އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ ބޭފުޅެއް ކަމަށްވާ ސިންގް އަވަހާރަވީ ސިއްހީ ހާލުކޮޅު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން ނިއު ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި އެޑްމިޓްކޮށް ފަރުވާ ދެނިކޮށް ރޭގެ ވަގުތެއްގަ އެވެ. އިންޑިއާ ސަރުކާރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިގްތިސާދީ މާހިރެއް ކަމަށްވާ ޑރ. ސިންގް ވަނީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އިންޑިއާގެ 14 ވަނަ ބޮޑުވަޒީރު ކަމަށްވާ ސިންގް ވަނީ ގައުމުގެ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރެއްވުމުގައި އިސްދައުރެއް އަދާކުރައްވައިފަ އެވެ.
މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން، ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި، އެ މަނިކުފާނާއި ދިވެހި ރައްޔިތުން ބައިވެރިވާ ކަމަށެވެ.
އަދި 2011 ވަނަ އަހަރު މަންމޯހަން ސިންގް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާން އާ ކުރައްވައި، ރައީސް މުއިއްޒު ވަނީ އެއީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު ދަތުރުފުޅެއް ކަން ފާހަގަކުރައްވައިފަ އެވެ.
"ކުރިއެރުމާއި ތަރައްގީއަށް ޑރ. ސިންގް ދެއްވި އަހައްމިއްޔަތާއި އެ މަނިކުފާނުގެ 'ލޫކް އީސްޓް ޕޮލިސީ' ހަރުދަނާ ކުރުމަށް ކުރެއްވި މަސައްކަތުން، މުޅި ދެކުނު އޭޝިއާ ސަރަހައްދުގައި ތަރައްގީއާއި ގުޅުންތައް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރި،" ރައީސް ވިދާޅުވި އެވެ.
ޗައިނާއިން ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުމެއް!
ރާއްޖެއަށް ކުރެއްވި ދަތުރަށް ފަހު މޯދީ ފުރާވަޑައިގެންފި
މިނިވަން ދުވަހަށް ހެވިކަމުގެ ކުޅިވަރުތައް ބާއްވައިފި
ރާއްޖެ-އިންޑިއާ 8 އެއްބަސްވުމެއްގައި ސޮއިކޮށްފި
މޯދީއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި
މަރުހަބާ ވިދާޅުވާން ވަޑައިގަތުމުން އުފާކުރަން: މޯދީ
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި
މިނިވަން އުފަލުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް: މޯދީ
ކަންބޮޑުވާ ކަންކަމަށް ވަނީ ހައްލު ގެނެސްފައި: ރައީސް
"ކަޝްމީރުގައި ހިނގި ހާދިސާއާ ގުޅިގެން ހިތާމަކުރަން"