Roadha Mihaaru
އަބްދުﷲ ކަމާލުއްދީން ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަނީ

އަބްދުﷲ ކަމާލުއްދީން ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަނީ

01 ފެބުރުއަރީ 2019

ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ކަމާލުއްދީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވާނެކަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އިއުލާނުކޮށްދެއްވި ކަމީ ލިބިވަޑައިގަތް ޝަރަފެއް ކަމަށެވެ. އޭނާގެ މަސައްކަތް ބިނާކުރާނީ ރައްޔިތުންނާއި ސަރުކާރާއި ޕާޓީގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކަން ފާހަގަކުރެއްވި އެވެ.

މައުމޫން ސަރުކާރުގައި ކެބިނެޓުގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ ކަމާލުއްދީން ވަނީ ޑީއާރުޕީގައި އުޅުއްވުމަށްފަހު 2012 ވަނަ އަހަރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފަ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވުމަށް ފަހު މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާ އެކު އެވެ.

ކަމާލުއްދީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރި މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރައްވައިފަ އެވެ. އަދި މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރުމަށް މައުމޫންގެ ފަރާތްޕުޅުން ރަށްރަށަށް ވެސް ވަޑައިގެންފައި ވެ އެވެ.

މައުމޫންގެ ތާއީދާ އެކު މަޖިލީހުގެ 81 ދާއިރާ އަށް ވާދަކުރަން 108 މީހަކު ޝައުގުވެރިކަން ފާޅުކޮށްފައި ވެ އެވެ. ޓިކެޓް ދޭނެ މީހުން ހޮވުމަށް ކޮމިޓީއަކުން ވަނީ އިންޓަވިއު ވެސް ކޮށްފަ އެވެ.