13 އެޕްރީލް 2019
މެންޗެސްޓާ (އޭޕްރީލް 13) - މެންޗެސްޓާ ޔުނައިޓެޑްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޯދަން ރެއާލް މެޑްރިޑުން ކުރާ މަސައްކަތުގައި އެ ޓީމުން މީޑިއާގެ ބޭނުންހިފާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
މެންޗެސްޓާ (އޭޕްރީލް 13) - މެންޗެސްޓާ ޔުނައިޓެޑްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޯދަން ރެއާލް މެޑްރިޑުން ކުރާ މަސައްކަތުގައި އެ ޓީމުން މީޑިއާގެ ބޭނުންހިފާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ރެއާލުގެ ކޯޗުކަމާ ޒިނެދިން ޒިދާން އަލުން ހަވާލުވުމަށް ފަހު ގެންދަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ޕޮގްބާ ހިމެނެ އެވެ. ޕޮގްބާ ރެއާލަށް ބަދަލުވާނެ ކަމަށް ސްޕެއިނުގެ ގިނަ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. އަދި ގައުމީ ޓީމަށް ޕޮގްބާ ކުޅެންދާއިރު، ސްޕެއިނުގެ ނޫސްވެރިން ވަނީ ޕޮގްބާގެ މުސްތަގުބަލާ ގުޅުވައިގެން އޭނާއާ ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ.
މަޝްހޫރު ކުޅުންތެރިންގެ ސޮއި ރެއާލުން ހޯދާއިރު ގިނަ ފަހަރު މީޑިއާގެ އެހީތެރިކަން ހޯދަ އެވެ. ސޯލްޝެއާ ބުނީ މިހާރު ވެސް އެކަން އެގޮތަށް ހިނގާނެ ކަމަށެވެ.
"ރެއާލުން އާންމުކޮށް ކުރާކަމެއް އެއީ މޮޅެތި ކުޅުންތެރިން ހޯދަން މީޑިއާގެ އެހީހޯދުން. ކިހިނެއް އެނގެނީ މިހާރު ވެސް އެ ކުރިއަށްދަނީ އޭގެ ކެމްޕެއިނެއް ނޫން ކަމެއް. ބޮޑެތި ޓީމުތަކުން ބޭނުންވާ ކަމެއް ހާސިލްކުރަން އެކި އުކުޅު ބޭނުންކުރާނެ،" އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސޯލްޝެއާ ބުންޏެވެ.
އުމުރުން 26 އަހަރުގެ ޕޮގްބާ އަކީ ޔުނައިޓެޑުގެ އެކަޑަމީން ވިދާލި ކުޅުންތެރިއެކެވެ. އެކަމަކު ސީނިއާ ޓީމުން ފުރުސަތު ނުލިބި ހުއްޓާ 2012 ވަނަ އަހަރު ޔުވެންޓަސް އިން ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެންގޮސް ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް ބަދަލުކުރި އެވެ. ޔުނައިޓެޑުން އޭނާ އަނބުރާ ގަތީ 2016 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 105 މިލިއަން ޔޫރޯ އަށެވެ. ރިޕޯޓްތައް ބުނާގޮތުން ޕޮގްބާގެ ސޮއި ހޯދަން ރެއާލުން 100 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއްގެ ބިޑެއް ކުރާނެ އެވެ.
ސޯލްޝެއާ ބުނީ ޕޮގްބާގެ ފަރާތުން ކްލަބް ދޫކޮށްލަން ބޭނުންވާ ފަދަ އެއްވެސް އިޝާރާތެއް ނުފެންނަ ކަމަށާއި އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޓީމު ރޫހުގައި ވަރަށް މޮޅަށް އޭނާ ކުޅުނު ކަމަށެވެ.
"ބާސެލޯނާއާ ދެކޮޅަށް އެންމެ ހިތްވަރުލައިގެން ކުޅުނު ކުޅުންތެރިންގެ ތެރޭގައި ޕޮގްބާ ހިމެނޭނެ. އޭނާގެ ވިސްނުމާއި އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާދޭ. ޕޮގްބާގެ ފޯކަސް ހުރީ ޔުނައިޓެޑަށް،" ސޯލްޝެއާ ބުންޏެވެ.
ރެއާލުން އަންނަނީ ޗެލްސީގެ ތަރި އެޑެން ހަޒާޑް ވެސް ގެންދަން މަސައްކަތްކުރަމުންނެވެ. ހަޒާޑް އެންމެ ފަހުން ދިން އިންޓަވިއުގައި ބުނެފައިވަނީ ރެއާލް ކޯޗުކަމާ ޒިދާން އަލުން ހަވާލުވުމަކީ އޭނާ އަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި ފުޓްބޯޅަ އަށް ޒިދާންގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފަ އެވެ. މި ސީޒަނަށް ފަހު ހަޒާޑް ޗެލްސީ ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ހަޒާޑް އެ ގޮތަށް ނިންމައިފިނަމަ އެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
ޔުވެންޓަސް އިން ޕޮގްބާގެ ކޮންޓްރެކްޓް އުވާލައިފި
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
ޕޮގްބާގެ މުސާރައިގެ ބޮޑު ބައެއް އުނިކޮށްފި!
މަނާބޭހަށް ޕޮގްބާ ޕޮޒިޓިވް ބޮޑު ސަސްޕެންޝަނެއްގެ ބިރު
ގާތްގަނޑަކަށް އަހަރެއް ފަހުން ޕޮގްބާ އަލުން ދަނޑަށް
ޕޮގްބާ އަށް ވޯލްޑް ކަޕް ނުކުޅެވޭނެކަން ޔަގީންވެއްޖެ
އޮޕަރޭޝަން ކުރަން ނުޖެހޭ، ޕޮގްބާ އަންނަ މަހު ކުޅެން ނުކުންނާނެ
ޕޮގްބާ އަނެއްކާވެސް ހިލޭ ޓްރާންސްފާގައި ޔުވެންޓަސް އަށް
ރެއާލްގެ މަގާމު އެލެގްރީ ގަބޫލުކުރި ނަމަ ރަނގަޅުވީސް
ސުޕަ ލީގު ކްލަބްތަކަށް ޔޫއެފާއިން މާފުދީފި