Roadha Mihaaru
"ވަކި ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ މުހިއްމެއް ނޫން"

ވަކި ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ މުހިއްމެއް ނޫން: މައުމޫން

28 ފެބުރުއަރީ 2019

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް މުހިއްމު ނޫން ކަމަށާއި ބޭނުންވަނީ، ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ އަޣުލަބިއްޔަތު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް މުހިއްމު ނޫން ކަމަށާއި ބޭނުންވަނީ، ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ އަޣުލަބިއްޔަތު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މި ފަހަރުގެ އާންމު އިންތިޚާބުގައި، މައުމޫންގެ ތާއީދާ އެކު ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ، އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔަތުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަށް ހޮވަން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ވަފާތެރި، އިހުލާސްތެރި ބޭފުޅުންތަކެއް ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް) ބޭފުޅަކަށް ނުވިޔަސް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއަށް އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލިހެކެވެ.

"ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުން މުހިއްމެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން މި ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީއަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ސަރުކާރުން ބޭނުންފުޅުވާ ކަންތައްތައް ކުރުމަށް މަގުފަހިވެގެން ދާނެ. މިހާރު ވެސް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލިހުގައި ކަންތައް ހިނގަމުންދާ ގޮތް،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު އެހެން ވިދާޅުވިއިރު، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބޭނުންވަނީ އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު އެ ޕާޓީއަށް ހޯދުމަށެވެ. އެކަމަކު އެ ކޯލިޝަންގެ އެހެން ޕާޓީތަކުން މައިގަނޑު ގޮތެއްގައި ބުނަނީ ވަކި ޕާޓީއަކަށް މަޖިލިހުގެ އަޣުލަބިއްޔަތު ހޯދުމުގެ ބަދަލުގައި މުހިންމީ އެ ކޯލިޝަނަށް އަޣުލަބިއްޔަތު ލިބުން ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ކޯލިޝަންގެ އެހެން ޕާޓީތަކާއި އެމްޑީޕީގެ ވިސްނުން ވަރަށް ބޮޑަށް ތަފާތެވެ.

މައުމޫން މިރޭ ވިދާޅުވީ، އެމަނިކުފާނުގެ އެމްއާރުއެމްގެ ތާއީދާ އެކު، މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުން ވެސް ވާދަކުރަނީ އިސްލާހީ މަސައްކަތުގައި ބައިވެރިވާން ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މައުމޫން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކަންކަން ވަނީ ވަރަށް ބޮޑަށް ބޮއްސުންލައިގެން ގޮސްފަ އެވެ.

މައުމޫންގެ ތާއީދާއެކު ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޒިޔަތުގެ ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މައުމޫންގެ ތާއީދާއެކު ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޒިޔަތުގެ ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މަޖިލިހުގެ މެމްބަރުންނަކީ ގާނޫނުތައް ހަދައި، އިސްލާހުކުރުމުގެ ބޮޑު ޒިންމާ އުފުއްލަވާ ބޭފުޅުން ކަމަށާއި އެހެންވެ މަޖިލިހުގައި ތިއްބަވަން ޖެހޭނީ ގައުމަށް އިހުލާސްތެރި ބައެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މައުމޫންގެ ތާއީދާއެކު ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޒިޔަތުގެ ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މައުމޫން (ވ) އަދި ޒިޔަތު ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މައުމޫންގެ ތާއީދާއެކު ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ޒިޔަތުގެ ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މައުމޫން (ވ) އަދި ޒިޔަތު ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މަރުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުދޭ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްނުވެ އޮތް މައްސަލަ އަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ އެއީ ސަރުކާރާއި ރައްޔިތުން ވެސް ބޭނުންވާ ގޮތް ނޫން ކަމަށެވެ.

"ސަރުކާރުން ބޭނުންވާ ބައެއް ކަންތައްތައް [ރައްޔިތުންގެ މަޖިލިހުން] ނުވެ ލަސްވަމުން މިދަނީ. ތަފާތު ސަބަބުތައް ދިމާވެގެން، މަޖިލިސް މެމްބަރުން ހަމަނުވެގެން ނުވަތަ އެ ނޫން ގޮތަކުން ވެސް ވޯޓަށް ނޭހިގެން ކަންތައްތައް ލަސްވެގެން މިދަނީ. މިއީކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން. އަޅުގަނޑުމެން ބޭނުންވާ ގޮތެއް ވެސް ނޫން. ރައްޔިތުން ބޭނުންވާ ގޮތެއް ވެސް ނޫން. މި ގޮތަށް ކަންތައް ހިނގައިގެން ނުވާނެ،" މައުމޫން ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލިހުގެ އެޖެންޑާ އިން އެންމެ ފަހުން ނަގައި އަނބުރާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ ރިޔާސީ ކޮމިޝަންތަކުގެ ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތް ނޫން އެހެން ގޮތަކަށް މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ކޮމިޓީގެ ހަ މެމްބަރަކު ސޮއިކުރައްވާފައިވާ ސިޓީއެއް ލިބިވަޑައިގެންގފައިވާއިރު، އެކަން ތަހުގީގުކޮށް ބެލުމަށް ފަހު ނޫނީ އެ ބިލަށް ވޯޓަށް ނޭހޭނެތީ އިއްޔެ ޖަލްސާގެ އެޖެންޑާ އިން އެ ބިލް ނެގީކަމަށް ގާސިމް ވިދާޅުވެފައި ވެ އެވެ.