Roadha Mihaaru
ގޫގުލް އިންބޮކްސް ހުއްޓާލަނީ

ގޫގުލް އިންބޮކްސް ހުއްޓާލަނީ

21 މާޗް 2019

"އިންބޮކްސް ބައި ޖީމެއިލް" އަކީ މުޅި ޖީމެއިލް ހުއްޓުވާލާނެ ވަކި އެޕްލިކޭޝަނަކަށް ވާނެ ކަމަށް ގަބޫލުކުރެވުނެވެ. ޖީމެއިލް އަދި "އިންބޮކްސް" ބިނާކޮށްފައި ވަނީ އެއް އަސާސަކަށް ނަމަވެސް، "އިންބޮކްސް" އަށް ލިބިދީފައި ހުރި ފީޗާތަކާ ހެދި، ޖީމެއިލް ދެކެ ފޫހިވާ ގޮތް ވެސް ވި އެވެ. ނަމަވެސް، "އިންބޮކްސް" ގައި ހުރި ނަމަ ހުރި ފަސޭހަކަމެއް، ޖީމެއިލް އަށް ހިޖުރަކުރުވާނެ ކަމަށް ބުނެ، "އިންބޮކްސް" ހުއްޓާލަން ގޫގުލުން ނިންމައިފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޫގުލްގެ ސާވާތަކުގައި "އިންބޮކްސް" އަށް ޚާއްސަ ސަފުހާ، google.com/inbox އަށް ވަނުމުން މިހާރު ދައްކައިދެނީ، "އިންބޮކްސް" ހުއްޓާލަން އުޅޭ ކަމަށް ބުނާ މެސެޖެކެވެ. އޭގެ ބަދަލުގައި ޖީމެއިލް ބޭނުންކުރަން ބުނި ނަމަވެސް، "އިންބޮކްސް" ގައި ހުރި ގިނަ ފަސޭހަތައް އަދި ވެސް ޖީމެއިލް އަކު ނެތެވެ.

ގޫގުލުން މިހާރު ބުނަނީ، މި މަސް ނިމޭއިރު "އިންބޮކްސް" ހުއްޓާލާނެ ކަމަށެވެ. "އިންބޮކްސް" ގައި ހުރި މެސެޖްތައް ސަލާމަތްކުރަން އެދޭ ނަމަ، ޖީމެއިލް އަށް ރުޖޫއަވާން ވެސް އެދެ އެވެ.

ގޫގުލްގެ މި އަމަލަކީ "އިންބޮކްސް"ގެ ވަފާތެރިންނަށް ކެތްކުރަން އުނދަގޫ ކަމަކަށް ވަނީ ވެފަ އެވެ. މިއީ ބައެއް މީހުން ވަރަށް ބޮޑު ހިތާމަކަ އަށް ވެސް ވަނީ ވެފަ އެވެ. އެންމެ ބޮޑު ސަބަބަކީ "އިންބޮކްސް" ގައި ހުރި ފަސޭހަތައް ޖީމެއިލްގައި ނެތިފައި، އެއީ ލިބޭނެ ފަސޭހަތަކެއް ކަމަށް ވެސް ގޫގުލުން އަދި ނުބުނާތީ އެވެ. "އިންބޮކްސް" ގޫގުލުން ހުއްޓާލި ނަމަވެސް، ބައެއް މީހުން ލަފާކުރަނީ "އިންބޮކްސް" ގައި ހުރި ހުރިހާ ފަސޭހައެއް، ޖީމެއިލް އަށް އަދި އަންނާނެ ކަމަށެވެ.

އިންބޮކްސް ބައި ޖީމެއިލް ގޫގުލް ޕްލޭ ސްޓޯރުގައި

ގޫގުލުން "އިންބޮކްސް" ހުއްޓާލުމާ ދިމާކޮށް ޚިދުމަތް ފަށައިގަންނަން މަސައްކަތްކުރާ އެހެން ގުރޫޕެއް ވެސް އެބަ އުޅެ އެވެ. އީމެއިލް ބެލެހެއްޓުމުގައި ވަަރަށް ހަރުދަނާ ނަމެއް ކަމަށް ބެލެވޭ އަދި މިއަދާ ހަމައަށް އެޕަލްގެ ޑިވައިސްތަކަށް ޚިދުމަތްދޭ "ސްޕާކް" sparkmailapp.com ބުނާ ގޮތުގައި، އެންޑްރޮއިޑް އެޕްލިކޭޝަނެއް ވަރަށް އަހަވަށް ފަށައިގަންނާނެ އެވެ. ބެލެވޭ ގޮތުގައި މި މަސް ނިމޭ ހިސާބުގައި "ސްޕާކް" އެންޑްރޮއިޑް އެޕްލިކޭޝަން، އާންމު "ބީޓާ" މަރުހަލާ އަށް ގެންނާނެ އެވެ. "ސްޕާކް" ގުރޫޕުން މިހާރު ދަނީ "އިންބޮކްސް" ބޭނުންކުރާ މީހުންނަށް މެސެޖް ފޮނުވަމުންނެވެ. އުނދަގޫ އެއްވެސް ކަމެއް ހުރި ނަމަ، ހައްލުކޮށްދޭނެ ކަމަށް ބުނަމުންނެވެ.

އެޕަލް ޑިވައިސްތަކަށް ޚާއްސަ ސްމާކް، އެންޑްރޮއިޑް ޑިވައިސްތަކަށް އަންނަނީ