Roadha Mihaaru
އިންޑިއާގެ ފުޓްބޯޅަ ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު

ސެޕްޓެމްބަރުގައި އިންތިހާބު ނުބާއްވައިފިނަމަ އިންޑިއާގެ ފުޓްބޯޅަ ސަސްޕެންޑް ކުރާނެ

24 ޖޫން 2022

ނިއު ދެއްލީ (ޖޫން 24) ސެޕްޓެމްބަރު 15 ގެ ކުރިން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ނުބާއްވައި ފިނަމަ، ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ފީފާ އާއި އޭއެފްސީން ދީފި އެވެ.

ނިއު ދެއްލީ (ޖޫން 24) ސެޕްޓެމްބަރު 15 ގެ ކުރިން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ނުބާއްވައި ފިނަމަ، ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ފީފާ އާއި އޭއެފްސީން ދީފި އެވެ.

މިދިޔަ މަހު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ، އޭރު އެފްއޭއެގެ ރައީސް ކަމުގައި ހުންނެވި ޕްރަފުލް ޕަޓޭލް އާއި އޭނާގެ އެކްސްކޯގެ ބާރު ކަނޑުވާލައި، އެފްއޭއެ ހިންގުމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ. ތިން މެންބަރުން ހިމެނޭ ކޮމިޓީގައި އިސްކޮށް މަސައްކަތް ކުރައްވާނީ، ކުރީގެ ފަނޑިޔާރެއް ކަމަށްވާ އަނިލް ރަމޭސް ދޭވް އެވެ. އަނެއް ދެ މެންބަރުގެ ތެރޭގައި ހިމެނެނީ އެ ގައުމުގެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ޝާހާބުއްދީން ޔައުގޫބް ގުރައިޝީ އާއި އިންޑިއާގެ ކުރީގެ ކެޕްޓަން ބާޝްކާރު ގަންގްލީ އެވެ.

އެ ތިން މެންބަރުގެ ކޮމިޓީން ބެލުމުގެ ދަށުން ދަނީ އިންޑިއާގެ އެފްއޭގެ އަސާސީ ގަވާއިދުގެ ޑްރާފްޓް ވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އޭއެފްސީ އާއި ފީފާގެ މެންދޫބުން އިންޑިއާ އަށް ކުރި ތިން ދުވަހުގެ ދަތުރަށް ފަހު ވަނީ ކަންކަން ފުރިހަމަ ކުރުމަށް ދެ މުހުލަތެއް ދީފަ އެވެ. އެ އެގޮތުން އަސާސީ ގަވާއިދަށް ގެންނަ ބަދަލުތައް ޖުލައި 30 ގެ ކުރިން ފާސްކޮށް ނިންމަން ޖެހެ އެވެ.

އޭގެ ފަހުން އިންތިހާބަށް ހުޅުވާލައި ސެޓްޓެމްބަރު މަހު 15 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. މި ދެ ތާރީހް ފަހަނައަޅަ ގޮސް ފިނަމަ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އިންޑިއާ ސަސްޕެންޑް ވާނެ އެވެ. މިއަހަރު އިންޑިއާގައި 17 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ ސަސްޕެންޑް ވެއްޖެނަމަ، އެ މުބާރާތް ހޯސްޓް ކުރަން އެހެން ގައުމަކަށް ފުރުސަތު ދޭނެ އެވެ.

ކުރިން އިންޑިއާގެ ސްޓޭޓް އެސޯސިއޭޝަންތަކުން ވަނީ އަސާސީ ގަވާއިދު ފާސްކޮށް އިންތިހާބު ބޭއްވުމަށް 50 ދުވަހުގެ ބަދަލުގައި 30 ދުވަސް ކަނޑައަޅައިފަ އެވެ.

އޭއެފްސީގެ ޖެނަރަލް ސެކެރެޓަރީ ވިންސޯ ޖޯން ލީޑް ކުރި ފީފާއި އޭއެފްސީގެ ޓީމުން ވަނީ އެފްއޭ އާ ގުޅުހުން ހުރި ހުރިހާ ފަރާތްތަކާ މަޝްވަރާ ކޮށްފަ އެވެ. އޭޣެ ތެރޭގައި ޕްރަފުލް ވެސް ހިމެނެ އެވެ. އޭނާ އަކީ އަދި ވެސް ފީފާގެ ކައުންސިލް މެންބަރެކެވެ. އަދި އިންޑިއާގެ ސްޕޯޓްސް މިނިސްޓަރު އަނޫރާގް ތާކުރް އާ ވެސް ބައްދަލު ކުރި އެވެ.