09 އެޕްރީލް 2019
ލަންޑަން (އޭޕްރިލް 9) – އަންނަ ސީޒަނުގައި ވެސް ޗެލްސީ އަށް ކުޅެން ބޭނުންވާ ކަމަށް ޔުވެންޓަސްގެ ލޯނެއްގެ ދަށުން ޖެނުއަރީ މަހު ޗެލްސީ އަށް ބަދަލުވި އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ބުނެފި އެވެ.
ލަންޑަން (އޭޕްރިލް 9) – އަންނަ ސީޒަނުގައި ވެސް ޗެލްސީ އަށް ކުޅެން ބޭނުންވާ ކަމަށް ޔުވެންޓަސްގެ ލޯނެއްގެ ދަށުން ޖެނުއަރީ މަހު ޗެލްސީ އަށް ބަދަލުވި އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ބުނެފި އެވެ.
ހިގުއައިން އަށް ޕްރިމިއާ ލީގުގައި މިހާތަނަށް އަށް މެޗުން ޖެހުނީ އެންމެ ތިން ގޯލެވެ. ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ޕްރިމިއާ ލީގަށް ހޭނެން ހިގުއައިން އަށް ވަގުތު ބޭނުންވާ ކަމަށާއި އެކަމަކު ޓީމު އޮތް ހާލަތުގެ ގޮތުން ވަގުތު ދެވެން ނެތް ކަމަށެވެ.
ޗެލްސީ އަށް ފީފާ އިން ދީފައިވާ ޓްރާންސްފާ އަދަބުގެ ސަބަބުން އޭނާ އަށް އަންނަ ސީޒަނުގައި އެ ޓީމުގައި މަޑުނުކުރެވިދާނެ އެވެ. އަނެއްކޮޅުން ޔުވެންޓަސް އިން ވެސް އޭނާ ބޭނުންނުވާ ކަމަށްވެ އެވެ.
"އަހަރެން މިތަނުގައި މިހިރީ އުފަލުން. އަބަދުވެސް އާ ލީގެއް ތަޖުރިބާކުރުމަކީ ހިތްހަމަޖެހުމެއް. މިއީ އަހަރެން ލީގަށް ހޭނެމުން އަންނަ ދުވަސްކޮޅު. އެކަމަކު (ސީޒަނުގައި ބާކީ) އޮތީ މަދު ދުވަސްކޮޅެއް ނަމަވެސް އަހަރެން އުއްމީދުކުރަން ރަނގަޅަށް ނިންމާލެވޭނެކަމުގެ،" ހިގުއައިން ބުންޏެވެ.
އޭނާ ބުނީ އެންމެ ރަނގަޅު ކާމިޔާބަކަށް ވާނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާއި ޔުރޮޕާ ލީގު ކާމިޔާބުކުރުން ކަމަށެވެ. އެކަމަކު އަންނަ ސީޒަނުގައި ޗެލްސީގައި ހުރުމަށްޓަކައި ވެސް މި ސީޒަނުގައި ރަނގަޅަށް ކުޅެން އޭނާ އަމިއްލަ ގޮތުން ވެސް ބޭނުންވާ ކަމަށް ބުންޏެވެ.
ސްޕެއިނުގެ ރެއާލް މެޑްރިޑުން ވިދާލުމަށް ފަހު މިދިޔަ ސީޒަންތަކުގައި އިޓަލީގެ ނަޕޯލީ އާއި ޔުވެންޓަސްގައި މޮޅު ކުޅުމެއް ދެއްކި ހިގުއައިން މި ސީޒަނުގައި އޭސީ މިލާނަށް ބަދަލުވެ ފޯމުން ކެޓި އެވެ. އެކަމަކު ޖެނުއަރީ މަހު ޗެލްސީން އޭނާ ގެނައީ ކޯޗު ސާރީގެ އިރުޝާދުގެ ދަށުން އޭނާ ކުރިން މޮޅަށް ކުޅެފައިވާތީ އެކަމަށް އިތުބާރުކޮށްފަ އެވެ.
ފޯމަށް އެޅެން ހިގުއައިން އަށް ވަގުތު ދެވޭކަށް ނެތް
ޗެލްސީން ކުރި އިތުބާރުގެ ބަދަލު ދޭނަން: ހިގުއައިން
ހިގުއައިންގެ ވާހަކަ ދައްކަން ސާރީ ބޭނުމެއްނުވި
ހިގުއައިން މިލާން ދޫކޮށްލަން ނިންމައިފި
ޗެލްސީން ފޯވާޑެއް ހޯދުން އަވަސްކުރަން ސާރީ އަންގައިފި
ހިގުއައިން ޗެލްސީ އަށް، މޮރާޓާ ސެވިއްޔާ އަށް؟
ހިގުއައިން އާއި މޮރާޓާ ބަދަލުކުރަން ޗެލްސީން މަސައްކަތްކުރަނީ
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ކޮންފަރެންސް ލީގު: ޗެލްސީއަށް ލަނޑުޖެހުމުގެ ރެކޯޑެއް