11 އޯގަސްޓް 2024
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރަގް ކާޓެލް ކަމަށްވާ، މެކްސިކޯގެ ސިނަލޮއާ ކާޓެލްގެ އެއް ވެރިޔާ އެމެރިކާގެ އަތްދަށުވި ގޮތް އޭނާގެ ގާނޫނީ ވަކީލް މެދުވެރިކޮށް އެންމެ ފަހުން ކިޔައިދީފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރަގް ކާޓެލް ކަމަށްވާ، މެކްސިކޯގެ ސިނަލޮއާ ކާޓެލްގެ އެއް ވެރިޔާ އެމެރިކާގެ އަތްދަށުވި ގޮތް އޭނާގެ ގާނޫނީ ވަކީލް މެދުވެރިކޮށް އެންމެ ފަހުން ކިޔައިދީފި އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު، އުމުރުން 76 އަހަރުގެ އިސްމައިލް ޒަމްބާޑާ (އެލް މާޔޯ) އެމެރިކާއިން ހައްޔަރުކުރީ މެކްސިކޯ އިން ޖެޓެއްގައި ގޮސް އެމެރިކާގެ ރަންވޭއަކަށް ޖެއްސުމާ އެކުގަ އެވެ. އޭނާއާ އެކު، އެ ކާޓެލްގެ މިހާރު އެމެރިކާއިން ހައްޔަރުކޮށް އުމުރަށް ޖަލަށް ލާފައިވާ އަނެއް ވެރިޔާ ޔޯކިން ގުޒްމަން (އެލް ޗަޕޯ) ގެ ފިރިހެން ދަރި ޔޯކިން ގުޒްމަން ލޮޕޭޒް ވެސް ހައްޔަރުކުރި އެވެ.
ގުޒްމަން ލޮޕޭޒް ޖެޓުން ފައިބައި އަމިއްލައަށް އަމާން ދިން ނަމަވެސް އެލް މާޔޯ ހައްޔަރުކުރީ އޭނާގެ ނުރުހުމުގަ އެވެ.
މިއީ އެމެރިކާގެ އެޖެންޓުން އަޑީގައި ތިބެގެން ހިންގި އޮޕަރޭޝަނެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް އެމެރިކާ އާއި މެކްސިކޯ ސަރުކާރުން ވެސް ބުނެފައިވަނީ މިކަމާ އެމެރިކާއާ ގުޅުމެއް ނެތް ކަމަށެވެ.
އެލް މާޔޯ އަތުލައިގަނެވުނު ގޮތާ މެދު އުފެދިފައިވާ ސުވާލުތައް ސާފުކޮށްދިނުމުގެ ގޮތުން ކަމަށް ބުނެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެލް މާޔޯ އަތުލައިގަނެ ގަދަކަމުން ޖެޓަކަށް އަރުވައިގެން ގެންދިޔައީ ގުޒްމަން ލޮޕޭޒްގެ ދައުވަތަކަށް އޭނާގެ ގެޔަކަށް ގެންގޮސް ކަމަށެވެ.
އެލް މާޔޯ އެ ދައުވަތަށް ދިޔައިރު، އެތައް ބަޔަކު އެތަނުގައި ތިބި ކަމަށާއި "ކުޑައިރުން ފެށިގެން ވެސް ދަންނަ ގުޒްމަން ލޮޕޭޒް ފެނުމާ އެކު އޭނާއާ އެކު އައުމަށް އިޝާރާތްކުރި" ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"އެތަނުގައި ތިބި މީހުންނަށް ވެސް ކުރި އިތުބާރާ އެކު އެލް މާޔޯ އޭނާއާ އެކު ދިޔައީ ދެކޮޅުވެރިކަމެއް ނެތި."
"އަހަރެން ގެންގޮސް ވެއްދީ އެހެން ކޮޓަރިއަކަށް. އެއީ އަނދިރިކޮށް އޮތް ތަނެއް. ކޮޓަރިއަށް ވަދެވުމާ އެކު ކުއްލިއަކަށް ހަމަލާދީފި،" އެލް މާޔޯއާ ހަވާލާދީ ބުނެފައިވެ އެވެ.
"ގްރޫޕަކުން އަހަންނަށް ހަމަލާދީ ބިންމައްޗަށް ވައްޓާލުމަށް ފަހު އެއްވެސް ތަނެއް ނުފެންނަ ގޮތަށް އަހަރެންގެ ބޮލަށް އެއްޗެއް ފެއްތުމަށް ފަހު ބިޑި އެޅުވި. ދެން ގަދަކަމުން ޕިކަޕަކަށް އަރުވަގެން ގެންދިޔައީ،" ކަން ހިންގި ކަމަށް ބުނާ ގޮތް ތަފްސީލްކޮށްދެމުން ބުނެފައިވެ އެވެ.
މިކަމުގެ ތެރޭގައި އުނަގަނޑާއި ބުރަކައްޓަށް އަނިޔާތައް ވެފައިވާ ކަމަށާއި މަތިންދާބޯޓަކަށް ވެސް އެރުވީ ގަދަކަމުން ކަމަށް އޭނާ ބުނެފައިވެ އެވެ.
އެލް މާޔޯ ބުނެފައިވާ ގޮތުގައި އޭނާ އެރުވީ ޕްރައިވެޓް ޖެޓަކަށެވެ. އޭގައި އިނީ ގުޒްމަން ލޮޕޭޒް ކަމަށާއި ބޮލަށް މަހާފައިވާ އުރަ ނެގީ ވެސް އޭނާ ކަމަށް އެލް މާޔޯ ބުންޏެވެ. ޖެޓުގައި އެލް މާޔޯގެ އިތުރުން ދެން ތިބީ ގުޒްމަން ލޮޕޭޒް އާއި ޕައިލެޓް އެކަނި ކަމަށް ވެސް ބުންޏެވެ. ދަތުރު ފެށީ ޖެޓް ސީޓާ އެއްކޮށް އެލް މާޔޯގެ ޒިޕް ޓައި އަޅުވައި ބަނދެފައި ކަމަށާއި އެތަނުން ދަތުރު ފެށި ގޮތަށް ގޮސް ޖެއްސީ އެމެރިކާގެ ޓެކްސަސްގެ އެލް ޕާސޯގައި ކަމަށް ބުންޏެވެ.
އެމެރިކާއިން ކުރިން ބުނެފައިވާ ގޮތުގައި ގުޒްމަން ލޮޕޭޒްގެ ބައްޕަ އެމެރިކާގައި ޖަލަށްލި ފަހުން، އޭނާ އެމެރިކާއަށް އަމާންދިނުމަށް އެތައް ފަހަރަކު މަސައްކަތްކޮށްފައިވާ ކަމުގެ މައުލޫމާތު އެމެރިކާއަށް އެކި ފަހަރު ލިބިފައިވެ އެވެ. އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) އިން މެއި މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެލް ޗަޕޯގެ ދަރިންނާއި އެލް މާޔޯއާ ދެމެދު ބޮޑެތި މައްސަލަތަކެއް ވަނީ ޖެހިފަ އެވެ.
އެމެރިކާއިން ކުރިން ވަނީ އެލް މާޔޯ ހައްޔަރުކުރެވޭ ފަދަ މައުލޫމާތެއް ދޭ މީހަކަށް 15 މިލިއަން ޑޮލަރު ވެސް ހުށަހަޅައިފަ އެވެ.
އެލް ޗަޕޯގެ މައްޗަށް ހިންގި ކޯޓު އަޑުއެހުންތަކުގައި އޭނާގެ ވަކީލް ކުރިން ބުނެފައިވާ ގޮތުގައި ކާޓެލް ހިންގަނީ އެލް މާޔޯ އެވެ. އޭނާ އުޅެނީ މެކްސިކޯގެ ފުލުހުންނާއި މުޅި ސަރުކާރަށް ރިޝްވަތު ދީގެން ކަމަށާއި އޭނާއަށް އެހާ ބާރު ގަދަކޮށް މިނިވަންކޮށް އުޅެވެނީ އެހެންވެ ކަމަށް ވަކީލް ބުނެފައިވެ އެވެ. -- އޭއެފްޕީ
ޑްރަގް ލޯޑު ހައްޔަރުކުރީ ރޭވުމަކުން ނޫން: އެމެރިކާ
އެންމެ ވަރުގަދަ ޑްރަގް ކާޓެލްގެ ވެރިން އަތުލައިގެންފި
ވަގަށް ނެގި 4 މީހުންގެ ތެރެއިން 2 މީހުން މަރާލައިފި
އެމެރިކާ، މެކްސިކޯ، ކެނެޑާގެ ރައީސުން ބައްދަލުކުރަނީ
20 މަހަށް ފަހު އެމެރިކާގެ ބޯޑަރުތައް ހުޅުވައިލަނީ
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް
މޭގަންގެ "އާއިލީ ވާހަކަ" ބައްޕަގެ ޑޮކިއުމަންޓަރީއަކުން
ޓްރަމްޕުގެ ބޯޑަރު ފާރާ 20 ސްޓޭޓުން ދެކޮޅު ހަދައިފި
މެކްސިކޯ ބޯޑަރުގެ ފާރަށް އެއް ބިލިއަން ޑޮލަރު ދެނީ
ނޯތު އެމެރިކާގެ ފްރީ ޓްރޭޑް އެގްރީމެންޓް އާކޮށްފި