އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތަކުގައި ބޭނުންކުރާ ކަރުދާހުގައި ލިޔުމެއް ނުވަތަ ކުރެހުމެއް ހުރެއްޖެނަމަ، އެ ވޯޓު ބާތިލްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
16 ނޮވެމްބަރ 2016
އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތަކުގައި ބޭނުންކުރާ ކަރުދާހުގައި ލިޔުމެއް ނުވަތަ ކުރެހުމެއް ހުރެއްޖެނަމަ، އެ ވޯޓު ބާތިލްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހެޅުއްވި މަޑަވެލި ދާއިރާގެ ޕީޕީއެމް މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ މީހާ އެނގޭނެހެން އިތުރު ފާހަގައެއް ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރު ކަން ގެއްލޭ ކަމަށެވެ.
އެހެންވެ އޭނާ އިސްލާހު ހުށަހެޅުއްވީ އިންތިހާބުތަކުގައި ލާ ވޯޓަކީ ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްރު ވޯޓު ކަމުގައި ކަށަވަރު ކުރުމުގެ ގޮތުންނެވެ.
މުއާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ބާތިލް ވާނެ ކަމަށެވެ.
މީގެ އިތުރުން ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ، ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލް ވޯޓެއްގެ ގޮތުގައި ކަނޑައެޅުމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ އަހުމަދު ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ.
އެ އިސްލާހުގައިވާ ގޮތުން ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ، މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް ބަލަން ވާނީ ސައްހަ ވޯޓު ކަރުދާހެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން ކަރުދާހުގައި އިންތިހާބު ކުރަން ޖެހޭ ކެންޑިޑޭޓުންނަށް ވުރެ މަދުން ރަނގަޅު ފާހަގަ ޖަހާފައިވާނަމަ، އެ ރަނގަޅު ފާހަގަ ގުނާނީ ސައްހަ ވޯޓުގެ ގޮތުގައި ކަމަށާއި އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައި ކަމަށް ވެސް އަބްދުﷲ ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ، މަދު ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަކީ ގާނޫނުއަސާސީއާ ހިލާފު ބާތިލް ނައްސެއް ކަމަށް ސުޕްރީމް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފަ އެވެ.
ކުރަހާ ވޯޓު ކަރުދާސް ބާތިލްވާގޮތަށް އަލުން ހުށަހަޅައިފި
ކުރަހާ ވޯޓު ކަރުދާސް ބާތިލްވާ ގޮތަށް ފާހެއް ނުކުރި
"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟
ދެ އިންތިހާބު އެއްކޮށްލަން ގާނޫނު އިސްލާހުކުރަނީ
އިންތިހާބާ ގުޅޭ ގައިޑްލައިން ބަދަލުކުރަން އެއްބަސްވެއްޖެ
އިންތިހާބުގެ ތާރީހު ބަދަލެއް ނުކުރެވޭނެ: ނަޝީދު
ކުއްލި ނުރައްކާ އޮތަސް އިންތިހާބު ބާއްވަން ފާސްކޮށްފި
އިންތިހާބު ލަސްކުރަން އެމްޑީޕީގެ މެމްބަރަކު އެދިއްޖެ