03 އޯގަސްޓް 2022
ކަކުލަށް އަނިޔާވެ މި އަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވި ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ހީކުރި ވަރަށް ވުރެ އަވަހަށް ކުޅެން ނުކުންނާނެ ކަމަށް ކްލަބާ ހަވާލާދީ އޭއެފްޕީ އިން ބުނެފި އެވެ.
ކަކުލަށް އަނިޔާވެ މި އަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވި ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ހީކުރި ވަރަށް ވުރެ އަވަހަށް ކުޅެން ނުކުންނާނެ ކަމަށް ކްލަބާ ހަވާލާދީ އޭއެފްޕީ އިން ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސް އަށް ދާދި ފަހުން ބަދަލުވި ޕޮގްބާގެ ކަކުލަށް ހާނިއްކަވީ އެ ޓީމުގެ ޕްރީ ސީޒަން ޓުއާގައި އެމެރިކާގައި ތަމްރީން ހަދަނިކޮށެވެ. އޭނާ ވަނީ އޭގެ ފަހުން މެކްސިކޯގެ ޗިވާސް ގުޑަރަލަޖަރާއާ ދެކޮޅަށް ކުޅެފަ އެވެ. ތަދުވެގެން އުޅެން ފެށީ އެ މެޗަށް ފަހު އެވެ.
އެމްއާރްއައި ޓެސްޓުން ދެއްކީ އޭނާގެ ކަކުލުގެ ލިގަމެންޓުން ބައެއް އިރައިގެން ގޮސްފައިވާ ކަމަށެވެ. އެކަމަށް ފަރުވާ ހޯދަން އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން އޭރު ލަފާދިނެވެ. އެހެންވެއްޖެ ނަމަ އޭނާ އަށް ނޮވެމްބަރުގައި ފަށާ ވޯލްޑް ކަޕުގައި ނުކުޅެވޭނެ އެވެ. އަދި ޔުވެންޓަސްގެ ސީޒަނުގެ ފުރަތަމަ ބައި ގެއްލޭނެ އެވެ.
އެކަމަކު ޔުވެންޓަސްގެ ތަރުޖަމާނަކު އޭއެފްޕީ އަށް ބުނި ގޮތުގައި ޕޮގްބާ ފަހުން ދެއްކި ސްޕެޝަލިސްޓް ވަނީ އޮޕަރޭޝަންނުކޮށް އޭނާ އަށް އެ އަނިޔާއިން ރަނގަޅުވެވިދާނެ ކަމަށް ބުނެފަ އެވެ. އެގޮތުން ޖިމް ތަމްރީނާއި ޕޫލް ތަމްރީނުން އޭނާ އަށް ފަސް ހަފުތާ ފަހުން ކުޅެން ނުކުމެވިދާނެ ކަމަށް އެ ނޫހުން ބުނެ އެވެ.
އެހެންވެ އަންނަ ސެޕްޓެމްބަރު މެދުތެރޭގައި އޭނާ އަށް އަލުން ދަނޑަށް ނުކުމެވޭނެ އެވެ.
ޕޮގްބާ ހިމެނިގެން ފްރާންސުން 2018 ވަނަ އަހަރު ނެގި ވޯލްޑް ކަޕުގެ ތަށި ދިފާއުކުރަން އެ ޓީމުން ނުކުންނައިރު އޭނާ އަށް ކުޅެވުމަކީ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް އަށް ލިބޭ ހިތްހަމަޖެހުމަކަށް ވާނެ އެވެ.
ޔުވެންޓަސް އަށް 2012-2016 އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ޕޮގްބާ އެ ޓީމަށް އެނބުރި އައީ ޔުނައިޓެޑުގައި ނާކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. އެހެންވެ ވީ އެންމެ އަވަހަކަށް ދަނޑަށް ނުކުމެ ކުރީގެ ކުޅުން ތަކުރާރުކުރަން އޭނާ ހުރީ ކެތްމަދުވެފަ އެވެ.
ޕޮގްބާ އަށް ވޯލްޑް ކަޕް ނުކުޅެވޭނެކަން ޔަގީންވެއްޖެ
ޔުވެންޓަސް އިން ޕޮގްބާގެ ކޮންޓްރެކްޓް އުވާލައިފި
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
ޕޮގްބާގެ މުސާރައިގެ ބޮޑު ބައެއް އުނިކޮށްފި!
މަނާބޭހަށް ޕޮގްބާ ޕޮޒިޓިވް ބޮޑު ސަސްޕެންޝަނެއްގެ ބިރު
ގާތްގަނޑަކަށް އަހަރެއް ފަހުން ޕޮގްބާ އަލުން ދަނޑަށް
ޕޮގްބާ އަނެއްކާވެސް ހިލޭ ޓްރާންސްފާގައި ޔުވެންޓަސް އަށް
ފްރާންސަކީ މިހާރު ދުނިޔޭގެ އެއްވަނައެއް ނޫން: ޕޮގޮބާ
ޔޫރޯ ޕްރެސްގައި ހުރި ބިޔަރުފުޅި ޕޮގްބާ ނަގައިފި
ގްރީޒްމަން އާއި ޕޮގްބާ އަށް އެހީވާނަން: ޑެޝޯމްޕްސް