23 މާޗް 2019
ބޮޑެތި ބައެއް މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުށްގަސް ނަގައިގެން ނޫނީ ނުހިންގޭނެ މަޝްރޫއުތައް ކަމަށާއި އެފަދަ މަޝްރޫއުތަކަށް ނަގާ ރުށްގަސް އެހެން ރަށް ރަށަށް ގެންދިއުމުގެ ހުއްދަ ދެމުން އަންނަ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
ބޮޑެތި ބައެއް މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުށްގަސް ނަގައިގެން ނޫނީ ނުހިންގޭނެ މަޝްރޫއުތައް ކަމަށާއި އެފަދަ މަޝްރޫއުތަކަށް ނަގާ ރުށްގަސް އެހެން ރަށް ރަށަށް ގެންދިއުމުގެ ހުއްދަ ދެމުން އަންނަ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
އީޕީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގަވައިދާ އެއްގޮތަށް ރުށްގަސް އެހެން ރަށްރަށަށް ގެންދިއުމުގައި މައްސަލައެއް ނެތް ކަމަށެވެ. އެގޮތުން ލ. މެންދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއަކަށް އެ ރަށުން ރުށްގަސް ނަގަން 2018 ވަނަ އަހަރު ހުއްދަ ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...ސިނާއީ ގޮތުން ދަނޑުވެރިކަން ކުރުމާއި އެއާޕޯޓް ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުއް ގަސް ނަގައި ބިން ސާފުކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ފަދަ ކަންކަމެވެ. މިފަދަ މަޝްރޫއުތަކަށް ނަގާ ރުއްގަސް އެ މަސައްކަތެއް ކުރާ ރަށުގެ އެހެން ސަރަހައްދެއްގައި އިންދާނެ ޖާގައެއް ގިނަ ފަހަރު ނޯވެ އެވެ،" އީޕީއޭގެ ބަޔާނުގައި ވެ އެވެ.
ރުއްގަސް އެހެން ރަށްރަށަށް ގެންދަން ހުއްދަ ދެނީ އެފަދަ ހާލަތުގައި ކަމަށާއި އެހާލަތުގައި ނަގައިގެން ގެންގޮސް އެހެން ރަށެއްގައި އިންދުމަކީ ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑު ގޮތެއް ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. ބަޔާނުގައި ބުނިގޮތުގައި މަޝްރޫއުތަކަށް ރުއްގަސް ނަގައިގެން އެހެން ރަށްރަށަށް ގެންދަން ޖެހުމުން ހުއްދަތައް ހޯދައިގެން އެ މަސައްކަތް ކުރަން ހުރަހެއް ނެތެވެ.
"... އަދި ނަގަން ޖެހޭ ހުއްދަތައް ނުނަގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކާ މެދު މި އެޖެންސީ މިދަނީ ތަފާތު ކުރުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
ސިނާސީ ބޮޑެތި މަސައްކަތްތައް ކުރުމަށް ނަގާ ރުއްގަހުގެ އިތުރުން ހިއްކައިގެން އަލަށް ހަދާ ރިސޯޓްތައް ފެހި ކުރަން މީހުން ދިރިއުޅޭ ރަށްރަށުން ރުށްގަސް ނެގުމުގެ މައްސަަލަތައް ފަހަކަށް އައިސް އިތުރުވެފައިވެ އެވެ.
މީހުން އުޅޭ ރަށްރަށުން ގިނަ އަދަދެއްގެ ރުއް ނަގައިގެން ރިސޯޓްތަކަށް ގެންދަނީ ގަވާއިދަށް ފައްތަންވެގެން އެކި ސަބަބުތައް ދައްކައިފަ އެވެ. އެގޮތުން 200 އަށް ވުރެ ގިނަ ރުއް ނަގަން ސަރުކާރުން ހުއްދަ ދެނީ ރަށުގެ ރައްޔިތުންނަށް މުހިންމު ކޮންމެވެސް ކަމެއް ކުރަން ބިމެއް ބޭނުންވާ ނަމަ އެވެ. މިސާލަކަށް، ކުޑަކުދިންގެ ޕާކެއް، ކުނި ކޮއްޓެއް ނުވަތަ މަގުތައް ހެދުން ފަދަ ކަންކަމަށެވެ. އެކަމަކު ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ރުއް އެއް ރަށަކުން ނެގުމުން ދިމާވެދާނެ ތިމާވެށީގެ މައްސަލަތަކާ މެދު އުފެދޭ ކަންބޮޑުވުން ވެސް ބޮޑެވެ.
ރުކުގެ ޑިމާންޑް ބޮޑު، ރަށް ހަނަފަސް، ހައްލެއް ނެތް!
ނަގާފައިވާ ރުއްގަސް ވުރެ އިންދި ރުއްގަސް ގިނަ: އީޕީއޭ
ބިންހިއްކަން ހުއްދަ ދެނީ ފެހިކުރާނެ ގޮތް ވެސް ބަލާފައި
ސިޓީ ސްކެއާ އިން ނެގި ރުއްތަކުގެ ބަދަލުގައި ރުއް އިންދައިފި
ރުއްގަސް ބޭރުކުރުން ހުއްޓުވައިިފިން: ކަސްޓަމްސް
ރުއްގަސް ނަގާ މައްސަލަ އީޕީއޭ އިން ތަހުގީގު ކުރަނީ
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
ރަސްފަރި ފަރު އިއާދަކުރަން އެމްޑަބްލިއުއެސްސީގެ އެހީ
ހުޅުމާލެ ފަރަށް ގެއްލުންވުމުން 29 މިލިއަންގެ ޖޫރިމަނާ