09 ފެބުރުއަރީ 2019
ލަންޑަން (ފެބްރުއަރީ 9) - އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރާ ރޭހުގައި ޗެލްސީ ނެތް ކަމަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ލަންޑަން (ފެބްރުއަރީ 9) - އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރާ ރޭހުގައި ޗެލްސީ ނެތް ކަމަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ސާރީ މިހެން ބުނެފައިވަނީ މާދަމާ އެ ޓީމާ ދެކޮޅަށް ކުޅޭ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ލީގުގެ ރޭހުގައި ޗެލްސީ، ޓޮޓެންހަމް އަދި މެންޗެސްޓާ ޔުނައިޓެޑް ވެސް އެބައޮތް ކަމަށް ބުނެފައިވާތީ އޭގެ ރައްދެއްގެ ގޮތުންނެވެ.
"އަހަރެން ދެކޭ ގޮތުގައި އަހަރެމެން ހަމައެކަނި މި އޮތީ ގަދަ ހަތަރެއްގެ ރޭހުގައި. އެ އަށް ވުރެ އިތުރު ކަމެއް ނެތް. އަހަރެމެންނަށް ކޮންމެވެސް ކާމިޔާބެއް (އެހެން މުބާރާތްތަކުގައި) ހޯދޭނެ. ޕްރިމިއާ ލީގުގެ ރޭހުގައި އޮތީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް. މި ވަގުތަށް ބަލާއިރު މެންޗެސްޓާ ސިޓީ އަކީ ޔޫރަޕްގެ އެންމެ މޮޅު ޓީމު،" ކުރިން ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީ ބުންޏެވެ.
މި ފަހަރު ލީގުގައި ސިޓީ ފުރަތަމަ ބަލިކުރި ޓީމަކީ ޗެލްސީ އެވެ. ޗެލްސީ ދަނޑުގައި ކުޅުނު މެޗުން 2-0 އިން ސިޓީ ބަލިވިއިރު، އެ މެޗުގައި ޗެލްސީ އަށް ނަސީބުގެ އެހީތެރިކަން ލިބުނު ކަމަށް ސާރީ ވަނީ ބުނެފަ އެވެ.
"އެ މެޗުގައި އަހަރެމެންގެ ޕްލޭނާ އެއްގޮތަށް ގިނަ ކަންތައްތައް ދިޔައީ. ހަަމައެކަނި ޕްލޭން ކާމިޔާބުވީއެއް ނޫން. ނަސީބު ވެސް އަހަރެމެންނަށް އެހީވި،" ސާރީ ބުންޏެވެ.
ޗެލްސީގެ ތަރި އެޑެން ހަޒާޑް މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާއިރު، ސާރީ ވަނީ އެކަމާ ބެހޭގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.
"ހަޒާޑާ އަހަރެން ކޮންމެ ދުވަހަކު ވާހަކަ ދައްކަން. އެއީ މެޗުތަކުގައި އޭނާ ބޭނުންކުރާނެ ގޮތާ މެދު. އަހަރެން ވަރަށް އުފާވާނެ އޭނަ ޗެލްސީގައި މަޑުކުރަން ނިންމައިފިނަމަ. އެއީ އަހަރެންގެ ނަޒަރުގައި އޭނާ އަކީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާތީ،" ސާރީ ބުންޏެވެ.
"މީގައި ގޮތެއް ނިންމާނީ ހަޒާޑް. އޭނާ އެ ހުރީ ކެރިއަރުގެ އެންމެ މުހިއްމު ހިސާބުގައި. މީގެ އެންމެ ބަލަންޖެހޭ ކަމަކީ އޭނަގެ ހިތްހަމަޖެހުން އޮތީ ކޮން ޓީމަކާ އެކުތޯ."
ސިޓީ މެޗަކީ ސީޒަނުގައި ޗެލްސީން ކުރިއަށް ދާއިރު މުޅި ޓީމުގެ ކޮންފިޑެންސް އިތުރުކުރަން ވަރަށް މުހިއްމު މެޗެއްކަމަށް ސާރީ ވަނީ ބުނެފަ އެވެ. މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.
ޔުނައިޓެޑް ބަލިކުރަން ޗެލްސީ އަށް އެނގޭނެ: ސާރީ
މެޗުތައް ރޭވިފައި ހުރިގޮތުން ސާރީ ރުޅިގަދަވެއްޖެ
ސަޕޯޓަރުންނަށް ސަމާލުކަމެއް ނުދެން: ސާރީ
ޗެލްސީން ސާރީ އަށް އިތުބާރުކުރަން ޖެހޭ: ގާޑިއޯލާ
ހިގުއައިންގެ ވާހަކަ ދައްކަން ސާރީ ބޭނުމެއްނުވި
ސިޓީ މެޗަކީ ޗެލްސީ އަށް އިމްތިހާނެއް: ސާރީ
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ފުރަތަމަ ހާފުގައި ހަތަރު ގޯލު: ޕާމާ އަށް ރެކޯޑެއް