01 ފެބުރުއަރީ 2019
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މައްޗަންގޯޅި އުތުރު ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މައްޗަންގޯޅި އުތުރު ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ދިއްގަރު ދާއިރާގެ މިހާރުގެ މެމްބަރު ފާރިސް ކުރެއްވި ޓްވީޓެއް ގައި ވިދާޅުވީ އެންމެންނަށް އިންސާފާއި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މައްޗަންގޯޅި އުތުރު ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން އެ ދާއިރާގައި ވާދަކުރައްވާނީ މިހާރު މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު މުހައްމަދު) އެވެ. އޭނާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ އެންމެ ކެންޑިޑޭޓަކާ ވާދަކުރައްވައި، 71 ވޯޓުގެ ތަފާތަކުންނެވެ.
މައުމޫންގެ ތާއީދާ އެކު ދިއްގަރު ދާއިރާ އަށް މިފަހަރު ކުރިމަތިލައްވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމެވެ. ނާޒިމަކީ ދިއްގަރު ދާއިރާގެ ގޮނޑި ކުރިން ވެސް ފުރުއްވި ބޭފުޅެކެވެ.
Maaiy Allah ge hazrathun vaagi edhihure, emmennah insaafaai hamahama furusathu hoadhai dhinumah, Rayyithunge Majileehuge Machchangolhi Uthuru dhaairaage gon’diah vaadha kurumah nimmaifin#votefaris pic.twitter.com/TjG4GJz0a8
— Ahmed Faris Maumoon (@afarismaumoon) February 1, 2019
ފާރިސް އަކީ ކުރީގެ ރައީސް އަަދި ބޮޑުބޭބޭފުޅު އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ފެށި މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހް މުހައްމަދު ވަކިކުރުމުގެ މަސައްކަތްތައް ފެއްޓެވުމާ އެކު ހައްޔަރުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސްވަންދެން އޭނާ ޖަލުގައި ބޭންދެވި އެވެ. ފާރިސް އަކީ، މަސީހް މަގާމުން ދުރުކުރުމަށް ކުރި މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވި މެމްބަރެވެ.
ޕީޕީއެމްގެ ވެރިކަމުގައި، އޭރު އެ ސަރުކާރުން ކުރަމުންދިޔަ ކަންތައްތަކާ ދެކޮޅަށް މަޖިލީހުގައި ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ވެސް ފާރިސް އެވެ.
އޭނާ ހައްޔަރުކޮށް ޝަހްސު އޮޅުވާލުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއް ދައުލަތުން ކުރި އެވެ. އޭގެތެރެއިން ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އޭނާގެ މައްޗަށްކުރި ރިޝްވަތުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
މެޖޯރިޓީ ނުލިބޭނަމަ އަނިޔާވެރިކަން އަންނާނެ: މައުމޫން
ހަމަޖެހުން ގާއިމުކުރަން މެޖޯރިޓީ ބޭނުން: ފައިސަލް
ރައީސްގެ ތާއީދު އޮތީ އެމްޑީޕީ މީހުންނަށް އެކަންޏެއްނޫން
ގައުމު އިސްލާހު ކުރެވޭނީ މަޖިލީސް ޒިންމާދާރުވެގެން: މައުމޫން
މަޖިލިސް އިންތިޚާބަށް މައުމޫންގެ ޝިއާރު: "މާއްދާ 4"
ފާރިސް އާއި ޣައްސާނުގެ ޝަރުތު ހަމަވޭތަ؟
މައުމޫންގެ ތާއީދު މިހާތަނަށް 24 ކެންޑިޑޭޓަކަށް
މައުމޫންގެ ތާއީދާ އެކު ޒިއަތު ހެންވޭރު އުތުރަށް
އަބްދުﷲ ކަމާލުއްދީން ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަނީ
ނާދިރާ ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލައްވަނީ