ސިޑްނީ، އޮސްޓްރޭލިއާ (މާޗް 22) - އަންނަ މަހު ހަ ވަނަ ދުވަހު އޮންނަ އޭއެފްސީގެ އިންތިހާބުގައި އެ ފެޑެރޭޝަނުގެ މިހާރުގެ ރައީސް ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ އަށް ތާއީދުކުރަން އޮސްޓްރޭލިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމުމުން އެ އިދާރާ އަށް ގިނަ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
22 މާޗް 2019
ސިޑްނީ، އޮސްޓްރޭލިއާ (މާޗް 22) - އަންނަ މަހު ހަ ވަނަ ދުވަހު އޮންނަ އޭއެފްސީގެ އިންތިހާބުގައި އެ ފެޑެރޭޝަނުގެ މިހާރުގެ ރައީސް ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ އަށް ތާއީދުކުރަން އޮސްޓްރޭލިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމުމުން އެ އިދާރާ އަށް ގިނަ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އޮސްޓްރޭލިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ މި ނިންމުމާ މެދު އެ ގައުމުގެ ގިނަ ފަރާތްތަކުން ހިތްހަމަނުޖެހެނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ތައިލެންޑުގެ ޖަލުގައި ތާށިވި ބަހްރޭނުގެ ފުޓްބޯޅަ ކުޅުންތެރިއާ ހަކީމް އަލް އަރައިބީ ހައްޔަރުކުރުމުގައި ޝެއިހް ސަލްމާނާ ގުޅުމެއްވާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރިމަތިކޮށްފައިވާތީ އެވެ.
އޮސްޓްރޭލިއާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ޝެއިހް ސަލްމާނަށް ތާއިދުކުރަން ނިންމީ އޮސްޓްރޭލިއާ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާގެ 12 ފުޓްބޯޅަ ފެޑެރޭޝަނަކާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
"އަހަރެމެން އާސިއާން ގައުމުތަކުން މަޝްވަރާ ކުރުމަށް ފަހު ބެލީ މި ސަރަހައްދަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ. އަހަރެމެން އެންމެނަށް ގަބޫލުކުރެވުނީ ޝެއިހް ސަލްމާނަށް ތާއީދުކުރަން. އެއީ ޝެއިހް ސަލްމާން އަންނަނީ އޭޝިއާގެ ފުޓްބޯޅަ ކުރިއަރުވަން އެކި ގޮތްގޮތުން މަަސައްކަތްކުރައްވަމުން،" އޮސްޓްރޭލިއާ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނާ މެދު ހިތްހަމަނުޖެހި ގިނަ ފުޓްބޯޅަ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ އަޑުއުފުލައިފަ އެވެ. އެ ފަރާތްތަކުން ބުނީ ހަކީމް އަށް އޮސްޓްރޭލިއާ އިން އޮތް ސަޕޯޓް ފެނުމަށް ފަހު ވެސް އޭއެފްސީގެ ފަރާތުން ހަކީމް ދޫކޮށްލުމަށް މާ ބޮޑު މަސައްކަތެއް ނުކުރި ކަމަށާއި އެހެން އެކަން އޮއްވައި އޭއެފްސީގެ މިހާރުގެ ލީޑަޝިޕަށް އޮސްޓްރޭލިއާ އިން ތާއީދުކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.
Jalugai thaashivi Bahrain ge footboalha kulhuntheriyaa dhookohlaifi
The most trusted news source in the Maldives
Mihaaru
ހަކީމް އަކީ ބަހްރޭނަށް އުފަން އޮސްޓްރޭލިއާގެ ރަށްވެހިކަން ހޯދާފައިވާ ކުޅުންތެރިއެއް.
ބަހްރޭނަށް އުފަން ހަކީމް އަކީ 2014 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ ރަށްވެހިކަން ހޯދައި އެ ގައުމުގައި ރެފިއުޖީއެއްގެ ގޮތުގައި ދިރިއުޅެމުން އަންނަ މީހެކެވެ. ތައިލެންޑުގެ ބެންކޮކުގައި އުމުރުން 25 އަހަރުގެ ހަކީމް ހައްޔަރުކުރީ މިދިޔަ އަހަރުގެ ނޮބެމްބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ހަނީމޫނަށް އެ ގައުމަށް ދިޔަ ދަތުރުގައި އެއާޕޯޓުންނެވެ. ހަކީމް މިނިވަން ކުރުމަށް ބަހްރޭނުގައި އެކި އެއްވުންތައް ބޭއްވިއިރު، އޮސްޓްރޭލިއާގައި ވަނީ އެތައް ކެމްޕެއިންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ސިޔާސީ ގޮތުންނާއި އެކި ގޮތްގޮތުން ކުރިމަތި ކުރުވި ފިއްތުންތަކަށް ފަހު އަލް އަރައިބީ ދޫކޮށްލީ 60 ދުވަހަށް ފަހު މިދިޔަ ފެބްރުއަރީ މަހުގަ އެވެ.
އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން. -- ފޮޓޯ: އޭއެފްޕީ
ހަކީމް އަކީ 2011 ވަނަ އަހަރުން ފެށިގެން ބަހްރޭނުގެ ކުޅިވަރު ދާއިރާގައި ނުފޫޒުގަދަ ފަރާތްތަކާ ދެކޮޅަށް އެކި އެއްވުންތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ. އަދި އޭރު އޭނާ ވަނީ މިހާރު އޭއެފްސީގެ ރައީސް އަދި ފީފާގެ ނައިބު ރައީސަކަށް ހުންނެވި ޝެއިހް ސަލްމާނާ ދެކޮޅަށް ވެސް އެއްވުންތަކެއް ބާއްވައިފަ އެވެ. ހަކީމްގެ ގާތް ފަރާތްތަކުން ވަނީ އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމުގެ ފަހަތުގައި ޝެއިހް ސަލްމާނާއި ބަހްރޭނުގެ ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ.
އޭރު ހަކީމް ދޫކޮށްލުމުގެ ކަންތައް ލަސްވުމުން ވޯލްޑް ޕްލޭޔާސް އެސޯސިއޭޝަނުން ވަނީ ޝެއިހް ސަލްމާނާ ދެކޮޅަށް ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅަން ތައްޔާރުވެފަ އެވެ. އަދި އޭއެފްސީ އިންތިހާބުގައި ޝެއިހް ސަލްމާނަށް ވާދަނުކުރެއްވޭ ގޮތް ހެދުމަށް ހުށަހެޅުމަށް ވެސް ތައްޔާރުވި އެވެ.
އަންނަ މަހު އޮންނަ އޭއެފްސީ އިންތިހާބުގައި ޝެއިހް ސަލްމާނާ ވާދަކުރާ ގޮތަށް އޮތީ މިހާރު އޭއެފްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ގަތަރުގެ ސައުދު އަޒީޒް އާއި އޭއެފްސީގެ އެގްޒެކްޓިވް އެގްޒެކްޓިވް މެމްބަރަކަށް ހުންނެވި ޔޫއޭއީގެ މުހައްމަދު ހަލްފާން އަލް ރުމައިތީ އެވެ. މީގެ ތެރެއިން އަލް ރުމައިތީ ވަނީ އިންތިހާބުން ނަން ނެންގެވުމަށް ފަހު ޝެއިހް ސަލްމާނަށް ސަޕޯޓްކުރުމަށް ނިންމަވައިފަ އެވެ.
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
ޝެއިހް ސަލްމާނަށް އާ ދައުރެއް، އޭޝިއަންކަޕް ސައުދީގައި
އޭއެފްސީ ރައީސްކަން ޝެއިހް ސަލްމާން ދިފާއުކުރައްވައިފި
ކޮމިޓީ އޮންނާނީ އިމުގެ ތެރޭގައި: މަހުލޫފު
އޭއެފްސީގެ ރައީސާ އެކު މަހުލޫފު ބައްދަލުވުމަކަށް
ޝެއިޚް ސަލްމާން ކުޅިވަރުގެ އިސްވެރިންނާ ބައްދަލުކޮށްފި
އުއްމީދީ ވާހަކަތަކަކާ އެކު އޭއެފްސީ ރައީސް ރާއްޖެ އަށް
އެފްއޭއެމް ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު
ލަންކާގައި އިންޓަނޭޝަނަލް ސްޓޭޑިއަމެއް އަޅަން އޭއެފްސީން އެހީވަނީ
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް