންމުންގެ މުދާ މުސްލިމުންނަށް ބަހާނެ: މޯދީ