04 އެޕްރީލް 2019
އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ނުކުންނަ މައްސަލަތައް ވަރަށް ބޮޑަށް މަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ނުކުންނަ މައްސަލަތައް ވަރަށް ބޮޑަށް މަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އިންތިހާބާ ބެހޭ މައި މަރުކަޒުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބުގެ ތަޖުރިބާއާ އެކު ވަރަށް ގިނަ ކަންކަން އިސްލާހުކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ވީހާވެސް އަވަހަށް ވޯޓު ލެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެންމެ ފަހު ރިޔާސީ އިންތިޚާބުގައި އެއް ވޯޓު ފޮއްޓަށް ވުރެ ގިނަ ވޯޓު ފޮށި ހުންނަ އިންތިޚާބީ މަރުކަޒުތަކުގައި ވޯޓުލާނެ ފޮއްޓެއް ނޭނގިގެން ގިނަ ވަގުތު ހޭދަކުރަން ޖެހުނެވެ. އެކަމަކު އެ މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަޅުގަނޑުމެން ވާނީ އެއް ވޯޓު ފޮއްޓަށް ވުރެ ގިނަ ވޯޓު ފޮށިތައް ހުންނަ މަރުކަޒުތަކުގައި ވަންނަ އިރު، އިންނާނީ ގްރައުންޑް ޗާޓެއް ކުރަހާފައި. ފޮށި ހުރި ދިމާ ހުންނާނެ. އޭގެ މާނައަކީ އެ ބަލައިގެން ގޮސް ސީދާ މަރުކަޒާ [ވޯޓު ފޮށި ބަހައްޓާފައި ހުރި ތަން] ހަމައަށް ދެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާ ހިލާފަށް މަޖިލިސް އިންތިޚާބުގައި އެއް ވޯޓު ފޮއްޓަށް ވުރެ ގިނަ ވޯޓު ފޮށިތައް ހުންނަ މަރުކަޒުތަކުގައި ގްރައުންޑް މެނޭޖަރެއް ހުންނާނެ ކަމަށެވެ.
"ވޯޓު އޮފިޝަލެއްގެ ގޮތުގައި [ގްރައުންޑް މެނޭޖަރު] މަސައްކަތް ނުކުރައްވާނެ. ގްރައުންޑް މެނޭޖަރުގެ ބޭނުމަކީ އެހެން ދާނެ، ނުދާނެ ތަނެއް ނޭނގިގެން އުޅޭ މީހެއް ވެއްޖެ ނަމަ، އެހީތެރިވުން،" ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން އިންތިޚާބީ މަރުކަޒުތަކުގައި އޮންނަ ކިއޫއާ ހަމައިން، އެއީ ކޮން ފޮއްޓެއް ކަން ވޯޓުލާން ދާ މީހާ އަށް އެނގޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެގޮތުން، ކޮންމެ ކިއޫއެއްގެ ފަހު މީހާ ކައިރީގައި ކޮން ފޮއްޓެއް ކަން އެނގޭ ބޯޑެއް ޖަހާފައި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އެއް ފޮއްޓަކަށް އެންމެ ގިނަ އިން ވޯޓު ލާ އަދަދަކީ 1،000 މީހުން ކަމަށް ހަމަޖައްސައިފަ އެވެ. އަދި އެއް ފޮއްޓަކަށް 700 އަށް ވުރެ ގިނަ މީހުން ވޯޓު ލާ ނަމަ، އެއް ފަހަރާ ދެ މީހެއްގެ ކަންކަން ކުރިއަށް ދާނެ ގޮތަށް އިންތިޒާމްތައް ވަނީ ބަދަލުކޮށްފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަމްޖަދު ވާހަކަ ދައްކަވަނީ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އެވްރެޖްކޮށް މިފަހަރު ކޮންމެ ފޮއްޓަކަށް ލާނީ ގާތްގަނޑަކަށް 500-600 ވޯޓު. އެއް ފޮއްޓަކަށް 700 އަށް ވުރެ ގިނަ މީހުން ވޯޓު ލާ ނަމަ، ދެ ސެޓަޕެއް ހުންނާނެ. އޭގެ މާނައަކީ ދެ ދިމާލަކުން ކަރުދާސް ދޫކުރާނެ. ދެ ދިމާލުގައި ފާހަގަ ޖަހަމުން ދާނެ،" ޝަރީފް ވިދާޅުވި އެވެ.
މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ވަނީ ލިބިފަ އެވެ. އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާނެ އެވެ.
ޝަރީފް ވިދާޅުވީ ވޯޓުލުން ނިމޭތާ ދެ ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާން ކުރާނެ އެވެ. އަދި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ނުވަތަ އެއަށް ވުރެ ކުރިން ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އިންތިޚާބުތަކުގައި މީގެ ކުރިން ވޯޓު ލާ މަރުކަޒުގައި އުޅޭ މަންދޫބަކު، ނުވަތަ އޮބްޒާވަރަކު ހިތްހަމަނުޖެހޭ ނަމަ، ވޯޓުލުން ހުއްޓުވާފައި އެބަހުރި ކަމަށެވެ. ވޯޓު ލާން ބަޔަކު ގޮސް ތިބި ނަމަ، އެމީހުންނަށް ވޯޓު ލެވޭނެ ގޮތް ފަހިކޮށްދިނުމަކީ ގާނޫނުން ކޮމިޝަންގެ މައްޗަށް ލާޒިމް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި މީހަކު ނުވަތަ ބަޔަކު ބޭނުންވީމަ، އަޑުގަދަކޮށްލައިގެން ވޯޓުލުން ނިމުނީ ކަމަށް ބުނެ އެފަދަ ކަންކަން ނުކުރުމަށް [އެދެން]. އެކަހަލަ ކަމެއް ކުރާ ނަމަ، އަޅުގަނޑުމެންނަށް މަޖުބޫރުވާނެ އެމީހަކު ހުއްޓުވުމަށް ފަހު، ރައްޔިތުންނަށް ވޯޓު ލެވޭނެ ގޮތް ކަށަވަރުކޮށްދޭން،" އަމްޖަދު ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟
ވޯޓު ބާތިލްކުރާނެ ހުއްޖަތެއް ނުދެއްކޭނެ: ޝަރީފް
އޮފިޝަލުންނަށް ޕާޓީތަކުގެ މެމްބަރުން ހަރަކާތްތެރިވި!
ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ކަމެއް ނެތް: ޝަރީފް
އިންތިޚާބުގައި ބާތިލް ވޯޓު 4800 އަށް ވުރެ ގިނަ
ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވޭ ގޮތް ހަދަނީ
އިންތިޚާބަށް ފައިސާ ޚަރަދުކުރުމާ ބެހޭ ގާނޫނެއް ހަދަނީ
ސައްހަ ގިނަ ވޯޓުތަކެއް ބާތިލު ކުރުމުން ފިޔަވަޅު އަޅަނީ
އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށަނީ
ވޯޓުލާން ފަސޭހަވާނެ ގިނަ ބަދަލުތައް ގެންނާނަން: ޝަރީފް