Roadha Mihaaru
15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހިރިޔާ ހޯދައިފި

15 އަހަރުން ދަށުގެ ސްކޫލް ފުޓްބޯޅަ ޗެމްޕިއަންކަން ހިރިޔާ ހޯދައިފި

21 މާޗް 2019

އިމާދުއްދީން ސްކޫލް 5-2 އިން ބަލިކޮށް ދިރާގު މަމެން 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހިރިޔާ ސްކޫލް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިމާދުއްދީން ސްކޫލް 5-2 އިން ބަލިކޮށް ދިރާގު މަމެން 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހިރިޔާ ސްކޫލް ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 12 ވަނަ މިނެޓުގައި ހިރިޔާގެ މުހައްމަދު އަދްޔާން ނިޔާޒް ވަނީ ޕެނަލްޓީއަކުން އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. އޭގެ އަށް މިނެޓު ފަހުން މުހައްމަދު ނާއިޝް އަސްޖަދު ވަނީ އިމާދުއްދީނަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ހިރިޔާގެ އިސްމާއިލް އިކާން ބިން އަލީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ދެ ވަނަ ފަހަރަށް އެ ޓީމަށް ލީޑު ނަގައިދިނެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ނާއިޝް ވަނީ އަލުން އިމާދުއްދީނަށް އެއްވަރުކޮށްދީފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އަދްޔާންގެ ގޯލުން ހިރިޔާ ތިން ވަނަ ފަހަރަށް ލީޑު ނެގި ގޮތަށް ހިންދެމިލީ އިތުރު ދެ ގޯލް ޖަހައިފަ އެވެ. އެގޮތުން 44 ވަނަ މިނެޓާއި 51 ވަނަ މިނެޓުގައި ދެ ލަނޑު ޖަހައި އިކާން ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ވެސް، 13 ލަނޑު ޖެހި ހިރިޔާގެ އިކާން އެވެ. މެޗުގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ. އަނެއް ނުވަ ކުޅުންތެރިންނަކީ ހިރިޔާގެ އައިހަމް ހަމްދޫނާއި މިރްފަތު އަބްދުލްމުހުސިން އާއި އިމާދުއްދީނުގެ މުހައްމަދު އީކާން މަތީނާއި ގާޒީ ސްކޫލުގެ ހަސަން އަޒޫމް އަލީ އާއި އަހުމަދު އީރާސް އާއި ރެހެންދި ސްކޫލުގެ މުހައްމަދު ދާއިފް ޝައްމޫނާއި މަޖީދިއްޔާ ސްކޫލުގެ ހުމައިދު ހުސެއިން އަދި އަހުމަދު މާއިޝް މުހައްމަދާއި އަމީނިއްޔާ ސްކޫލުގެ މުހައްމަދު އަބާން އަރީފެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ހިރިޔާގެ މުހައްމަދު ޝިމާނެވެ. ފެއާޕްލޭ ޓީމަކީ ތާޖުއްދީން ސްކޫލެވެ.

ދިރާގުން ސްޕޮންސާކޮށްފައިވާ މި މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށި ދެއްވީ އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދެވެ.