21 ޑިސެމްބަރ 2018
ލަންޑަން (ޑިސެމްބަރު 21) – އޭސީ މިލާނުގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ގެނެސް ބަދަލުގައި އެ ޓީމަށް ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ދޭން ޗެލްސީން ވިސްނަމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ޑިސެމްބަރު 21) – އޭސީ މިލާނުގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ގެނެސް ބަދަލުގައި އެ ޓީމަށް ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ދޭން ޗެލްސީން ވިސްނަމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުވެންޓަސްގެ ލޯނެއްގެ ދަށުން މި ސީޒަނުގައި މިލާނަށް ކުޅެމުން އަންނަ ހިގުއައިން ގެންދަން ޗެލްސީން މިދިޔަ ޓްރާންްސްފާ ބާޒާރުގައި ވެސް މަސައްކަތްކުރި އެވެ. އެކަމަކު އޭނާ އަށް ނަޕޯލީގައި ކޯޗުކޮށްދިން މައުރީޒޯ ސާރީ ފިޔަވައި، ޗެލްސީގެ އެހެން މީހަކު އެކަން ބޭނުންނުވީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެހެންވިޔަސް ޗެލްސީގެ ލަނޑު ޖެހުމުގެ މައްސަލަތައް ހައްލުވެފައިނުވާތީ ޖެނުއަރީ މަހު ހިގުއައިން ގެންނަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށްވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި މަސައްކަތް ކާމިޔާބުވުމުގެ ފުރުސަތު އެބައޮތެވެ. އެއީ ހިގުއައިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނުފެންނާތީ އާއި އޭނާ އަށް ބޮޑު ހަރަދެއްކުރަން ޖެހޭތީ މިލާނުން ވެސް އޭނާ ދޫކޮށްލުމުގެ ފުރުސަތު އޮތުމެވެ. އަނެއްކޮޅުން މޮރާޓާ އަކީ ވެސް މިލާނުން ކުރިން ވަރަށް ގެންނަން ބޭނުންވި ކުޅުންތެރިއެކެވެ.
ހިގުއައިން މިލާނަށް ކުޅެނީ 18 މިލިއަން ޔޫރޯގެ ލޯނެއްގެ ދަށުންނެވެ. އަދި ސީޒަން ނިމުމުން 36 މިލިއަން ޔޫރޯ އަށް އޭނާ ދާއިމީކުރުމުގެ ފުރުސަތު އެބައޮތެވެ. ޗެލްސީން އޭނާ ގެންދާ ނަމަ ވެސް އަމަލުކުރަން ޖެހޭނީ އެ ފޯމިއުލާއަށެވެ.
ހިގުއައިން އަކީ ސާރީ ކުޅުވާ ފުޓްބޯޅަ ސްޓައިލަށް ފެތޭ ކުޅުންތެރިއެކެވެ. މިލާނަށް 17 މެޗުން ހަތް ގޯލް އޭނާ ވަޖީ ޖަހައިދީފަ އެވެ. އެކަމަކު އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން އޭނާގެ ފޯމަށް ވަނީ އަސަރުކޮށްފަ އެވެ. އަނެއްކޮޅުން މޮރާޓާ އަކީ މީގެ ކުރިން ޔުވެންޓަސްގައި މޮޅަށް ކުޅެ އިޓާލިއަން ލީގުގައި ފެންވަރު ސާބިތުކޮށްދީފައިވާ ކުޅުންތެރިއެކެވެ. މޮރާޓާ މިދިޔަ ސީޒަނުގައި ޗެލްސީ އަށް ބަދަލުވީ މިލާނުން އޭނާ ގެންނަން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަނިކޮށެވެ.
ހިގުއައިން މިލާން ދޫކޮށްލަން ނިންމައިފި
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ޗެލްސީގައި މަޑުކުރަން ބޭނުން: ހިގުއައިން
ފޯމަށް އެޅެން ހިގުއައިން އަށް ވަގުތު ދެވޭކަށް ނެތް
ޗެލްސީން ކުރި އިތުބާރުގެ ބަދަލު ދޭނަން: ހިގުއައިން
ހިގުއައިންގެ ވާހަކަ ދައްކަން ސާރީ ބޭނުމެއްނުވި
ޗެލްސީން ފޯވާޑެއް ހޯދުން އަވަސްކުރަން ސާރީ އަންގައިފި
ހިގުއައިން ޗެލްސީ އަށް، މޮރާޓާ ސެވިއްޔާ އަށް؟
ހިގައިން މިލާނަށް، ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް
ކަލިނިޗް ވިއްކާލައި މިލާނުގެ އަމާޒު ހިގައިން އަށް