09 ޖެނުއަރީ 2019
ލަންޑަން (ޖެނުއަރީ 9) – އޭސީ މިލާނުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ޗެލްސީ އަށް އަދި ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ ލޯނެއްގެ ދަށުން ސެވިއްޔާ އަށް ބަދަލުވާން އުޅޭ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ޖެނުއަރީ 9) – އޭސީ މިލާނުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ޗެލްސީ އަށް އަދި ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ ލޯނެއްގެ ދަށުން ސެވިއްޔާ އަށް ބަދަލުވާން އުޅޭ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ހިގުއައިން މިލާނަށް ކުޅެނީ ޔެވެންޓަސްގެ ލޯނެއްގެ ދަށުންނެވެ. އެހެންވެ އޭނާ ޗެލްސީ އަށް ބަދަލުވާ ނަމަ ބަދަލުވާން ޖެހޭނީ ހަމަ ލޯން އުސޫލުން އަދި ސީޒަން ނިމުމުން 36 މިލިއަން ޔޫރޯ ދައްކައިގެން ކޮންޓްރެކްޓް ދާއިމީ ކުރާ ގޮތަށެވެ. ޗެލްސީ އަށް ބަދަލުވާން ހިނގައިން ވެސް ރުހުން ދީފައިވާ ކަމަށްވެ އެވެ.
އެކަމަކު އިޓަލީގެ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ އެހާ ގާތުގައި އޮތް ކަމެއް ނޫނެވެ. ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ، އޭނާ ކުރިން ނަޕޯލީގައި ކޯޗުކޮށްދިން ހިގުއައިން ގެންނަން ބޭނުންވި ނަމަވެސް އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިއަކަށް އެވަރުގެ ހޭދައެއް ކުރަން ޗެލްސީގެ ބޯޑުން ދެކޮޅުހަދާ ކަމަށްވެ އެވެ. އަދި ހިގުއައިން ދޫކޮށްލަން މިލާނުން ބޭނުންނުވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ސާރީގެ ކޯޗުކަމުގައި ހިގުއައިން ވަނީ ނަޕޯލީ އަށް 2015/2016 ގައި 38 ގޯލް ޖަހާފަ އެވެ. ފަހުން ޔުވެންޓަސް އަށް ބަދަލުވެ އޭނާ އެ ކުޅުން ތަކުރާރުކުރި އެވެ. އޭނާ މިލާނަށް ބަދަލުވީ ޔުވެންޓަސް އިން ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމުން ޔުވެންޓަސް އިން އޭނާ ދޫކޮށްލުމުންނެވެ.
ހިގުއައިންގެ އިތުރުން ޕީއެސްޖީގެ ފޯވާޑް އެޑިންސަން ކަވާނީ އަކީ ވެސް ޗެލްސީން ޝައުގުވެރިވާ ކުޅުންތެރިއެކެވެ. ޗެލްސީން މި ޖެނުއަރީ ޓްރާންސްފާގައި ފޯވާޑެއް ގެންނާނެކަން ވަރަށް ޔަގީނެވެ. ސާރީ ވަނީ އެ ޓީމުގެ ހަމައެކަނި މައްސަލައަކީ ފޯވާޑުންގެ މައްސަލަކަން ދާދި ފަހުން ބުނެފަ އެވެ.
ޗެލްސީގައި މަޑުކުރަން ބޭނުން: ހިގުއައިން
ފޯމަށް އެޅެން ހިގުއައިން އަށް ވަގުތު ދެވޭކަށް ނެތް
ޗެލްސީން ކުރި އިތުބާރުގެ ބަދަލު ދޭނަން: ހިގުއައިން
ހިގުއައިންގެ ވާހަކަ ދައްކަން ސާރީ ބޭނުމެއްނުވި
ހިގުއައިން މިލާން ދޫކޮށްލަން ނިންމައިފި
ޗެލްސީން ފޯވާޑެއް ހޯދުން އަވަސްކުރަން ސާރީ އަންގައިފި
ހިގުއައިން އާއި މޮރާޓާ ބަދަލުކުރަން ޗެލްސީން މަސައްކަތްކުރަނީ
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ކޮންފަރެންސް ލީގު: ޗެލްސީއަށް ލަނޑުޖެހުމުގެ ރެކޯޑެއް