25 މާޗް 2019
ރައްޔިތުންގެ މަޖިލީހަށް ބޭނުން ވަނީ އެއްވެސް ނުފޫޒެއް ނެތި ދާއިރާ އަށް ޚިދުމަތް ކޮށްދެވޭނެ ނަޒާހަތްތެރި މެމްބަރުން ކަމަށާއި ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ކުރިއެރުން ހޯދައި ދެވޭނެ ކެންޑިޑޭޓަކީ އޭނާ ކަމަށް އެ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ބޭނުން ވަނީ އެއްވެސް ނުފޫޒެއް ނެތި ދާއިރާ އަށް ޚިދުމަތް ކޮށްދެވޭނެ ނަޒާހަތްތެރި މެމްބަރުން ކަމަށާއި ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ކުރިއެރުން ހޯދައި ދެވޭނެ ކެންޑިޑޭޓަކީ އޭނާ ކަމަށް އެ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ހެންވޭރު އުތުރު ދާއިރާ ތަމްސީލް ކުރެވޭނީ، މަޖިލީހުގައި ވަކާލާތު ކުރެއްވޭނެ ފަދަ އިލްމީ އަދި ގާބިލް ބޭފުޅަކަށެވެ. އުމުރުން 16 ގައި ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެންނެވި ގޮތަށް މެދުކެނޑުމެއް ނެތި 27 އަހަރު އޭނާ ސަރުކާރުގައި މަސައްކަތް ކުރައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަޒީފާ އަދާކުރަން ފެށީ ބޮއިލަރު ސޫޓެއް ލައިގެން، ރައްޔިތުންގެ މަޖިލީހުގެ އިމާރާތް މިހާރު ހުރި ތަނުގައި ގުދަނެއްގެ ތެރޭގައި ކަނދުފަތި ބޮއި އަޅަން. އެ މަސައްކަތް އަޅުގަނޑު ނިންމާލީ ވަޒީރަކާ ހިސާބުން. އެހެންވީމާ ހުރިހާ ލެވެލެއްގައި މަސައްކަތްކޮށް، އަޅުގަނޑަށް އެބަ އެނގޭ ރައްޔިތުންނަށްޓަކައި ކުރަންވާ ޚިދުމަތްތަކަކީ ކޮބައިކަން،" ޝައިނީ ވިދާޅުވި އެވެ.
ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ ހާލަތާއި އެ ދާއިރާ އިން ރައްޔިތުން ބޭނުންވާ ކަންކަމާއި މަޖިލީހުގައި އެކަމަށް ހައްލު ހޯދައި ދެވޭނެ ގޮތްތައް ވެސް އެނގިވަޑައިގަންނަވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް، އެންމެ ކުޑަ އުޖޫރަ ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށާއި ރާއްޖެ އަކީ މި ސަރަހައްދުގެ ތެރޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމު ކަން ވެސް ޝައިނީ ފާހަގަކުރެއްވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މުސާރައިގެ ތަފާތުކުރުން ރާއްޖޭގައި ބޮޑެވެ. އަދި ހެންވޭރު އުތުރުގެ ރައްޔިތުންނަށް ވެސް އެ ބޭއިންސާފާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ހެންވޭރު އުތުރަށް ވާދަކުރައްވާ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެ ތަފާތު ކުޑަކުރެވޭނީ ހަމައެކަނި މިނިމަމް ވޭޖް ބޮޑުކޮށްގެންނެއް ނޫން. އަދި މިނިމަމްވޭޖެއް ގާނޫނަކުން ކަނޑައަޅައިގެންނެއް ވެސް ނޫން. އެ ކަންކަން ކުރެވޭނީ އިޚްލާސްތެރިކަމާ އެކު އެ ކަންކަން ކުރެވޭނެ ގޮތް ހަދައިދީގެން. އެއީ ސިޔާސީ ގޮތުން ކުރެވޭނެ ކަންކަމެއް ނޫން. އެ ކަންކަން ކުރެވޭނީ އިހްސާސްތައް ދެނެގަނެ، މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ތެރެއިން އިޚްލާސްތެރިކަމާ އެކު މަސައްކަތްކޮށްގެން،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމު ރަނގަޅު ކުރަން ޖެހިފައިވާ އިރު، ޝަރުއީ ނިޒާމު ވެސް އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އާ ގާނޫނުއަސާސީ އަށް 2008 ގައި އަމަލުކުރަން ފަށައި، އޭގައި ތަރުތީބުކޮށްފައިވާ ގޮތަށް މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތް ފުރިހަމަ ނުކުރެވުނީސް ގައުމަށް ސިޔާސީ ހަލަބޮލިކަން އައުމަކީ މައްސަލަތައް ނުކުތް އެއް ސަބަބެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖުޑިޝަރީ ވެސް އިސްލާހު ކުރެވޭނީ ގާބިލް ބޭފުޅުން ބިނާކޮށްގެންނެވެ.
"ސަރުކާރުން ވެސް އަދި އެހެން ގޮތްގޮތުން ވެސް އެހީތެރިކަން ދީގެން ޖުޑިޝަރީގައި ތިބެންޖެހޭނީ ގާބިލް ބޭފުޅުން. އެފަދަ ބޭފުޅުން ތިއްބަވާ ނަމަ ނުފޫޒުން އެއްކިބާވެވޭނެ. ނުފޫޒު ވަންނަނީ ބޭފުޅުންގެ ގާބިލްކަން ނެތީމަ،" ޝައިނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ވޯޓު ދީގެން ފަސް އަހަރުގެ ދައުރަކަށް މަޖިލީހަށް ހޮވާ މެމްބަރުން، ރައްޔިތުންގެ ވިންދާއި އިހްސާސްތަކާ ދެކޮޅަށް މަސައްކަތް ކުރާ ނަމަ، މަގާމުން ވަކިކުރެވޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ އާއި ވަޒީރުން ވަކިކުރެވޭ ގޮތަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަ ގޮތަށް، މަޖިލީހުގެ މެމްބަރުން ވެސް ވަކިކުރެވެން ޖެހޭ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ކަހަލަ އިސްލާހުތަކެއް ގެނެސްގެން ނޫނިއްޔާ މިކަމެއް ރަނގަޅެއް ނުކުރެވޭނެ،" ޝައިނީ ވިދާޅުވި އެވެ.
މާލެއަކީ ދަންތުރައެއް، އަތޮޅުތައް ތަރައްގީކުރޭ: ބޮންޑޭ
ހޮވަންވީ ނުވިކޭނެ، ނުފޫޒަށް ނުގުޑާނެ މެމްބަރުން:ރައީސް
މާލޭގައި ކެމްޕޭނު އިޝްތިހާރު ހަރުކުރުމުގެ ހުއްދަ ހިލޭ
ތާއީދު ކުރަނީ އެމްޑީޕީއަށް: އާދަމް މަނިކު
ހަސަންގެ ގާނޫނީ ހައްގުތަކެއް ގެއްލުނު: ޖަމީލް
އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާފަންނު ހުޅަނގަށް
ފާރިސް ވާދަކުރައްވާނީ މައްޗަންގޯޅި އުތުރު ދާއިރާއަށް
ވީބީ ހަސަން މެދު ހެންވޭރު ދާއިރާ އަށް
ނަވާޒް، ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވަނީ
ބޭނުމީ ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުންނަން: ޝައިނީ