07 އެޕްރީލް 2019
އިންޑިއާ ފުޓްބޯޅައިގެ ވިސްނުން މިހާރު ހުރީ ރަނގަޅު މިސްރާބުގައި ކަމަށާއި އެ ޓީމުން ދެން އަމާޒުހިފަންވީ 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކަމަށް އިއްޔެ އޭއެެފްސީ އިންތިހާބުގައި ފީފާ ކައުންސިލް މެމްބަރުކަމަށް އިންތިހާބުވި އޯލްއިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސް ޕްރަފުލް ޕަޓޭލް ވިދާޅުވެއްޖެ އެވެ.
އިންޑިއާ ފުޓްބޯޅައިގެ ވިސްނުން މިހާރު ހުރީ ރަނގަޅު މިސްރާބުގައި ކަމަށާއި އެ ޓީމުން ދެން އަމާޒުހިފަންވީ 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކަމަށް އިއްޔެ އޭއެެފްސީ އިންތިހާބުގައި ފީފާ ކައުންސިލް މެމްބަރުކަމަށް އިންތިހާބުވި އޯލްއިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސް ޕްރަފުލް ޕަޓޭލް ވިދާޅުވެއްޖެ އެވެ.
އަށް އަހަރަށް ފަހު މި އަހަރު އޮތް އޭޝިއަން ކަޕްގައި ވާދަކުރި އިންޑިއާ އިން އަންނަނީ އެ ގައުމުގެ ފުޓްބޯޅަ ލީގު ވަރުގަދަ ބްރޭންޑަކަށް ހެދުމަށް މަސައްކަތްކުރަމުންނެވެ. އަދި ދާދި ފަހުން އެ ގައުމުގައި ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕާ އެކު ވެސް ގިނަ ކަންތައްތަކެއް ވަނީ ބަދަލުވެފަ އެވެ.
ޕްރަފުލް ވިދާޅުވީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގައި އިންޑިއާގެ ބައިވެރިވުން އޮތުމަކީ ހަގީގަތުގައި އެ ގައުމުގެ ފުޓްބޯޅަ އަނެއް ހަރުފަތަށް ދާނެ ކަމުގެ ޔަގީންކަމެއް ކަަމަށެވެ.
"އަހަރެންގެ އަމިއްލަ ނަފްސު ގަބޫލުކުރަނީ އޭޝިއާގެ އެހެން ގައުމުތަކާއި އިންޑިއާއާ އެކުވެގެން މި ބައްރުގެ ފުޓްބޯޅަ އަނެއް ހަރުފަތަށް ގެންދެވޭނެއޭ. އަހަރެން ދެކެނީ އިންޑިއާ އެކޭ އެއް ގޮތަށް ކުރިއަށް އޮތް ތަނުގައި އޭއެފްސީ އާއި ފީފާގައި ޗައިނާގެ ބައިވެރިވުން ބޮޑުވުން،" 2012 ވަަނަ އަހަރުން ފެށިގެން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްކަން ކުރައްވަމުން އަންނަ ޕްރަފުލް ވިދާޅުވި އެވެ.
"އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ ހިތްވަރެއް ކޮށްގެން ވެސް މަސައްކަތްކުރަންވީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިންޑިއާ ކޮލިފައިކޮށްދޭން."
އޭއައިއެފްއެފްގެ ރައީސް ޕްރަފުލް (ކ) އާއި ފީފާގެ ރައީސް އިންފަންޓީނޯ. -- ފޮޓޯ؛އޭއެފްޕީ
ފީފާ އިން އަންނަނީ ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ އަދަދު 48 އަށް އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. ޕްރަފުލް ވިދާޅުވީ މިއީ އޭޝިއާ އިން ވޯލްޑް ކަޕްގައި ތަފާތު ދައްކަން ލިބޭނެ އިތުރު ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ.
އޭއެފްސީގެ ރައީސްގެ މަގާމް މިހާރު ވެސް އެ މަގާމް ފުރުއްވަމުން އަންނަ ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ އަށް ވަނީ އިންތިހާބުގެ ކުރިން ކަށަވަރުވެފަ އެވެ. އެއީ ވާދަކުރައްވާނެ އިތުރު ކެންޑިޑޭޓެއް ނެތުމުންނެވެ. އެ މަގާމަށް ދެން ކުރިމަތިލެއްވި މިހާރު ނައިބު ރައީސް ގަތަރުގެ ސައުދު އަޒީޒް އާއި އެގްޒެކްޓިވް މެމްބަރަކަށް ހުންނެވި ޔޫއޭއީގެ މުހައްމަދު ހަލްފާން އަލް ރުމައިތީ ވަނީ ނަން އަނބުރާ ގެންދަވައިފަ އެވެ.
އިންޑިއާ އިން އަންނަނީ އެ ގައުމުގެ ފިރިހެން ސީނިއާ ފުޓްބޯޅަ ޓީމަށް ކޯޗަކު ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އިންޑިއާގެ ކުރީގެ ކޯޗު ސްޓެފަން ކޮންސްޓަންޓައިން ވަނީ އެންމެ ފަހުން އޮތް އޭޝިއަން ކަޕަށް ފަހު މަގާމުން ދުރުވެފަ އެވެ. އިންޑިއާގެ ކޯޗު ކަމަށް މަޝްހޫރު ގިނަ ކޯޗުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އިންގްލެންޑް ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ ސްވެން ގޯރަން އެރިކްސަން އާއި ސޭމް އެލަޑައިސް ހިމެނެ އެވެ.
އިންޑިއާގެ ފުޓްބޯޅަ ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު
ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި
މި ބުރަތައް ނޯމަލައިޒޭޝަން ކޮމިޓީއަށް އުފުލިދާނެ ބާ؟
އެފްއޭއެމް ނޯމަލައިޒް ކުރަން ފީފާއިން ނިންމައިފި
އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފާ ސަރުކާރުން ހޯދަނީ
ފީފާ އިން ގޮތެއް ނުނިންމާ، ހާލަތު ބަލަނީ
އެފްއޭއެމް ވާނުވާގައި: އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތަ؟