10 އެޕްރީލް 2019
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވާ އިންތިޚާބުތަކުގައި ފައިސާ ހަރަދު ކުރެވޭނެ ގޮތްތައް ކަނޑައަޅާ ގާނޫނެއް ހަދަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވާ އިންތިޚާބުތަކުގައި ފައިސާ ހަރަދު ކުރެވޭނެ ގޮތްތައް ކަނޑައަޅާ ގާނޫނެއް ހަދަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އީސީގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި ކެމްޕެއިން ފައިނޭންސް ގާނޫނެއް ނެތުމުން، ޔޫއެންޑީޕީ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ގުޅިގެން އެކަމާ ގުޅޭ ބިލެއް މަޖިލިހަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
އެ ބިލް ހަދާނީ ކަމާ ބެހޭ ފަރާތްތަކުގެ ލަފާ އާއި މަޝްވަރާ ހޯދައިގެން ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި އެކި ގައުމުތަކުގައި އަމަލުކުރަމުން އަންނަ ކެމްޕެއިން ފައިނޭންސް ގާނޫނުތަކުގެ ތެރެއިން އެންމެ މަޝްހޫރު އަދި ރަނގަޅީ ފިލިޕީންސްގެ ގާނޫނެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ފިލިޕީންސުން ވެސް އޮބްޒާވަރެއް ފޮނުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި، ކެމްޕޭން ފައިނޭންސިން ގާނޫނެއް އޮތުމުން ކެންޑިޑޭޓުންނަށް ރައްކާތެރިކަން ލިބޭނެ އެވެ.
މިހާރު، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި އިންތިޚާބާ ގުޅޭ ގޮތުން ހިންގާ ކޮރަޕްޝަންގެ ހުރިހާ މައްސަލަތަކެއް ތަހުގީގު ކުރުމުގެ ބާރު ދީފައި އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އަކްރަމް ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ކުއްލިއަކަށް ބަދަލުތަކެއް ގެނެސްފައި ހުރި އިރު އެއީ އޭގައި މައްސަލަތަކެއް ހުރިކަން އޭސީސީން ވެސް ފާހަގަކޮށްފައިވެ އެވެ.
"އޭގައި ފުރިހަމަ ނުވެ އޮތީ. ކާކު ކީއްކުރަންވީ ކަމެއް، ނުކުރަންވީ ކަމެއް. ގެއަކަށް ވަދެލެވޭ ގޮތަކުން ވެސް އޭސީސީ އަށް ގެންދާ ފަހަރު އައިސްދާނެ،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ކެންޑިޑޭޓަކު އޭސީސީ އަށް ހާޒިރުކޮށްފި ނަމަ، އޭނާގެ ކުށެއް އޮތްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ޖެހެ އެވެ. އެހެން ނޫނީ ކެންޑިޑޭޓުގެ ހައްގަށް އުނިކަން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކެންޑިޑޭޓުން ވާން ޖެހޭނީ ނަޒާހަތްތެރި ބަޔަކަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.
ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހަދަނީ
ކުރަހާ ވޯޓު ކަރުދާސް ބާތިލްވާގޮތަށް އަލުން ހުށަހަޅައިފި
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟
އިންތިޚާބުގައި ނުކުންނަ މައްސަލަތައް މަދުވާނެ: އީސީ
"ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ"
އައްޑޫ ދާއިރާތަކާ ގުޅޭ ޝަރީއަތް މާދަމާ ފަށަނީ
މަޖިލިސް އިންތިޚާބަށް ފޯކަލް ޕޮއިންޓުން ހޯދަނީ
ރިޔާސީ އިންތިހާބު ވެސް ފަސްކޮށްފާނެ: އަލީ ހުސެން
ކުރަހާ ވޯޓު ކަރުދާސް ބާތިލްވާ ގޮތަށް ފާހެއް ނުކުރި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ހަދަނީ