31 އޯގަސްޓް 2016
އިންޑިއާގެ އެންމެ ފަގީރު އެއް ޑިސްޓްރިކްޓް ކަމަށްވާ އޮޑިއްޝާގައި އަނބިމީހާގެ ގަބުރު ގެޔަށް ގެންދަށް ކޮނޑަށް ލައިގެން 10 ކިލޯމީޓަރަށް ހިނގި މީހާ އަށް އެހީވާން ބަހުރެއިންގެ ބޮޑުވަޒީރު ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ ނިންމަވައިފި އެވެ.
އިންޑިއާގެ އެންމެ ފަގީރު އެއް ޑިސްޓްރިކްޓް ކަމަށްވާ އޮޑިއްޝާގައި އަނބިމީހާގެ ގަބުރު ގެޔަށް ގެންދަށް ކޮނޑަށް ލައިގެން 10 ކިލޯމީޓަރަށް ހިނގި މީހާ އަށް އެހީވާން ބަހުރެއިންގެ ބޮޑުވަޒީރު ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ ނިންމަވައިފި އެވެ.
ގަލްފް ނިއުސް އިން އާދިއްތަ ދުވަހު ބުނެފައިވާ ގޮތުގައި، ފަގީރު އާއިލާގެ ޚަބަރު ބަހުރައިންގެ ބޮޑުވަޒީރަށް މިލިބިވަޑައިގަތުމާ އެކު އެ އާއިލާއަށް އެހީ ދެއްވަން ނިންމަވައި، ބަހުރައިންގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށް ފައިސާ ފޮނުވޭނެ ގޮތެއް ހޯއްދެވި އެވެ. ނަމަވެސް ބޮޑުވަޒީރު ދެއްވާ އެހީގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ދާނާ މާޖީ އޭނާގެ އަނބިމީހާގ ކެއްސުން ބަލީގައި މަރުވުމުން ހަށިގަނޑު ކޮނޑަށް ލައިގެން، އޭނާގެ އަވަށާ 60 ކިލޯމީޓަރު ދުރުގައި ހުންނަ ހޮސްޕިޓަލުން ފެށިގެން ހިނގަމުން ދަނިކޮށް ބަޔަކަށް ފެނުނީ މިދިޔަ ބުދަ ދުވަހު އެވެ.
އަނބިމީހާގެ ހަށިގަނޑު އަވަށަށް ގެންދަން ހޮސްޕިޓަލުގެ މުވައްޒަފުންގެ އެހީއަށް އެދުމުން އެކަން ނުކޮށްދިން ކަމަށާއި ވެހިކަލެއް ކުއްޔަށް ހިފޭ ވަރަށް ފައިސާ ވެސް ނެތް ކަމަށް މާޖީ ބުނެފައިވެ އެވެ. އެހެންވެ ހަށިގަނޑު ބެޑްޝީޓަކަށްލައި އޮޅާލައިގެން އަންހެންދަރިފުޅު ވެސް ގޮވައިގެން ރޮމުން ހިނގަން ފެށީ އެވެ. ނަމަވެސް އެހީ ނުވި ކަމަށް ބުނާ ވާހަކަ އަށް ހޮސްޕިޓަލުންނާއި އެ ސަރަހައްދުގެ ވެރިން އިންކާރު ކުރެ އެވެ. އެކަމަކު ހޮސްޕިޓަލްގެ ޑިއުޓީގައި ހުރި މީހަކު ވަނީ މި މައްސަލާގައި ސަސްޕެންޑް ކޮށްފަ އެވެ.
ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މާޖީ އަށް އެހީވީ މަގުމަތިން ދިމާވި ނޫސްވެރިންގެ ބައެކެވެ. އަދި އަނބިމީހާގެ ޖަނާޒާގެ ކަންތައް ނުނިމެނީސް، ތަހުގީގަށް ސުވާލުކުރުމަށް މާޖީ ގެންދިޔަ ކަމަށްވެ އެވެ.
ރަހުމަތްތެރިކަން، ބަލިމަޑުކަން، ދެން މަރު
އަނބިމީހާގެ ގަބުރާ އެކު 10 ކިލޯމީޓަރަށް ހިނގައިފި
މަންމޯހަން ސިންގް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
ނައިޖީރިއާގައި ކާނާ ބަހާ ތަނެއްގައި ފިތިގެން 32 މަރު
ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް
ތަބްލާ ކުޅެން މަޝްހޫރު ޒާކިރު ހުސެއިން މަރުވެއްޖެ
"މަރުވި" މީހަކު އަންދާލަނިކޮށް ނޭވާލަން ފަށައިފި
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ 10 ކުދިން މަރުވެއްޖެ
އިންޑިއާގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ