08 މާޗް 2023
މެކްސިކޯ އަށް ގޮސް އުޅެނިކޮށް، ހަތިޔާރުން ބިރު ދައްކައިގެން މިދިޔަ ހަފުތާގައި ވަގަށް ނެގި، އެމެރިކާގެ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު މަރާލާފައި ވަނިކޮށް ހޯދައި އަނެއް ދެ މީހުން ސަލާމަތް ކޮށްގެން އަނބުރާ އެމެރިކާ އަށް އިއްޔެ ގެންގޮސްފި އެވެ.
މެކްސިކޯ އަށް ގޮސް އުޅެނިކޮށް، ހަތިޔާރުން ބިރު ދައްކައިގެން މިދިޔަ ހަފުތާގައި ވަގަށް ނެގި، އެމެރިކާގެ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު މަރާލާފައި ވަނިކޮށް ހޯދައި އަނެއް ދެ މީހުން ސަލާމަތް ކޮށްގެން އަނބުރާ އެމެރިކާ އަށް އިއްޔެ ގެންގޮސްފި އެވެ.
އެމެރިކާ އާއި މެކްސިކޯ ސަރުކާރުން ބުނި ގޮތުގައި އެމެރިކާގެ ހަތަރު މީހަކު މެކްސިކޯ އަށް ގޮސް އުޅެނިކޮށް ވަގަށް ނެގީ މި މަހުގެ 3 ވަނަ ދުވަހު (މިދިޔަ ހުކުރު ދުވަހު) އެވެ. މެކްސިކޯގެ ހަތިޔާރު އެޅި ގޭންގެއްގެ ބަޔަކު، އެ ހަތަރު މީހުންނަށް ހަތިޔާރުން ބިރު ދައްކައިގެން ވަގަށް ނެގީ، އެމެރިކާގެ ޓެކްސަސް އާ އިންވެގެން އޮންނަ މެކްސިކޯގެ ޓަމައުލިޕަސް ސްޓޭޓްގެ މަޓަމޮރޯސް ސަހަރުގެ ތެރޭގައި ވޭނެއްގައި ދަތުރު ކުރަނިކޮށެވެ.
އެ ހަތަރު މީހުންގެ އާއިލާ އިން ބުނާ ގޮތުގައި އެ މީހުން އެއްގަމު މަގުން މެކްސިކޯ އަށް ދިޔައީ، އޭގެ ތެރެއިން އެކަކުގެ ބަނޑުގައި ހުރި ލޮކިމަސްތަކާއި ސަރުބީތައް ނެގުމަށްޓަކައި ކުރާ އޮޕަރޭޝަނެއް ކުރުމަށެވެ. އެ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު މަރާލާފައިވާ އިރު، ދިރި ތިއްބައި ސަލާމަތް ކުރެވުނު ދެ މީހުންގެ ތެރެއިން އެކަކު އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށް އާއިލާ އިން ބުންޏެވެ.
The FBI is offering a $50,000 reward for the safe return of four U.S. citizens who were kidnapped at gunpoint in Matamoros, Mexico on Friday. The area is now under a State Department “Level 4: Do Not Travel” advisory. https://t.co/Qpd6Of7KAx pic.twitter.com/92soW1B1wD
— CBS Evening News (@CBSEveningNews) March 7, 2023
އެމެރިކާގެ ތަހުގީގުތަކާ ބެހޭ މަރުކަޒީ އިދާރާ، އެފްބީއައި އިން ބުނި ގޮތުގައި ސަލާމަތުން އެމެރިކާ އަށް ގެނައި ދެ މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ އިދާރާ އިން ބުނި ގޮތުގައި ހަތަރު މީހުން ހުދު ކުލައިގެ ވޭނެއްގައި ދަތުރުކުރަމުން ދަނިކޮށް، ހަތިޔާރު އެޅި ގޭންގުގެ މެމްބަރުންތަކެއް އެ ވޭނަށް ބަޑި ޖަހައި ވޭން ހުއްޓުވީ އެވެ.
ސީސީޓީވީ ކެމެރާގެ މަންޒަރުން ފެންނަ ގޮތުގައި އެމީހުން ދަތުރު ކުރި ވޭން ހުއްޓުވުމަށް ފަހު އެމީހުން ވޭނުން ބާލައި، ގޭންގު މެންބަރުންގެ ޕިކަޕަކަށް އަރުވައިގެން ސިއްރު ތަނަކަށް ގެންދިޔައީ އެވެ. އެކަކު ބަހަށް އެރުވީ ވާގަނޑަކުން ދެއަތް ބަނދެފަ އެވެ. އަދި އަނެއް ތިން މީހުން ހޭނެތިފައި ތިބުމުން ޕިކަޕަށް އެރުވީ އުފުލާލައިގެންނެވެ.
އެ މީހުން ދަތުރު ކުރަމުން ދިޔަ ވޭން ހުއްޓުވުމަށް އެއަށް ބަޑި ޖެހުމުގެ ތެރޭގައި، އެ ސަރަހައްދުގައި ހުރި މެކްސިކޯގެ 33 އަހަރުގެ އަންހެނަކު ވެސް ވަނީ ވަޒަން އަރައިގެން މަރުވެފަ އެވެ.
މެކްސިކޯ ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިދިޔަ ހުކުރު ދުވަހު ވަގަށް ނެގި ހަތަރު މީހުން އިއްޔެ ފެނުނީ، މަޓަމޮރޯސް ސަހަރުގެ ރަށްބޭރުގައި މީހުން ނުއުޅޭ ހިސާބުގައި ހުރި ލަކުޑި ޖިފުޓިގަނޑެއްގެ ތެރެއަށް ލައި ބޭރުން ތަޅުލާފައި ތިއްބަ އެވެ. އެމީހުން އެ ޖިފުޓި އަށް ގެންދިއުމުގެ ކުރިން، ހަތިޔާރު އެޅި ގޭންގުގެ މީހުން ވަނީ، އެމީހުން ގޮވައިގެން މިދިޔަ ފަސް ދުވަހުގެ ތެރޭގައި މެކްސިކޯގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފުލުހުންނަށް އޮޅުވައިލަން މަސައްކަތް ކޮށްފަ އެވެ.
އެމެރިކާގެ ހަތަރު މީހުން ވަގަށް ނެގީ މެކްސިކޯގެ ކޮން ގޭންގަކުން ކަން މިހާތަނަށް ޔަގީން ނުވިޔަސް، މެކްސިކޯގެ ތަހުގީގީ އިދާރާތަކުން ލަފާކުރާ ގޮތުގައި، މި ޖަރީމާގެ ފަހަތުގައި ވަނީ، ގަލްފް ކާޓެލް ކިޔާ، މެކްސިކޯގެ އެންމެ ދުވަސްވީ ގޭންގެވެ. ތަހުގީގީ އިދާރާތަކުން ބުނި ގޮތުގައި އެ ހަތަރު މީހުން ވަގަށް ނަގަން މެދުވެރި ސަބަބެއް މިހާތަނަށް މުޅިން ސާފު ނުވިޔަސް އެކަން ވެދާނެ ތިން ގޮތެއް އެބަ އޮތެވެ.
ފުލުހުން ބުނި ގޮތުގައި އޭގެ ތެރެއިން އެއް ގޮތަކީ، ގަސްދުގައި އެމީހުން ހައްޔަރު ކުރުމުގެ ބޭނުމުގައި ހަމަލާ ދީ ވަގަށް ނެގުމެވެ. އަނެއް ގޮތަކީ މަސްތުވާތަކެތި ހިފައިގެން އައި ބައެއް ކަމަށް ބަލައި، އެ ތަކެތި ފޭރިގަތުމުގެ ބޭނުމުގައި ހަމަލާ ދީ ހައްޔަރު ކުރުމެވެ. ތިން ވަނަ ގޮތަކީ، ދެ ގޭންގެއްގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގެ މެދުތެރެއަށް ވަދެވުމުން، ހަމަލާ ދީ ހައްޔަރު ކުރުމެވެ.
ނަމަވެސް، ތަހުގީގު އަދި އޮތީ އެންމެ ފުރަތަމަ މަރުހަލާގައި ކަމަށްވާތީ، އޭގެ ތެރެއިން ވަކި ގޮތެއް ކަނޑައަޅަން ނޭނގޭ ކަމަށް، އެމެރިކާ އާއި މެކްސިކޯގެ ތަހުގީގީ އިދާރާތަކުން ބުނެ އެވެ.
އެ ހަތަރު މީހުން ވަގަށް ނެގުމުގެ ހާދިސާ ހިނގި މަޓަމޮރޯސް ސަހަރަކީ، މެކްސިކޯގެ ސަރަހައްދުތަކުގެ ތެރެއިން އެމެރިކާ ރައްޔިތުން ޒިޔާރަތް ނުކުރުމަށް އެމެރިކާ ސަރުކާރުން އިރުޝާދު ދީފައިވާ ހަ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެއް ސަރަހައްދެވެ. މަޓަމޮރޯސް ސަހަރުގައި ސަރުކާރުގެ ފުލުހުންނަށް ވުރެ ގޭންގުތައް ބާރު ގަދަވުމުން، މީހުން ވަގަށް ނެގުމާއި މީހުން މެރުމުގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރި އާއި މީހުން ޓްރެފިކް ކުރުމުގެ ކުށްތައް ހައްދުފަހަނައަޅާފައިވާތީ، އެމެރިކާ ރައްޔިތުންނަށް އެ ސަހަރު ރައްކާތެރި ނޫން ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ.
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް
ގާޒާގެ ކުރިމަގާމެދު އެމެރިކާއާ އިޒްރޭލު ހިޔާލު ތަފާތު
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރު އިޒްރޭލަށް
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން