Roadha Mihaaru
ހިގުއައިންގެ ވާހަކަ ދައްކަން ސާރީ ބޭނުމެއްނުވި

ހިގުއައިންގެ ވާހަކަ ދައްކަން ސާރީ ބޭނުމެއްނުވި

19 ޖެނުއަރީ 2019

ލަންޑަން (ޖެނުއަރީ 19) - އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީއާ ގުޅެން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ދެކޮޅު ހަދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 19) - އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީއާ ގުޅެން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ދެކޮޅު ހަދައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން އޭސީ މިލާނަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ހިގައިންގެ ބެލެނިވެރި ކްލަބް ޔުވެންޓަސް އިން ވަނީ މިލާނާ އެކު ހަދާފައި އޮތް އެއްބަސްވުން ނިމުމަކަށް ގެނެސް ޗެލްސީ އަށް ހިގައިން ލޯނަކަށް ދޫކޮށްލަން ނިންމައިފަ އެވެ. އެކަމަކު މި ޑީލް މި ވަގުތު މަޑުޖެހިފައި އޮތީ ހަ މަސް ދުވަހުގެ ލޯނަކަށް ހިގައިން ޗެލްސީއަށް ދޭ އިރު އެ މުއްދަތު ހަމަވުމުން 30 މިިލިއަން ޕައުންޑަށް އޭނާ ގަތުން މަޖުބޫރުވާ ގޮތަށް އެއްބަސްވުމުގައި ހިމަނަން ޔުވެންޓަސް އިން ބޭނުންވާއިރު، އެކަމާ ޗެލްސީން ގޮތެއް ނުނިންމާތީ އެވެ.

"ޗެލްސީގެ ޑިރެކްޓަރު މެރީނާ ކައިރީގައި އަހަރެން ދެ ހަފްތާ ކުރިން މި ޓީމު ކުރިއަރުވަން ބޭނުންވާ ގޮތްތައް ވާނީ ބުނެދީފައި. އެ އަށް ފަހު އަހަރެން ނިންމީ ޓްރެއިނިން އާއި މެޗުތަކަށް ސަމާލުކަންދޭން. ހިގުއައިންގެ ޓްރާންސްފާއާ ބެހޭ މައުލޫމާތު ދޭން އަހަންނަށް ދަތި. އަހަންނަށް ނޭނގޭ." މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސާރީ ބުންޏެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ގަދަ ހަތަރެއްގެ ރޭހުގައި ކުރީގައި އޮންނަން ޗެލްސީން ކުރާ މަސައްކަތް ވަރުގަދަ ކުރުމަށް ސާރީ ވަނީ މި މަހުގެ ޓްރާންސްފާގައި އިތުރު ފޯވާޑެއް ގެންނަން ޗެލްސީ ބޯޑަށް މަޖުބޫރުކޮށްފަ އެވެ. އަދި އޭނާ އެންމެ ފުރަތަމަ ބޭނުންވީ މިރޭ އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ހިގައިންގެ ޓްރާންސްފާ ކަންތައް އެއްކޮށް ނިންމާލުމަށެވެ.

ސާރީގެ ކޯޗުކަމުގައި ހިގުއައިން ވަނީ ނަޕޯލީ އަށް 2015/2016 ގައި 38 ގޯލް ޖަހާފަ އެވެ. އުމުރުން 31 އަހަރުގެ ހިގައިން ގެންނަން ސާރީ އެންމެ ބޭނުންވާ ސަބަބަކީ އޭނާ ކުޅުވަން ބޭނުންވާ ސްޓައިލުގައި ހިގުއައިން އަށް ތަފާތު ދެއްކޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ،

"އަހަންނަށް އޮތީ މީގެ މެރީނާ އަށް އިތުބާރުކުރުން. ކްލަބްގެ ވެރިންނަށް އިތުބާރުކުރުން. އަަހަރެން ގައިގައި ހުރި ހަކަތަ ހުސްކޮށްލަން ބޭނުންވަނީ ޓްރެއިނިން އާއި މެޗުތަކުގައި ޓީމުގެ ކަންތައް ރަނގަޅުކުރުމަށް. ޓްރާންސްފާ ކަންތައްތަކުގައި ފިކުރުކޮށްގެން އިތުރު ވަގުތު ބޭކާރެއް ނުކޮށްލެވޭނެ،" ސާރީ ބުންޏެވެ.

ހިގުއައިންގެ ބަދަލުގައި މިލާނުން ވަނީ ޖެނޯއާގެ ޕޮލެންޑް ފޯވާޑް ކްރިސްޓޮފް ޕިއަންޓެކް ގެންނަން ރޭ އެއްބަސްވުމަކަށް އައިސްފަ އެވެ. އެހެންވެ ބައެއް ރިޕޯޓްތައް ބުނާގޮތުން ޗެލްސީއާ ގުޅުމަށް ހިގުއައިން މިއަދުގެ ވަގުތެއްގައި މެޑިކަލް ޓެސްޓްތައް ހަދަން ލަންޑަނަށް ދާނެ އެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް ޗެލްސީ މިރޭ ރާއްޖެ ގަޑިން 10:30 ގައި ކުޅޭ މެޗުގައި ނުކުންނާނީ ފަސް ވަނައިގައި އޮތް އާސެނަލާ ދެކޮޅަށެވެ.