17 ނޮވެމްބަރ 2024
މަނާބޭސް ބޭނުންކުރުމުން ލިބުނު ސަސްޕެންޝަނުގެ މުއްދަތު ކުރުވެ އަވަހަށް ކުޅެން ނުކުމުގެ ފުރުސަތު ފްރާންސްގެ ޕައުލް ޕޮގްބާ އަށް ލިބުނު ނަމަވެސް، އިޓަލީގެ ޔުވެންޓަސް އިން އޭނާގެ ކޮންޓްރެކްޓް އުވާލައިފި އެވެ.
މަނާބޭސް ބޭނުންކުރުމުން ލިބުނު ސަސްޕެންޝަނުގެ މުއްދަތު ކުރުވެ އަވަހަށް ކުޅެން ނުކުމުގެ ފުރުސަތު ފްރާންސްގެ ޕައުލް ޕޮގްބާ އަށް ލިބުނު ނަމަވެސް، އިޓަލީގެ ޔުވެންޓަސް އިން އޭނާގެ ކޮންޓްރެކްޓް އުވާލައިފި އެވެ.
އިޓަލީގެ އެންޓި ޑޯޕިން އޮތޯރިޓީން އޭނާ އަށް ދިން ހަތަރު އަހަރުގެ ސަސްޕެންޝަން، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި އިސްތިއުނާފުކުރުމުން 18 މަހަށް ކުރުކޮށްދިނީ އެވެ. އެހެންވެ އޭނާ އަށް އަންނަ އަހަރުގެ މާޗު މަހު އަލުން ކުޅެން ނުކުމެވޭނެ އެވެ.
ޕޮގްބާ ވަނީ ޔުވެންޓަސްގައި ދެމި ހުންނަން ބޭނުން ކަމަށް ބުނެފަ އެވެ. އެކަމަށްޓަކައި މުސާރަ ކުޑަކުރަން ވެސް އޭނާ ހުރީ ތައްޔާރުގަ އެވެ. އެކަމަކު ޔުވެންޓަސްގެ ކޯޗު ތިއާގޯ މޮޓާގެ ޕްލޭނުގައި ޕޮގްބާ ނުހިމެނެ އެވެ.
ޔުވެންޓަސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޕޮގްބާގެ ކޮންޓްރެކްޓް އުވާލަން ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށާއި މި މަސް ނިމުމާ އެކު އޭނާ އަށް އެހެން ކްލަބަކަށް ބަދަލުވެވޭނެ ކަމަށެވެ.
ޕޮގްބާ ގެންދަން ޔޫރަޕުގެ ކްލަބްތަކުން ބޭނުންވިޔަސް ބެލެވޭ ގޮތުގައި އޭނާ ސޮއިކުރާނީ އެމެރިކާގެ މޭޖާ ލީގުގެ ކްލަބަކަށް ނުވަތަ ސައޫދީ އަރަބިއްޔާގެ ލީގަށެވެ.
މެންޗެސްޓާ ޔުނައިޓެޑުން ކެރިއަރު ފެށި ޕޮގްބާ އެންމެ ފުރަތަމަ ޔުވެންޓަސް އަށް ކުޅުނީ 2012-2016 އަށެވެ. އޭނާ އެ ފަހަރު އެ ޓީމާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައި ސުޕަސްޓާރަކަށް ބަދަލުވި އެވެ. އޭގެ ސަބަބުން ޔުނައިޓެޑުން އޭނާ ދުނިޔޭގެ ރެކޯޑް އަގަކަށް ގެންދިޔަ އެވެ. އެކަމަކު އެންމެ އެދެވޭ ކާމިޔާބެއް ނުހޯދުނެވެ.
ޕޮގްބާ ދެ ވަނަ ފަހަރަށް ޔުވެންޓަސް އަށް ބަދަލުވީ 2022 ގަ އެވެ. އެކަމަކު އަނިޔާ އާއި އެހެން މައްސަލަތަކާ ހެދި ރަނގަޅުޔ ކުޅުމެއް ނުދެއްކުނެވެ. ފުރަތަމަ އެގާރައިގައި ހިމެނުނީ ވެސް އެންމެ މެޗެއްގަ އެވެ.
ޕޮގްބާ ވަނީ ފްރާންސާ އެކު 2018 ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އޭރު އޭނާ އަކީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އެކަމަކު ފަހުން އައިސް ގައުމީ ޓީމުން ވެސް ޖާގައެއް ނުލިބެ އެވެ.
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
ޕޮގްބާގެ މުސާރައިގެ ބޮޑު ބައެއް އުނިކޮށްފި!
މަނާބޭހަށް ޕޮގްބާ ޕޮޒިޓިވް ބޮޑު ސަސްޕެންޝަނެއްގެ ބިރު
ގާތްގަނޑަކަށް އަހަރެއް ފަހުން ޕޮގްބާ އަލުން ދަނޑަށް
ޕޮގްބާ އަށް ވޯލްޑް ކަޕް ނުކުޅެވޭނެކަން ޔަގީންވެއްޖެ
އޮޕަރޭޝަން ކުރަން ނުޖެހޭ، ޕޮގްބާ އަންނަ މަހު ކުޅެން ނުކުންނާނެ
ޕޮގްބާ އަނެއްކާވެސް ހިލޭ ޓްރާންސްފާގައި ޔުވެންޓަސް އަށް
ޕިރްލޯގެ އެއް ވަނަ ޓާގެޓަކީ ޕޮގްބާ: ރިޕޯޓް
ޕޮގްބާ ހޯދަން ރެއާލުން މީޑިއާގެ ބޭނުންހިފާނެ: ސޯލްޝެއާ
ޔުވެންޓަސް ދޫކޮށްލެވުނީތީ ހިތާމަނުކުރަން: ޕޮގްބާ