Roadha Mihaaru
ޓްރަމްޕުގެ ބޯޑަރު ފާރާ 20 ސްޓޭޓުން ދެކޮޅު ހަދައިފި

ޓްރަމްޕުގެ ބޯޑަރު ފާރު ހުއްޓުވަން 20 ސްޓޭޓުން ނުކުމެއްޖެ

06 އެޕްރީލް 2019

ނިއު ޔޯކް (އެޕްރީލް 6) - މެކްސިކޯ ބޯޑަރުގައި ރާނާ ފާރަށް ފައިސާ ހޯއްދަވަން ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ މެތަޑް ހުއްޓުވަން 20 ސްޓޭޓަޓަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށް ނިއު ޔޯކުގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (އެޕްރީލް 6) - މެކްސިކޯ ބޯޑަރުގައި ރާނާ ފާރަށް ފައިސާ ހޯއްދަވަން ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ މެތަޑް ހުއްޓުވަން 20 ސްޓޭޓަޓަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށް ނިއު ޔޯކުގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

"މިއީ ބޭނުމެއް ނެތް ފާރެއް. އެއީ އެމެރިކާގެ ރައްޔިތުންގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކުރަން ކުރަން އުޅޭ ކަމެއް،" ނިއު ޔޯކުގެ އެޓާނީ ޖެނެރަލް ލެޓިޓިއާ ޖޭމްސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އެމެރިކާގެ ދެކުނުގެ ސަރަހައްދުގައި މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ ރިޔާސީ ވައުދެކެވެ. އިންތިޚާބުގައި ވޯޓުލާން ރައްޔިތުން ނުކުތުމަށް ދޮޅު އަހަރަށްވެފައިވާ އިރު ފާރު ރާނަން ބޭނުންވާ ފައިސާ ހޯއްދަވަން ކޮންމެ ގޮތަކުން ނަމަވެސް ޓްރަމްޕް ބޭނުންވެ އެވެ. ކޮންގްރެސް އިން އެކަމަށް އެންމެ ބޮޑަށް ހުރަސް އަޅަނީ އިދިކޮޅު ޑިމޮކްރެޓުންނެވެ.

ބޯޑަރުގައި ރާނާ ފާރަަށް ފައިސާ ހޯދުމަށް ރައީސް ޓްރަމްޕް ވަނީ އިމަޖެންސީ އިއުލާން ކުރައްވައިފަ އެވެ. ޓްރަމްޕުގެ އިމަޖެންސީ ހުއްޓުވަން ކޮންގްރެސް އިން ފާސްކޮށްފައި ވަނިކޮށް ޓްރަމްޕް ވަނީ އެ ނިންމުން ވީޓޯކޮށްފަ އެވެ.

ބޯޑަރުގައި ފާރު ރޭނުން ހުއްޓުވުމަށް މީގެ ކުރިން ވެސް ވަނީ 16 ސްޓޭޓަކުން ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ. ބޯޑަރުގައި 2،000 މޭލު (3،200 ކިލޯ މީޓަރު) ގެ ފާރު ރޭނުމަށް 23 ބިލިއަން ޑޮލަރު ބޭނުންވެ އެވެ.