Roadha Mihaaru
"ގޭމް އޮފް ތުރޯންސް" ތީމްގެ ބޫޓް ކަލެކްޝަނެއް

"ގޭމް އޮފް ތުރޯންސް" ތީމްގެ ބޫޓް ކަލެކްޝަނެއް ނެރެފި

24 މާޗް 2019

އެޗްބީއޯގެ ޓީވީ ސިލްސިލާ ގޭމް އޮފް ތުރޯންސް (ޖީއޯޓީ) ގެ ފަހު ސީޒަން ގެނެސް ދޭން ފަށާ ތާރީހު ގާތްވަމުން އަންނަ އިރު، އެ ސިލްސިލާ ޕްރޮމޯޓްކުރަން ތަފާތު ކަންކަން ވެސް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އެކި ކަހަލަ މާޗެންޑައިޒް ތައްޔާރު ކުރުން ވެސް ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޗްބީއޯގެ ޓީވީ ސިލްސިލާ ގޭމް އޮފް ތުރޯންސް (ޖީއޯޓީ) ގެ ފަހު ސީޒަން ގެނެސް ދޭން ފަށާ ތާރީހު ގާތްވަމުން އަންނަ އިރު، އެ ސިލްސިލާ ޕްރޮމޯޓްކުރަން ތަފާތު ކަންކަން ވެސް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އެކި ކަހަލަ މާޗެންޑައިޒް ތައްޔާރު ކުރުން ވެސް ހިމެނެ އެވެ.

އޯރިއޯއާ ގުޅިގެން، "ޖީއޯޓީ" ތީމް ކުކީޒް ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނަ އިރު، މިހާރު ވަނީ އެ ތީމަށް ބޫޓް ކަލެކްޝަނެއް ވެސް ނެރެފަ އެވެ. މަޝްހޫރު ޑިޒައިން ކުންފުނި އެޑިޑާސް އާއި އެޗްބީއޯ ގުޅިގެން ތައްޔާރުކޮށްފައިވާ ބޫޓް ކަލެކްޝަނަށް ދީފައިވާ ނަމަކީ "ގޭމް އޮފް ތުރޯންސް އެކްސް އަލްޓްރާބޫސްޓް" އެވެ.

މި ކަލެކްޝަނުގައި ދެ ޖިންސްގެ މީހުންގެ ބޫޓް ވެސް ލިބެން ހުންނާނެ އެވެ. އެގޮތުން ހަ ކުލައެއްގެ ބޫޓް ލިބޭ އިރު، އޭގެ ތެރެއިން ހަތަރު ޑިޒައިނެއް ފިރިހެނުންނަށް އަދި ދެ ޑިޒައިނެއް ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.

އެޑިޑާސް އިން ބުނި ގޮތުގައި އަންހެނުންގެ ދެ ޑިޒައިނަކީ ހައުސް ލެނިސްޓާ އާއި ހައުސް ޓަގޭރިއަން އެވެ. އަދި ފިރިހެނުންނަށް ހާއްސަކޮށްފައި ވަނީ ވައިޓް ވޯކާޒް، ޓަގޭރިއަންސް ޑްރެގެންސް، ހައުސް ސްޓާކް އަދި ހައުސް ލެނިސްޓާ އެވެ. މި ނަންތައް ދީފައި ވަނީ "ޖީއޯޓީ" ގެ ގަބީލާތަކަށް ނިސްބަތްކޮށެވެ.

އެޑިޑާސް އިން ބުނި ގޮތުގައި ބޫޓްގެ ދަށުގައި "ޖީއޯޓީ" ގެ ހައުސް ފްރޭޒްތަކާއި ސިގްނޭޗަ ކްރެސްޓް ހިމަނާފައި ހުންނާނެ އެވެ. ބޫޓްތައް މިހާރު އެޑިޑާސް އާއި ޖޭޑީ ސްޕޯޓްސްގެ އިތުރުން ގިނަ އައުޓްލެޓްތަކަކުން ލިބޭނެ އެވެ. އަގަކީ 180 ޑޮލަރު (2،770.2ރ.) އެވެ.

"ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން އަދި 8 ވަނަ ސީޒަން ދައްކަން ފަށާނީ އަންނަ މަހުގެ 14 ގަ އެވެ. ހަ އެޕިސޯޑާ އެކު ސިލްސިލާ އަށް ނިމުމެއް ގެންނާނީ މެއި މަހުގެ 19 ގަ އެވެ.

ދެހާސް އެގާރައިގައި ގެނެސް ދޭން ފެށި "ޖީއޯޓީ" ގެ ފުރަތަމަ ހަތް ސީޒަނުގައި ޖުމްލަ 67 އެޕިސޯޑް ދައްކާފައިވެ އެވެ.