02 އެޕްރީލް 2019
ލަންޑަން (އޭޕްރިލް 2) – ގޮންޒާލޯ ހިގުއައިން އަށް އިނގިރޭސި ފުޓްބޯޅަ އުނދަގޫ ކަމަށާއި ހޭނެން އޭނާ އަށް ވަގުތު ބޭނުންވިޔަސް އެ ވަގުތު ދެވެން ނެތް ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ލަންޑަން (އޭޕްރިލް 2) – ގޮންޒާލޯ ހިގުއައިން އަށް އިނގިރޭސި ފުޓްބޯޅަ އުނދަގޫ ކަމަށާއި ހޭނެން އޭނާ އަށް ވަގުތު ބޭނުންވިޔަސް އެ ވަގުތު ދެވެން ނެތް ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ސްޕެއިނުގެ ރެއާލް މެޑްރިޑުން ވިދާލުމަށް ފަހު މިދިޔަ ސީޒަންތަކުގައި އިޓަލީގެ ނަޕޯލީ އާއި ޔުވެންޓަސްގައި މޮޅު ކުޅުމެއް ދެއްކި ހިގުއައިން މި ސީޒަނުގައި އޭސީ މިލާނަށް ބަދަލުވެ ފޯމުން ކެޓި އެވެ. އެކަމަކު ޖެނުއަރީ މަހު ޗެލްސީން އޭނާ ގެނައީ ކޯޗު ސާރީގެ އިރުޝާދުގެ ދަށުން އޭނާ ކުރިން މޮޅަށް ކުޅެފައިވާތީ އެކަމަށް އިތުބާރުކޮށްފަ އެވެ.
އެކަމަކު ހިގުއައިންގެ ފޯމް ކުރިއަށް ވުރެ ދަށްވީ އެވެ. އޭނާ ކުޅުނު 10 މެޗުން ޖެހުނީ ތިން ގޯލެވެ. އެވެސް އާދައިގެ ތިން ޓީމެއް ކޮޅަށެވެ.
"ހިގުއައިން އަހަރެން ގާތު ބުނި އުނދަގޫ ވާހަކަ. ސަބަބަކީ މިތަނުގައި ޑިފެންޑަރުންގެ ފިޒިކަލް ބައި ވަރަށް ވަރުގަދަވީމާ. މިތަނުގެ ރެފްރީން ވެސް ތަފާތު އިޓަލީއާ ބަލާއިރު. އެހެންވެ މިއީ އޭނާ އަށް މުޅިން ތަފާތު ފުޓްބޯޅައެއް،" ސާރީ ބުންޏެވެ.
ސާރީ ބުނީ އޭނާ ދެކޭ ގޮތުގައި ހިގުއައިން އަށް ވަގުތު ބޭނުންވާ ކަމަށާއި އެކަމަކު ވަގުތު ނެތުމާ އެކު ސީޒަނުގެ ފަހު ދެ މަސް ދުވަހު އޭނާ އެންމެ މަތީ ފޯމުގައި ކުޅެން ބޭނުންވާ ކަމަށެވެ.
ފީފާ އިން ޗެލްސީ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބުދީފައިވާތީ ހިގުއައިންގެ ކޮންޓްރެކްޓް އަންނަ ސީޒަނުގައި ދާއީމީ ކުރުމުގެ ފުރުސަތު މިވަގުތު އެ ޓީމަށް ނުވެސް ނެތެވެ. އަނެއްކޮޅުން އޭނާ ގެންނަން ޔުވެންޓަސް އިން ވެސް ބޭނުންނުވާ ކަމަށްވެ އެވެ. އުމުރުން 31 އަހަރުގެ ފޯވާޑް އަންނަ ސީޒަނުގައި ވަރުގަދަ ކްލަބަކުން ފުރުސަތު ހޯދުމަށް ސީޒަނުގެ ބާކީބައިގައި ތަފާތު ދައްކަން ޖެހެ އެވެ.
ޗެލްސީގައި މަޑުކުރަން ބޭނުން: ހިގުއައިން
ޗެލްސީން ކުރި އިތުބާރުގެ ބަދަލު ދޭނަން: ހިގުއައިން
ހިގުއައިންގެ ވާހަކަ ދައްކަން ސާރީ ބޭނުމެއްނުވި
ހިގުއައިން މިލާން ދޫކޮށްލަން ނިންމައިފި
ޗެލްސީން ފޯވާޑެއް ހޯދުން އަވަސްކުރަން ސާރީ އަންގައިފި
ހިގުއައިން ޗެލްސީ އަށް، މޮރާޓާ ސެވިއްޔާ އަށް؟
ހިގުއައިން އާއި މޮރާޓާ ބަދަލުކުރަން ޗެލްސީން މަސައްކަތްކުރަނީ
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ކޮންފަރެންސް ލީގު: ޗެލްސީއަށް ލަނޑުޖެހުމުގެ ރެކޯޑެއް